26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ޔަމަން

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

  • ރިޕޯޓުތައް ބުނާގޮތުން ސައުދީ ކޯލިޝަނުން ދަނީ ޔަމަަނަށް އަންނަ އެހީގެ ތަކެތި ހުއްޓުވަމުން
  • ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށިފައި ވަނީ 2015 ވަނަ އަހަރު
އަހުމަދު އަނޫޝު | IamAhmedAnoosh

| 11 އޮކްޓޯބަރ 2017 | ބުދަ 18:56 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
  6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ސައުދީ ކޯލިޝަނުން ދިން ހަމަލާއެއްގައި ވީރާނާވެފައިވާ ސަރަހައްދެއް -- ގޫގުލް

 

މިދިޔަ އަަހަރުފަހުކޮޅު ސިންގަޕޫރުގެ ކަނޑު ބޯޓެއް ކަމަށްވާ "ކޮޓާ ނަޒަރު" ނަމަކަށް ކިޔާ ބޯޓެއް 600 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ހިފައިގެން ޔަމަނުގެ އެންމެ ބޮޑު ކާގޯ ބަނދަރަށް ދަތުރުފެށިއެވެ. އެހެންނަމަވެސް އެ ބޯޓުގެ މިސްރާބަކަށް ނުދެވުނެވެ. މިއީ ވޭތުވެދިޔަ 30 ކަށް މަސްތެރޭ ޔަމަނަށް ކާބޯތަކެއްޗާއި އަދި އެހެނިހެންެވެސް މުދާ ހިފައިގެން ދާ ކަނޑުބޯޓުތަކަށް ދިމާވާ ހާލަތެވެ. ޔަމަނަށް އެހީގެ ސާމާނު ހިފައިގެންދާ ކަނޑުބޯތުތައް ހިފަހައްޓާ، ރެޑްސީ ގައި ހުންނަ ޔަމަނުގެ ބަނދަރުތަކަށް ވަނަނުދީ ހިފަހައްޓަނީ ސައުދީގެ އަސްކަރީ ކަނޑުބޯޓުތަކެވެ. 

ސައުދީ އަރަބިއްޔާ އާއި އަދި އެގައުމާ ގުޅިފައިވާ އެހެންގައުމުތަކުން ދަނީ 2015 ވަނަ އަހަރުންފެށިގެން ޔަމަނުގެ ކަނޑުގެ ސަރަހައްދުގައި ސްޓޭޝަންވެގެން ހަރަކާތްތެރިވަމުންނެވެ. ހަރަކާތްތެރިވަމުން ދަނީ ނޭވީ އުޅަނދުތަކެެވެ. ސައުދީ އާއި ގުޅިފައިވާ ކޯލިޝަނަށް ހުޅަނގުގެ ގައުމުތަކުގެ ސަޕޯޓު ވަނީ ލިބިފައެވެ. ހުޅަނގުގެ ގައުމުތަކުން ސައުދީ ކޯލިޝަނަށް ތާއިދު ކުރަނީ، ހޫތީ ހަނގުރާމަވެރިންނަށް ހަތިޔާރު ލިބިޔަނުދިނުމަށް މަސައްކަތްކުރުމުގެ ގޮތުންނެވެ. ހޫތީ ހަނގުރާމަވެރިން ދަނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ޔަަމަނުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ. 

ކޮންމެއަކަސް  ސައުދީން ޔަމަނަށް އަންނަ އެހީގެ ސާމާނުތައް ބްލޮކް ކުރަމުންދާ ދިއުމުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އދ ގެ ސިއްރު ރިޕޯޓަކުންނާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެޖެންސީތަކުން ބުނާގޮތުން ހަތިޔާރު ހިފައިގެން ޔަމަނަށް ނައަންނަ ކަނޑުއުޅަނދުތައްވެސް ސައުދީ ކޯލިޝަނުން ދަނީ ހުއްޓުވަމުންނެވެ. 

ޔަމަނުގައި ކުރެވެމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ޔަމަނަކީ ބައިނަލްއަގްވާމީ ދުނިޔޭގައި އެކަހެރިވެފައިވާ ގައުމަކަށް ވަނީ ވެފައެވެ. އދ އިން ބުނާގޮތުން ޔަަމަނުގެ އާބާދީގެ ހަަތަރުބައިކުޅައެއްބައި މީހުން ތަހައްމަލު ކުރަމުން ދަނީ ބަނޑުހައިހޫނު ކަމެވެ. 

ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ސައުދީ ކޯލިޝަނުން އެގައުމުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެ، ކުޑަކުދިން ޒަޚަމްވަމުންދާތީ، އދ. އިން އެކޯލިޝަން ދާދިފަހުން ވަނީ ބްލެކްލިސްޓް ކޮށްފައެވެ. 

ޔަަމަނުގެ ދާހިލީ ހަނގުރާމަ 2015 ގައި ފެށިގެން ދިޔައީ، ޔަމަނުގެ ސަރުކާރުގެ ހަގީގީ ބާރުލިބިގެންވާކަމަށް ދައުވާ ކުރާ ދެބައިމީހުންގެ ތެރޭގަޔާއި އެބައިމީހުންނަށް ތާއިދު ކުރާ ފަރާތްތަކުގެ މެދުގައެވެ. ހޫތީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަނާ ކޮންޓްރޯލް ކުރާއިރު ހޫތީ ހަނގުރާމަވެރިންނާ  ވަނީ  ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަށް ވަފާތެރި ހަނގުރާމަވެރިންނާ ގުޅިފައެވެ. ހޫތީ ހަނގުރާމަވެރިންނާ ހަނގުރާމަ ކުރަމުން ދަނީ  ޔަމަނުގެ އަދަނުގައި ގާއިމްކޮށްފައިވާ އަބްދުއްރައްބު މަންސޫރު ހާދީ އަށް ވަފާތެރި ހަނގުރާމަވެރިންނެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް