26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ޕާކިސްތާން ސަސްޕެންޑްކުރުން

ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި

  • ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށް
ލީވާން އަލީ | MrLeevaan

| 11 އޮކްޓޯބަރ 2017 | ބުދަ 15:46 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
  6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ -- ގެޓީ އިމޭޖާސް

ފީފާ އިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފިއެވެ.

ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކުރުމަށް ނިންމީ އަންގާރަ ދުވަހު ބިއުރޯ އޮފް ދަ ފީފާ ކައުންސިލުން ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

ފީފާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ގައުމުތަކުގެ އެފްއޭ ހިންގުމަށް ފީފާއިން އެކުލަވާލާފައިވާ ގަވައިދާ ހިލާފަށް ޕާކިސްތާން ފެޑެރޭޝަން ހިންގަމުން އަންނަނީ ކޯޓު މެދުވެރިކޮށް ކަނޑައަޅާފައިވާ އެޑްމިނިސްޓްރޭޓަރެއްގެ ބެލުމުގެ ދަށުން ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މިކަމަށް ފީފާއިން ބޭނުންވާ ހައްލެއް ލިބެންދެން މުއްދަތެއް ނެތް ގޮތަށް އެ ގައުމުގެ ފެޑެރޭޝަން ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފައެވެ.

ޕާކިސްތާން ސަސްޕެންޑް ކުރަން ފީފާ އިން ނިންމީ 2015 އަހަރުން ފެށިގެން ސަރުކާރުގެ ނުފޫޒް ބޭނުން ކޮށްގެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ކޯޓު މެދުވެރިކޮށް ވަކި ފަރާތަކާ ހަވާލުކޮށްފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް އެކަށީގެންވާ ރަނގަޅު ބަދަލެއް އައިސްފައިނުވާތީ އެވެ.

އެގޮތުން ފީފާއިން ވަނީ ތަކުރާރުކޮށް ޕާކިސްތާން ފެޑެރޭޝަނުގެ ރައީސަކު ހޮވުމަށް އިންތިހާބެއް ބޭއްވުމަށް އަންގާފައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ.

މި ސަސްޕެންޝަނާ ގުޅިގެން ޕާކިސްތާނުގެ އެއްވެސް ކްލަބަކަށް އޭއެފްސީ އާއި ފީފާއިން ހިންގާ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް