20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
ފަތިސް 04:36
އިރުއަރާ 05:55
މެންދުރު 12:11
އަސްރު 15:35
މަޣްރިބް 18:20
އިޝާ 19:39

ވޯލްޑްކަޕް ކޮލިފައިން

ލަނޑުގެ ތަފާތުން ޕޯޗުގަލް ކޮލިފައިވި އިރު ސުވިޒަލޭންޑް ޕްލޭއޮފްއަށް

 • ސުވިޒަލޭންޑާ ވާދަކޮށް ޕޯޗުގަލްއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުން
 • ހަންގޭރީއިން ވަނީ އަމިއްލަ ގައުމުގައި އެއް ލަނޑު ސުން ލަނޑުން ފެރޯ އައިލެންޑްސް ބަލިކޮށްފަ
 • ލެޓްވިއާ އިން ވަނީ އަމިއްލަ ގައުމުގައި ހަތަރު ލަނޑު ސުން ލަނޑުން އެންޑޮރާ ބަލިކޮށްފަ
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 11 އޮކްޓޯބަރ 2017 | ބުދަ 11:44 | |

މަގުބޫލް

 1. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
 2. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 3. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
 4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
 5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
 6. ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
 7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
 8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ޕޯޗުގަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

ފައިދާ ލަނޑުގެ ތަފާތުން އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ޕޯޗުގަލްއިން ކަށަވަރު ކުރިއިރު ސުވިޒަލޭންޑް ޕްލޭއޮފް ކުޅެން ޖެހިއްޖެއެވެ.

ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ބީ ގައި އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ސުވިޒަލޭންޑާ ވާދަކޮށް ޕޯޗުގަލް ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. މި ގްރޫޕުގެ އެއްވަނަ ކަށަވަރު ކުރަން ކުޅުނު މި މެޗު ސުވިޒަލޭންޑުން ކާމިޔާބު ކުރި ނަމަ އެ ގައުމަށް މި ގްރޫޕުގެ އެއްވަނަ ލިބެން އޮތް ނަމަވެސް ޕޯޗުގަލްއިން ވަނީ ސުވިޒަލޭންޑުން ކުރަމުންއައި މި އުއްމީދު ފުނޑުފުނޑު ކޮށްލާފައެވެ.

މި މެޗުގެ ލީޑު ޕޯޗުގަލްއިން ނެގީ ސުވިޒަލޭންޑުގެ ޑިފެންޑާ ޔޯހާން ޖޫރޫ އަތުން މެޗުގެ 41 ވަނަ މިނިޓުގައި ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑަށްފަހުވެސް ޕޯޗުގަލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން 57 ވަނަ މިނިޓުގައި އޭސީ މިލާންގެ ފޯވާޑް އަންދަރޭ ސިލްވާ ވަނީ ލަނޑެއް ޖަހާ ޕޯޗުގަލްއަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކޮށްދީފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ހަންގޭރީއިން ވަނީ އަމިއްލަ ގައުމުގައި އެއް ލަނޑު ސުން ލަނޑުން ފެރޯ އައިލެންޑްސް ބަލިކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު 81 ވަނަ މިނިޓުގައި ހަންގޭރީއަށް ކާމިޔާބު ކޮށްދިނީ ބެންޗުން ކުޅެން އެރި އެ ޓީމުގެ ފޯވާޑް ޑެނިއެލް ބޯޑްއެވެ.

މިގްރޫޕުގެ ތިންވަނަ މެޗުގައި ލެޓްވިއާ އިން ވަނީ އަމިއްލަ ގައުމުގައި ހަތަރު ލަނޑު ސުން ލަނޑުން އެންޑޮރާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނިޓުގައި ލެޓްވިއާއަށް ކާމިޔާބު ކޮށްދިނީ ޑޭވިސް ކޮނިއޭކިސްއެވެ. އޭގެ އަށް މިނިޓު ފަހުން ވަލާޖިސް ސަބާލާ ލަނޑެއް ޖަހާ ލެޓްވިއާގެ ލީޑު ފުޅާކޮށްދިނެވެ. ފުރަތަމަ ހާފު ދެ ލަނޑު ސުން ލަނޑުން ލެޓްވިއާ ކުރީގަ އޮވެގެން ނިމުނުއިރު މެޗުގެ 59 ވަނަ މިނިޓުގައި ސަބާލާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މި މެޗުން ލެޓްވިއާ އަށް ތިން ޕޮއިންޓް ޔަގީން ވެގެން ދިޔައީ 63 ވަނަ މިނިޓުގައި އީގޯސް ޓަރަސޯވްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ވޯލްޑް ކަޕްގެ އޮޓަމެޓިކް ކޮލިފިކޭޝަންގެ ޖާގައެއް ޕޯޗުގަލްއަށް ލިބިގެން ދިޔައީ ކުޅުނު 10 މެޗުން 27 ޕޮއިންޓް ހޯދައި، ފައިދާ 28 ލަނޑު ހަމަކޮށްގެންނެވެ. ސުވިޒަލޭންޑަށް ވެސް ޕޯޗުގަލްއާ އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމަށް ހަމަކުރެވުނީ ފައިދާ 16 ލަނޑެވެ. 13 ޕޮއިންޓާއެކު ހަންގޭރީއަށް ތިންވަނަ ލިބޭއިރު 9 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ފެރޯ އައިލެންޑްސް އަށެވެ. ފަސް ވަނައިގައި ހަތް ޕޮއިންޓާއެކު ލެޓްވިއާ އޮތްއިރު ގްރޫޕް ބީގެ ފުލުގައި ހަތަރު ޕޮއިންޓާއެކު އޮތީ އެންޑޮރާއެވެ.
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: މުޙައްމަދު ޒާހިރު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް