20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
ފަތިސް 04:36
އިރުއަރާ 05:55
މެންދުރު 12:11
އަސްރު 15:35
މަޣްރިބް 18:20
އިޝާ 19:39

މަގޭ ރިޕޯޓް

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

 • މޮނިކޮން އަމުރު 16 މީހެއްގެ މައްޗަށް ނެރެދިނުމަށް އެދުނު ނަމަވެސް ފާސްކުރީ 9 މީހެއްގެ ޓެގް އެޅުވުމަށް
 • މަރުގެ މައްސަލަތަކައި، މާރާމާރީގެ މައްސަލަތަކުގައި ހިމެނޭ މީހުން ކޯޓުތަކުން ދޫކޮށްލާ މައްސަލައަކީ ބޮޑު މައްސަލައެއް
 • ނުވަ މީހެއްގެ ޓެގް އެޅުވުމަށް ކޮމިޓީން ނިންމިތާ އެތައް ދުވަހެއްވީ އިރު ވެސް މޮނިކޮން އަމުރެއް ނުނެރޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 10 އޮކްޓޯބަރ 2017 | އަންގާރަ 20:39 | |

މަގުބޫލް

 1. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
 2. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 3. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
 4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
 5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
 6. ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
 7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
 8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


މަގުމަތީގައި ފުލުހުންތަކެއް ހަރަކާތްތެރި ވަނީ -- ރާއްޖެއެމްވީ ފޮޓޯ : އަޝްވާ ފަހީމް

ގޭންގު މާރާމާރިތައް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެކަން ހުއްޓުވުމަށް މުޅި ދައުލަތް ވެސް ވަނީ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ނުކުޅެދިފަ އެވެ. މާރާމާރިއަކަށް ފަހު، މާރާމާރިއެއް، މަރަކަށް ފަހު މަރެއް، ވަޅިއަކަށް ފަހު ވަޅިއެއް ހަރާއިރު، މުޅި ދައުލަތް ވެސް އޮތީ ހިމޭނުންނެވެ.

މީގެ ކުރިން މާރާމާރިތައް ގޭންގު ފައިޓްތައް ހިންގަނީ ދަންވަރުކަމުގައި ވީނަމަވެސް މީހަރު ރޯމާ ދުވާލު މާރާމާރި ހިންގައި މީހަކު މަރާލުމަށް ވެސް ފަހެއް ނުޖެހެ އެވެ. އެއީ ކިތަންމެ ބަޔަކު އަދި ކިތަންމެ ބައިވަރު ކެމެރާއެއް ހުރިތަނެއް ކަމުގައި ވީނަމަވެސް އެއްވެސް ބިރެއް ނެތި ގޮސް ވަޅި ހަރައި މީހުން މަރަމުންގެންދެ އެވެ. ނަމަވެސް އެ ގޭންގްތަކާއި، ޒުވާނުން މައިތިރިކުރެވޭނެ ގޮތެއް ދައުލަތުގައި އޮތް ކަމަކަށް ނުވެއެވެ. ކުރުގޮތަކަށް ބުނާ ނަމަ، ސަރުކާރާއި، ޖުޑިޝަރީ ހިމެނޭ ގޮތެއް މުޅި ދައުލަތް އޮތީ ގޭންގުތަކުގެ ދަށުވެފަ އެވެ. ގޭންގުތަކުން ނުރުހޭ ގޮތަކަށް އެއްވެސް ކަމެއްކުރާކަށް ސަރުކާރަށް ވެސް އަދި ޖުޑީޝަރީއަކަށް ވެސް ނުކެރެއެވެ. އެހެން ގޮތަކަށް ބުނާނަމަ މުޅި ދައުލަތް ކޮންޓްރޯލްކުރަނީ ގޭންގުތަކުންނެވެ.

ވަރަށް ކުޑަކުޑަ މިސާލަކަށް ބަލާލާނަމެވެ. ސޯޅަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ، ފައިގައި ޓެގް އަޅުވައިދިނުމަށް ފުލުހުން، ހޯމް މިނިސްޓްރީގައި އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ކޮމެޓީގައި އެދުނު އެވެ. ނަމަވެސް 16 މީހެއްގެ މައްޗަށް މޮނިކަން އަމުރު ނެރުމަށް ނުކެރި، އެ ކޮމެޓީން ނިންމީ ނުވަ މީހެއްގެ ފައިގައި ޓެގް އެޅުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުމަށެވެ. ސުވާލަކީ 16 މީހެއްގެ ފައިގައި ޓެގް އެޅުވުމަށް އެދުމުން އެކަމަށް ދެކޮޅުހަފައި، ނުވަ މީހެއްގެ ފައިގައި ޓެގް އެޅުވުމަށް ކޮމެޓީން ނިންމީ ކީއްވެތޯ އެވެ. 16 މީހުންގެ ފައިގައި އެކީ ޓެގް އެޅުވުމަށް ކޮމެޓީއަށް ފާސްނުކުރެވުނީ ކީއްވެތޯ އެވެ.

 

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު -- ފައިލް ފޮޓޯ: ރައީސް އޮފީސް

 

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބައެއް މީހުންގެ ފައިގައި ޓެގް އެޅުވުމަށް ކޮމެޓީގެ މެމްބަރުން ވަނީ ސީދާ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެފަދަ ޒުވާނުންގެ ފައިގައި ޓެގް އަޅުވައިފި ނަމަ ސަރުކާރު ހޫނު ފެނަށް ވެއްޓޭނެ ކަމަށް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވިދާޅުވެފައިވާ ކަމަށް ވެއެވެ. މި ދެންނެވި ކޮމެޓީގައި ތިއްބަވަނީ މުޅިންވެސް ސިޔާސީ ބޭފުޅުންނެވެ. ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި، ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން އަރީފް އެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ގޭންގްތަކާއި ގާތް ގުޅުންތަކެއް އޮންނަ ކަމަށް ތުހުމަތުކުރެވޭ ބޭފުޅުންނެވެ. އޭގެ ތެރެއިން ވެސް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައީނީއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

 

އެ ހިސާބުން ވެސް ޤޭންގްތަކުގެ ބާރުވެރިކަމާއި، އެ މީހުން ސަރުކާރުގެ އިސްވެރިންނާއި އިސް އޮފިޝަލުން ކޮންޓްރޯލް ކުރާކަން ވަރަށް ސާފުކޮށް އެނގެ އެވެ. މިނިސްޓަރުންނަށް ވެސް އެ މީހުން ނުރުހޭ ގޮތަކަށް ކަމެއް ކުރާން ނުކެރޭ ކަމާއި، މިނިސްޓަރުންވެސް އުޅުއްވަނީ ގޭންގުތަކުން އަންގާ ގޮތަކަށްކަން ވަރަށް ބޮޑަށް ސާފުވެއެވެ. އެހެން ނޫންކަމުގައިވާ ނަމަ މޮނިކޮން އަމުރު ނެރުމަށް ކޮމެޓީގައި ތިބިއްވެ މިނިސްޓަރުން ދެކޮޅު ހައްދަވަންޖެހޭ އެއްވެސް ސަބަބެއް އެބަ އޮތް ހެއްޔެވެ؟ އެ ސަބަބެއް އޮތްކަމުގައިވާ ނަމަ އެ ސަބަބެއް އާންމު ރައްޔިތުންނާއި ހިއްސާނުކޮށް ފިލާ ތިބެނީ ކީއްވެ ހެއްޔެވެ؟

 

މާރާމާރިތަކާއި ގުޅިގެން ފުލުހުން ބަޔަކު ހައްޔަރުކުރަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

 

ދެން އޮތީ ފަނޑިޔާރުންގެ ވާހަކަ އެވެ. ޖުޑީޝަރީގެ ވާހަކަ އެވެ.

ޖުޑީޝަރީގައި ތިބެއްވި ފަނޑިޔާރުން ވެސް ތިއްބެވީ އެފަދަ ހާލެއްގަ އެވެ. ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެން ސިޔާސީ މީހުންގެ މައްޗަށް ފުލު ފުލުގައި ހުކުމްތައް އިއްވައި، ސިޔާސީ މީހުން ހައްޔަރުކުރަން ކޯޓު އަމުތައް ނެރުނުކަމުގައިވީ ނަމަވެސް، ގޭންގްތަކާ ޖެހުމުން ފަނޑިޔާރުންނާއި ގާޒީން ވެސް ތިއްބަވަނީ ރަޖާ ލައިގެންނެވެ. ސިޔާސީ މީހުންނާއި، އާންމުން ކުރިމަތީގައި ކިތަންމެ ފުއްޕާފައި، ޤާނޫނުތަކުގައި ހިފާ ދަމައިގެން ހުކުމްތައް ކުރައްވަން ކެރުނު ނަމަވެސް އަދި މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވިއްޔޭ، މުޖުތަމައުގެ އަމާންކަން ގެއްލޭ ވާހަކަ ދައްކާތީ ހައްޔަރުކުރަން އަމުރު ނެރެމޭ ބުނެ މޮޅެތި އަމުރުތަކާއި ހުކުމްތައް ކުރައްވަން ކެރުނު ނަމަވެސް، ގޭންގުތަކާ ޖެހުމުން ފަނޑިޔާރުންނާއި ގާޒީންގެ އެ ގަޓުކަމެއް ފެންނަނާކަށް ނުހުރެ އެވެ.

މީހަކު މަރައިގެން، އެންމެ ނުރައްކާތެރި ކުށެއްގައި ގެންދާ މީހެއްގެ ބަންދަށް ވެސް އާންމުކޮށް، ކޯޓުން ޖަހައިދެނީ އެންމެ 15 ދުވަސް އެވެ. 15 ދުވަސް ހަމަވުމާއެކު ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލާ މީހުން ވެސް މަދެއް ނޫނެވެ. އޭގެ އިތުރުން ކޯޓަށް ވެއްދުމާއެކު، ހަމަ ވަގުތުން ދޫކޮށްލާ މީހުން ވެސް ހިމެނެ އެވެ. އަދި ބައެއް މީހުން ހައްޔަރުކުރުމަށް ވެސް ކޯޓު އަމުރު ނެރުމަށް ވެސް ފަނޑިޔާރުންނަށް ކެރިވަޑައެއް ނުގަންނަވަ އެވެ. 

ސިޔާސީ މީހަކު ބާރަށް ކަރުކެހިލި ކަމުގައިވީ ނަމަވެސް، މުޖުތަމައުގެ އަމާންކަން ގެއްލި، ސުލްހަ މަސަލަސްކަން ގެއްލޭތީވެ ހައްޔަރުކޮށް ހުކުމްތައް ކުރާއިރު، ހަމަ އެގޮތަށް ގޭންގުތަކާއި މާރާމާރިތަކުގައި ޝާމިލްވާ މީހުން ހައްޔަރުކުރުމަށާއި، އެ މީހުންގެ މައްޗަށް ހުކުމްތައް ކުރައްވަން ފަނޑިޔާރުންނަށް ކެރިވަޑައިނުގަންނަވަނީ ކީއްވެތޯ އެވެ؟ ނުފޫޒެއް ނުވަތަ ގޭންގުތަކާ ގުޅުމެއް ނެތް ނަމަ އެ ފަނޑިޔާރުންނަށް ދަންވަރު ކޯޓުތައް ހުޅުވައިގެން ނަމަވެސް މަގުތައްމަތި އަމާންކުރެވިދާނެ ނޫންތޯ އެވެ.

 

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކުރެވި، ޝަރީއަތް ހިންގާ ބައެއް މީހުން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ފުލުހުން ހައްޔަރުކުރާ ބައެއް މީހުން ވަގުތުން ދޫކޮށްލުމަށް އިސްވެރިން އަންގަވާ އެންގެވުމާއި، ވަކި ސަރަހައްދެއް ވަކި ވަގުތުތަކެއްގައި ޕެޓްރޯލް ނުކުރުމަށް ފުލުހުންގެ އިސްވެރިން އަންގަވާ އެންގެވުންތަކާއި، މާރާމާރިތަކާއި ގުޅިގެން އެއްކުރެވޭ ހެއްކާއި ގަރީނާއަށްވާ ގޮތެއް ނޭނގުމާއި، ވަކި ހިސާބަކުން މައްސަލައިގެން ފައިލްތައް ކްލޯޒްކުރަންޖެހުން ފަދަ ކަންކަމަކީ މިއަދު މި މުޖުތަމައުގެ ތެރޭގައި އާންމުކޮށް ނުދެއްކި ނަމަވެސް ހިނގާ ކަންކަމެވެ. އަދި ކިޔެއްތަ ދައުވާ ކުރަން ފޮނުވުމުން ޕީޖީ އޮފީހުގެ ތެރެއިން އެ ފަދަ މައްސަލަތަކުގައި ކަންތައްތައް ހިނގާ ގޮތައް ވިސްނާލުމުން ވެސް ޤޭންގުތަކުގެ ނުފޫޒާއި ބަރުވެރިކަން އޮތް މިންވަރު ވަރަށް ސާފުވެއެވެ.

 

މިއަދު ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ގޭންގު މާރާމާރިތަކާއި، މަރުތައް ހުއްޓުވޭނީ ސަރުކާރުގެ ވެރިންނާއި ފަނޑިޔާރުން ސާފުތާހިރުވެގެންކަމެވެ. އެ މީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަމެވެ. މާރާމާރި އާއި މީހުން މަރާ މީހުންނަށް މިނިސްޓަރުންނާއި ދައުލަތުގެ ވެރިންނާއި ފަނޑިޔާރުން ދެއްވާ ރައްކާތެރިކަމާއި ހިމާޔަތް ދިނުން ހުއްޓާލައިގެން ކަމެވެ. އެ މީހުންނަށް ފަންޑުކުރުން ސިޔާސީ މީހުން ހުއްޓާލައިގެން ކަމެވެ. އެކަން ފަށަންޖެހެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ހަމައިންނެވެ. ގޭންގުތަކަށް ފަންޑުކުރާ ކުރުން ހުއްޓާލައިގެންނެވެ. އެހެން ނޫންކަމުގައިވާ ނަމަ ދުވަހަކުވެސް ޤައުމުގެ މަގުތަކެއް އަމާނެއް ނުކުރެވޭނެ އެވެ. އާންމުންނަށް ރައްކާތެރިކަމެއް ނުދެވޭނެ އެވެ.

 

ލައިގެން ހުންނަ ޓީޝާޓެއްގެ ސަބަބުން މަރާލާކަމުގައި ވާނަމަ މި ފަސްގަނޑުގައި ރައްކާތެރިކަމެއް އޮތީ ކާކަށްތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް