26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ކެޓަލޯނިއާ

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

 • ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް އަންގާރަ ދުވަހު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކުރުމަށް ވަނީ ހަމަޖެހިފައި
 • ކެޓަލޯނިއާ އިން މިިނިވަންކަން އިއުލާންކޮށްފި ނަމަ ކެޓަލޯނިއާގެ ރައީސް ޖަލަށް ލާނެ ކަމަށް ސްޕެއިންގެ ރޫލިން ޕާޓީ އިން ވަނީ ބުނެފައި
 • ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިނަމަ، އީޔޫގެ މެމްބަރުކަމުން ވަކިވާނެ
އަހުމަދު އަނޫޝު | IamAhmedAnoosh

| 10 އޮކްޓޯބަރ 2017 | އަންގާރަ 16:43 | |

މަގުބޫލް

 1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
 4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
 5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
 6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
 7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
 8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ގެޓީ އިމޭޖާސް

 

ސްޕެއިންގެ ކެޓަލޯނިއާއަކީ ސްޕެއިންގެ އެންމެ ފުދުންތެރި އަދި މުއްސަނދި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަމިއްލަ ބަހަކާއި، ސަގާފަތަކާއި އަދި އަމިއްލަ ތާރީޚެއް އޮތް ސަރަހައްދެކެެވެ. 7.5 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް އެކުލެވޭ ކެޓަލޯނިއާއަކީ 1000 އަހަރުގެ ދުވަހުގެ ތާރީޚެއް އޮތް ސަރަހައްދެކެވެ. ކެޓަލޯނިއާ، ސްޕެއިންގެ މިނިވަން ސަރަހައްދެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައީ، ސްޕެއިންގައި 1936 އިން 1939 ކަށް ކުރެވުނު ހަނގުރާމައެއް ކަމަށްވާ، "ސްޕެނިޝް ސިވިލް ވޯ" ގެ ތެރޭގައެވެ. ކެޓަލޯނިއާ އަށް މިނިވަންކަން ގެއްލުނުއިރު ސްޕެއިންގެ ވެރިކަމުގައި ހުންނެވީ އަސްކަރީ ޚުދުމުޚުތާރު ވެރިއެއް ކަމަށްވާ ފްރެންސިސްކޯ ފްރެންކޯ އެވެ. 1975 ގައި ފްރެންކޯ އަވަހާރަވުމަށްފަހު ކެޓަލޯނިއާ އަށް ސްޕެއިންގެ އަތްދަށުން ކޮންމެވެސްވަރެއްގެ މިނިވަންކަމެއް ލިބިގެން ދިޔައެވެ. އެހެނަސް ކެޓަލޯނިއާގެ އެތައް ބަޔަކަށް އެއީ، ފުދޭވަރުގެ މިނިވަން ކަމަކަށް ނުވިއެވެ. 

ސްޕެއިން އަށް 2016-2008 އަށް ދިމާވި މާލީ ދަތިތަކުގެ ތެރޭގައި ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ގޮވާލާ ގޮވާލުން އިތުރުވަމުން ދިޔައެވެ. މިނިވަން ކަމަށް އެދި ގޮވާލާ ގޮވާލުން އިތުރުވަމުން ގޮސް ނުރަސްމީ ވޯޓެއް ވެސް ބޭއްވިއެވެ. އަދި 2014 ވަނަ އަހަރު ބޭއްވި ވޯޓުގައި ވޯޓުލާން ނިކުތީ މަދުބައެކެވެ. ނިކުތީ ކެޓަލޯނިއާގެ އާބާދީގެ އެންމެ 40 އިންސައްތަ މީހުންނެވެ. އެހެންނަމަވެސް ވޯޓުލާން ނިކުތް މީހުންގެ 81 އިން ސައްތަ މީހުން ވަނީ ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއިދުކޮށްފައެވެ. 

އެންމެ ފަހުން ރަސްމީ ވޯޓެއް ބާއްވައިފިއެވެ. އެއީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯއެވެ. ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ދާދިފަހުން ނެގި ވޯޓުގައި ނުވަތަ އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ކެޓަލޯނިއާގައި އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓަށް ފަހު މިހާރު ކުރިއަށް އޮތީ ބޮޑުވެގެންވާ ކަމެކެވެ. އެއީ ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް އަންގާރަ ދުވަހު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކުރުމަށް ނިންމި ނިންމުމެވެ. ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް، އާންގާރަ ދުވަހު ރީޖަނަލް ޕާލަމަންޓުގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވަން ވަނީ ހަމަޖެހިފައެވެ. ކެޓަލޯނިއާގެ ރައިސް ޕުއިޖްޑެމޮންޓް އެ ސަރަހައްދުގެ މިނިވަންކަން އިއުލާން ކުރައްވަން މަސައްކަތްޕުޅު ކުރައްވާއިރު އެކަމަށް ދެކޮޅު ހެދުންތައް ވެސް ދަނީ ކުރިއަށެވެ. ސްޕެއިންގެ އެކި ސިޓީތަކަށް އެތައްހާސް ބަޔަކު ނިކުމެ ދަނީ ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކެޓަލޯނިއާގެ ރައީސް ކާލެސް ޕުއިޖްޑެމޮންޓް އަންގާރަ ދުވަހު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކޮށްފި ނަމަ، ޖަލަށް ލާނެ ކަމަށް ސްޕެއިންގެ ރޫލިން ޕާޓީ ޕާރޓިޑޯ ޕޮޕިއުލާ ޕާޓީ (ޕީޕީ ޕާޓީ) އިން ވަނީ ބުނެފައެވެ. ޕީޕީ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ފޯ ކޮމިއުނިކޭޝަން ޕަބް ކަސާޑޯ ހޯމަ ދުވަހު ވިދާޅުވީ އެއްވެސް ފަރާތަކުން ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން އުޅެފި ނަމަ ވެގެން ދާނެ ގޮތަކީ މީގެ 83 އަހަރު ކުރިން ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން އުޅުނު މީހާއަށް ވިގޮތް ކަމަށެވެ. މީގެ 83 އަހަރު ކުރިން ކެޓަލޯނިއާގެ އޭރުގެ ލީޑަރު ޔޫއިސް ކޮމްޕެނީސް ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވަން ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވެ، ވަަޑައިގަންނަވަން ޖެހިވަޑައިގަތީ ޖަލަށެވެ. ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފި ނަމަ އެކަން ގަބޫލު ނުކުރާނެ ކަމަށް ފްރާންސް ސަރުކާރުން ވަނީ ބުނެފައެވެ. ކެޓަލޯނި އާއި ސްޕެއިން އިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ފްރާންސް އިން ކެޓަލޯނިއާގެ މިނިވަންކަން ގަބޫލު ނުކުރާނެ ކަމަށް ބުނުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން  ކެޓަލޯނިއާ ވަކިވާނެ ކަމެކެވެ.

ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ މިނިވަންކަަމާ ދެކޮޅަށް އިންތިހާ އަށް ފިއްތުންތައް އޮތަސް ކެޓަލޯނިއާގެ ރައީސް ހުންނެވީ ވަރަށް ގޮތުގައެވެ. އަންގާރަ ދުވަސް މިއީ ބޮޑު ދުވަހެކެވެ. ނިންމާލުމުގެ ކުރިން ބަލާލާނީ ސްޕެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިނަމަ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ގޮތުގެ ވާހަކަފުޅަށެވެ. އޭނާ ވިދާޅުވީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފިނަމަ ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ ސަރުކާރުގެ ބާރުތައް ނަގާނެ ކަަމަށެވެ. 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް