13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ކުޅަދުންވަންތަކަން

ﷲ ގެ ކުޅަދުންވަންތަކަމާ މެދު ވިސްނުމަކީ ހިދާޔަތް ލިބުމުގެ ސަބަބެކެވެ.

  • އުޑާއި ބިމާއި، ރޭދުވާ ދައުރުވުމާއިމެދު ވިސްނާލައިފިނަމަ ބުއްދި ފުރިހަމަވެފައިވާ، ވިސްނޭ މީހަކަށް މާތްﷲގެ ކުޅަދުންވަންތަ ވެރިކަން ފެންނާނެ

| 10 އޮކްޓޯބަރ 2017 | އަންގާރަ 08:22 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


މާ ބަގީޗާއެއް -- އާކައިވް

ފަހުގެ ހޯދުންތައް ހޯދާ ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަބަޔަކު އެމީހުންނަށް ދިމާވެފައިވާ ޙާދިޘާތަކުގެ އަލީގައި އެމީހުން އީމާންވުމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން މިސާލެއްގެ ގޮތުގައި އެޑްވަޑް ލޯޓަރކެޕްލް ބުނެފައިވާ ވާހަކައެއް ގެންނާނަމެވެ. އެވާހަކަ ދަންނަވާލުމުގެ ކުރީން އޭނަޔާ ބެހޭގޮތުން ކޮންމެވެސް ވަރެއްގެ ކުރު ތަޢާރަފެއް ގެނެސް ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ. އޭނާއަކީ ހައިވާނާއި ފަނިފަކްސް ތަކާއިބެހޭ މާހިރެކެވެ. އޭނާ ވަނީ ކެލިފޯނިއާ ޔުނިވާރސިޓީން އެރޮގުން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައެވެ. އޭނާއަކީ ސެންފްރެންސިސްކޯ ޔުނިވަރސިޓީގެ ހައިވާނު ތަކާއި ބެހޭ ގޮތުން ދިރާސާތައްކުރާ ފެކަލްޓީގެ ރައީސްވެސްމެއެވެ. އޭނާ ވަނީ ފަނިފަކުސްގައި ހުންނަ ފިޔަތަކާއި ބެހޭ ގޮތުން ވަރަށް ބޮޑު ދިރާސާއެއް ކޮށްފައެވެ. އޭނާގެ އީމާންކަމާއި ބެހޭގޮތުން ވަރަށް ދިގުކޮށް ވާހަކަ ދެއްކުމަށް ފަހު ބުނެފައިވެއެވެ. މިކައުނުގައި މާތްﷲ ލައްވާފައިވާ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ވާހަކަ އެންމެ ފުރިހަމަ ގޮތުގައި ދެއްކުމަކީ އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެކަންތަކުގެ ޙިކުމަތްތަކަކީވެސް އެންމެ ފުރިހަމަ ގޮތުގައި ބަޔާން ކުރުމަކީވެސް ދަތި ކަންތައް ތަކެވެ. ނަމަވެސް ތިމަންނަ ފަނިފަކްސްތަކުގެ ފިޔަތަކާއި ބެހޭގޮތުން ކުރި ދިރާސާތަކުން ތިމަންނައަށް މާތްﷲ ކުޅަދުންވަންތައް ކަމުގެ އެތައް ހެކިތަކެއް ފެނިގެންދިޔައެވެ. އަދި އެފަދައިން ތިމަންނަ ކައުނުއާއި ކައުނުގައި މާތްﷲ ލައްވާފައިވާ ނިޒާމްއާއި ބެހޭގޮތުން ކުރި ދިރާސާތަކުން ތިމަންނަގެ އީމާންކަން ﷲއާއި މެދު އިތުރު ވެގެންދިޔައެވެ. ޝައްކެއްނެތެވެ . ކީރިތި ޤްރުއާނުގެ ނައްޞުން ސާބިތުވެފައިވާ ގޮތުގައި މާތްﷲ ގެ މަޚްލޫޤުތަކާއިމެދު ވިސްނައި ފިކުރު ކުރާބަޔަކަށް އެކަލާނގ ވޮޑިގެންވާ ކަމުގެ ހެކިތައް ފެނިގެންދާނެއެވެ. .މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުތަކާއި މެދު ވިސްނާ ފިކުރު ކުރުމުން މިހާރު ދުނިޔޭގައި ހިގަމުން މިދާ ކަންތަކާއި މެދު ވިސްނައިފި ނަމަ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި އެވަނީ މުޅިން ތެދު ޙަޤީޤަތްކަން އެގިގެންދާނެއެވެ. އަދި މިކާއިނާތުގައި ލައްވާފައި މިވާ ތަކެއްޗަކީ ޒައްރާތަކުން ނުވަތަ އެޓަމިކްތަކުން ހެދިފައިވާ ތަކެއްޗެއްނޫން ކަމާއި އެއީ އަލްޚާލިޤުލް މުބްދިއު ޖައްލަވަޢަލާގެ ނުވަތަ މި ކައުނު ހެއްދެވި ކުޅަދުންވަންތަ ކަމުގެ ހެކިތަކެއްކަން އެނގިގެންދާނެއެވެ. އަލްޖާޘިޔާ ސޫރަތުގެ 3 ވަނަ އާޔަތުން 6 ވަނަ އާޔަތާ ހަމައަށް މާތްﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނާގައި ވަނީ: "ހަމަކަށަވަރުން މުއުމިނުންނަށް އުޑުތަކާއި ބިމުގައި (ﷲގެ ގުދުރަތް ތެރިކަމުގެ) ހެކިތަކެއް ވާކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި އެކަލާނގެ ފަތުރުއްވާފައިވާ އެންމެހާ ދިރޭތަކެތީގައި  ޔަގީންކުރާބަޔަކަށް ހެކިތަކެއްވެއެވެ. އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިންމަރުވުމަށް ފަހު، ﷲ އުޑުންވެއްސެވި ރިޒުގުން (އެބަހީ ވާރޭފެނުން) އެ ބިން ދިރިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ. އެއީ ﷲގެ އާޔަތް ތަކެވެ. ޙައްގު ތެދު ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔައި ދެއްވަމެވެ. ފަހެ ﷲގެ ފޮތާއި، އެކަލާނގެ  އާޔަތް ތަކަށްފަހުގައި އެއުރެން އީމާންވާނީ ކޮންވާހަކައަކަށް ހެއްޔެވެ؟

ޝައްކެއްނެތެވެ. އުޑާއި ބިމާއި، ރޭދުވާ ދައުރުވުމާއި ޖަނަވާރުތަކާއި ގަސްގަހާއި ގެއްސާއި އެންމެހައި މަޚްލޫޤްތަކާއި މެދު ފުންކޮށް ވިސްނާލައިފިނަމަ ބުއްދި ފުރިހަމަވެފައިވާ، ވިސްނޭ މީހަކަށް މާތްﷲގެ ކުޅަދުންވަންތަ ވެރިކަން އެނގިގެންދާނެއެވެ. ނަމަވެސް ބޮލެއް ހުރި ކަމުގައި ވިޔަސް ނުވިސްނޭ ސިކުނޑިއެއް ހުރި ނަމަ އެމީހަކަށް ނުވިސްނޭނެއެވެ. ކެމިސްޓްރީ އާއި ހިސާބުން ޕީ. އެޗް.ޑީ ހަދާފައިވާ  ޕްރޮފިސަރެއް ކަރުގައިވާ ޖޯން ކްލިފް ލޯންޑް "އެންމެ ފަހުގެ ނަތީޖާ " މި މައުޟޫގެ ދަށުގައި ލިޔެފައިވާ ލިޔުމެއްގައި ލިޔެފައިވެއެވެ. މި ދުނިޔެ އާއި ދުނިޔޭގައިވާހައި ތަކެއްޗަކީ އަމިއްލައަށް އުފެދުމަށް ނުކުޅެދިފައިވާ ތަކެއްޗަށްވާ ނަމަ އަދި އެތަކެތި އުޅުމަށް އަމިއްލަ ޤާނޫނު ތަކެއް ތަޙްދީދު ކުރުމަށް ނުކުޅެދިފައިވާ ކަމުގައިވާ ނަމަ އެއްވެސް ޝައްކެއްނެތް ގޮތުގައި މިތަކެތި އުފައްދަވާފައި ވަނީ އެއްވެސް މާއްދީ ބާރެއް އެފަރާތެއްގައި އެކުލެވިފައިނުވާ ފަރާތެއްގެ ޤުދުރަތްތެރި ކަމުންނެވެ. މިހުރިހާ މަޚްލޫޤާތްތަކަށް ވިސްނާލުމުން މި މަޚްލޫޤާތްތައް އުފެއްދެވި ފަރާތަކީ ޙިކްމަތްތެރި އަދި ހުރިހައި ކަމެއް ވަރަށް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްކަން އެނގިގެންދެއެވެ.

އެހެނީ މިމާއްދީ ދުނިޔޭގައިވާ އެއްވެސް ސިކުނޑިއަކަށް އެއީ ޑޮކްޓަރީ ކަމުގެ މައިދާނުގައި މަސައްކަތް ކުރި ކަމުގައި ވިޔަސް އަދި ސައިންސާއި ޓެކްނޮލިޖީ ގޮތުން މީހުންނަށް މަޢުލޫމާތުދޭ މީހެއްކަމުގައި ވިނަމަވެސް އަދި އެނޫން ކަމެއްގައި ވިނަމަވެސް މިއިން ކޮންމެ ކަމެއްވެސް ކުރެވޭނީ ޤަޞްދެއް ނުވަތަ ވަކި މަޤުޞަދެއް އޮވެގެންނެވެ. އެފަރާތަކީ ވަކި މަޤުޞަދު ތަކަކަށް ޢަމަލު ކުރުމުގެ ސިފައާއި އިޚްތިޔާރު ލިބިގެންވާ ފަރާތެއް ކަމުގައި ވާނަމަ އެފަރާތް ވުޖޫދު ވެގެންވާ ކަމާއި މެދަކު އެއްވެސް ޝައްކެއްނެތެވެ.

ވީމާ، އެންމެ ފަހުގެ ނަތީޖާ އަހަރެންނަށް ދައްކައި ދެނީ މިކައުނު ހެއްދެވި ފަރާތެއް ވާކަން އެކަންޏެއް ނޫނެވެ. އަދި ކިއެއްތޯއެވެ.  ދާއިމަށް ދިރި ދެމި ވޮޑިގެންވާ އަދި އެފަރާތެއްގެ ޤުދުރަތްތެރި ކަމުގެ ހެކިތައް އެކި ކަންކޮޅު ތަކުގައި ފެންނަށް ހުންނަ ފަރާތެއް ކަމުގައިވެއެވެ. އަދި މިކަމަކީ އެއްވެސް މީހަކު އެކަމާއި ދެބަސްވެ އެކަމާއި ދެކޮޅު ހެދުމަށް ޖާގަ ލިބިގެންވާ ކަމެއް ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށް ބޭރުފުށުން އިންކާރު ކުރި ކަމުގައި ވިޔަސް އެމީހެއްގެ ހިތުގެ އަޑިން ﷲ ސުބްހާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަން ޤަބޫލުކުރެވޭ ނެއެވެ.

 

އެޑިޓަރުގެ ނޯޓް: މިލިޔުން ލިޔުއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަހްމަދުﷲ ޖަމީލެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް