22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ދިގު އުމުރު

ސައިންސްވެރިން ބުނަނީ އިންސާނުންގެ އެންމެ ދިގު އުމުރަކީ ކޮބައިކަން ދެނެގަނެވިއްޖެ ކަމަށް!

  • މި ދިރާސާގައި 75،000 މީހުންގެ މައުލޫމާތު ބޭނުން ކޮށްފައިވޭ
ރާއްޖެ އެމްވީ | raajje.mv

| 7 އޮކްޓޯބަރ 2017 | ހޮނިހިރު 20:33 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ދުނިޔެ މިހާތަނަށް ދުށް އެންމެ އުމުރު ދިގު މީހާ، ފަރަންސޭސިވިލާތުގެ ޖީން ލުއިސް ކަލްމެންޓް މަރުވީ 122 އަހަރުގައި -- ގޫގުލް

ދުނިޔެއަށް އުފަންވެއްޖެ ކޮންމެ އިންސާނަކީވެސް މަރުވާނެ މީހެކެވެ. ވަކި ފަރުދަކަށް ބަލާއިރު ނޭނގޭ ކަމަކީ އޭނާ ދުނިޔޭގައި ހުންނާނީ ކިހާ ދުވަހަކު ކަމާއި މަރުވާނީ ކޮން އުމުރެއްގައި ކަމެވެ. ބައެއް މީހުން ވަރަށް ޅަ އުމުރުގައި ދުނިޔެ ދޫކޮށް ދެއެވެ. އަނެއް ބަޔަކު ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހޭދަ ކުރެއެވެ. އެނގޭ އެއްޗަކީ ކޮންމެ މީހަކުވެސް ކޮންމެވެސް ދުވަހަކުން ދުނިޔެ ދޫކޮށް ދާން ޖެހޭ ކަމެވެ.

ޒަމާނަށް އަންނަ ކުރިއެރުމާއި، ސައިންސްގެ އައު ހޯދުންތަކުގެ އަލީގައި ސިއްހަތު ރަނގަޅު ކުރުމަށް ކުރިން ފެންނަން ނެތް އެތައް ކަމެއް މިއަދު ފެންނާން އެބައޮތެވެ. އަދި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ އަލީގައި ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ހާލަތުގައި ދިރިއުޅޭ މީހުންގެ އުމުރު ދިގުވެގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެކަމަކު ކިތަންމެ މޮޅަށް ކެއުން ބެހެއްޓިއަސް އަދި ބަރާބަރަށް ކަސްރަތުކޮށް ސިއްހަތައް ގެއްލުންދޭ ކަންކަމުން ދުރުހެލިވެ ރަނގަޅު އާދަތަކުގެ މަތީގައި ހަޔާތް ކުރިއަށް ގެންދިޔަޔަސް ދާއިމަށް ދުނިޔޭގައި ނުހުރެވޭނެ ކަމީ އެއްވެސް މީހަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. އެއީ އިންސާނާގެ ހަޔާތް އެގޮތުންވެސް ދެމެހެއްޓެނީ ވަކި މިންވަރަކަށް ކަމަށްވާކަމެވެ. ސުވާލަކީ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބަހައްޓައިގެން ވިޔަސް އުމުރު ދިގު ކުރެވޭނެ އެންމެ ދިގު މިނަކީ ކޮބާހެއްޔެވެ؟

ސައިންސްވެރިން ބުނަނީ މިހާރު އެ ސުވާލުގެ ޖަވާބު ދެނެގަނެވިއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ނެދަރލޭންޑްސްގައި ކުރިއަށް ގެންދިޔަ ދިރާސާ އަކުން ހާމަވި ގޮތުގައި އަންހެނެއްގެ އެންމެ ދިގު އުމުރަކަށްވާނީ 115.7 އަހަރެވެ.

ފިރިހެނެއްގެ އެންމެ ދިގު އުމުރަކަށް ވާނީ 114.1 އަހަރެވެ.

ފިރިހެނުންނާއި އަންހެނުންގެ އެންމެ ދިގު އުމުރު ދެނެގަތުމަށް ސައިންސްވެރިން ވަނީ، ފާއިތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ދުނިޔެ ދޫކޮށް ދިޔަ 75،000 މީހުންގެ މައުލޫމާތު އެއްކޮށް ދިރާސާ ކޮށްފައެވެ. ދިރާސާ ކުރިއަށް ގެންދިޔައީ ޓިލްބަރގް އާއި ރޮޓަރޑަމްގެ އިރަސްމުސް ޔުނިވަސިޓީގެ ތަފާސްހިސާބުގެ ތަޖުރިބާކާރުންނެވެ.

މިދިރާސާގައި ބައިވެރިވި އެއް ސައިންސްވެރިޔަކު ކަމަށްވާ ޕްރޮފެސަރ ޖޯން އެއިންމާލް "މެޑިކަލް އެކްސްޕްރެސް" އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ:

"އެވްރެޖް ގޮތެއްގައި އިންސާނުންގެ އުމުރު ދަނީ މައްޗަށް. ނަމަވެސް ފާއިތުވި 30 އަހަރުގެ ތެރޭގައި އަހަރެމެންގެ ތެރޭގައި ހުންނަ އުމުރުން އެންމެ ދުވަސްވީ މީހާގެ އުމުރު އިތުރަށް މައްޗަށް ގޮސްފައެއް ނުވޭ. އެހެންވީމާ މިކަމުގައި ކޮންމެވެސް ބާވަތެއްގެ ފާރެއް އެބަވޭ. ގަބޫލު ކުރަން އެވްރެޖް ލައިފް އެކްސްޕެކްޓެންސީ ދަނީ މައްޗަށް. އެކަމަކު އެންމެ އުހުގައިވާ ސީލިންގ އަށް ބަދަލެއް ނާދޭ"

ޕްރޮފެސަރގެ ވާހަކައަކީ ވަކި އިންސާނަކު ދުނިޔޭގައި ހުންނަ އެންމެ ދިގު އުމުރު ދެނެގަތުމަށް މުހިންމީ އެވްރެޖް ލައިފް އެކްސްޕެކްޓެންސީ އެއް ނޫން ކަމެވެ.

ނެދަރލޭންޑްސްގައި ކުރިއަށް ގެންދިޔަ މި ދިރާސާ އާ މި މައުޟޫގައި އެމެރިކާގައި ކުރެވުނު އެހެން ދިރާސާއަކާ އަޅާބަލާއިރު ވަރަށް އެއްގޮތް ނަތީޖާތަކެއް ފެންނަކަން ފާހަގަ ކުރެވެއެވެ. އެމެރިކާގައި ކުރެވުނު ދިރާސާގައި ފެންނަ ގޮތުން 115 އަހަރަށް ވުރެ އިތުރަށް އުމުރު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

އެމެރިކާ އާއި ނެދަރލޭންސްގެ ދިރާސާގެ ނަތީޖާ މިހެން ހުރި އިރު 1997 ވަނަ އަހަރު ދުނިޔެ ދޫކުރި ފަރަންސޭސި ރައްޔިތެއް ކަމަށްވާ ޖީން ލުއިސް ކަލްމެންޓްގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. އޭނާ ދުނިޔެ ދޫކޮށް ދިޔައީ 122 އަހަރު ދުނިޔޭގައި ހޭދަ ކުރުމަށްފަހުގައެވެ. މިއީ ދުނިޔޭގެ ރެކޯޑެވެ. އޭނާ އުފަންވީ 1875 ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މައުޟޫގައި

2 އަހަރު ކުރިން

How old is Noah?

0
0
ރަތްޔަތު

2 އަހަރު ކުރިން

ރީތި.މުސަ ގެނަމުގައިލިޔފައިވާ ފަރާތަށް ބުނަމެވެ. އާދަމުގެފާނުގެ ޢމުރުނޭގުނީތަޖަހާނާ އަދި އާދަމުގެފާނުގެ އިސްކޮޅާ ބޮޑުމިންވެސްހިމެނޭގޮތަށް

0
0
ހަސންބެ

2 އަހަރު ކުރިން

ރީތި މޫސަ: ނޫހުގެ ފާނު ދީނަށް ގޮވޭލެއްވި900 އަހަރު

1
0
ރީތި.މޫސަ

2 އަހަރު ކުރިން

ސިޔަރަތުން އެގެންއެބައޮތް ސަތީހް 700 އަހަރު ދުނިޔޭގައި އުޅުއްވިކަން ސައިންސްވެރިންނަކަށް ނޭގުނުތާ އިސްލާމީ ތާރީޚް ބަލާލިނަމަ ރަނގަޅުވީސް އެހެންނޫންތޯ

2
3