17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ގްރީންޓީ

ސިއްރެއްބުނަންތަ؟ ގްރީންޓީ ބުއިމުން ޒުވާކަން ދަމަހައްޓައިދޭ!

  • ގްރީން ޓީ އަކީ ހިތުގެ ބަލިތަކަށް ވަރަށް ބޮޑު ޝިފާއެއް
  • ސަރުބީ ވިރުވުމަށްވެސް މިވަރެއް ނެތް
އާމިނަތު ނުޒުހާ | nuzu8121

| 7 އޮކްޓޯބަރ 2017 | ހޮނިހިރު 19:25 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ގްރީންޓީގެ ފައިދާ ވަރަށްބޮޑު -- ރާއްޖެއެމްވީ ފޮޓޯ : އާމިނަތު ނުޒުހާ

ދިރާާސާތައް ބުނާގޮތުގައި ގްރީންޓީ އަކީ ދުނިޔޭގައި މިހާތަނަށް ހޯދުނު ސިއްހަތަށް އެންމެ ފައިދާހުރި ބުއިމެވެ. މީގެ އިތުރުން ކެންސަރާއި ހަނގުރާމަކުރުމާއި، ސަރުބީ ދަށްކުރުމަށް ވެސް ގްރީންޓީވަރެއް ނެތެވެ. އަދި ގްރީންޓީގައި ވަރަށް ވަރުގަދަ އެންޓިއޮކްސިޑެންޓް މާއްދާތައް އެކުލެވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްލާ މުޅި މީހާ ތާޒާ ކޮށްލައެވެ.

 

ގްރީން ޓީއާއިމެދު ދުނިޔޭގެ ހޭލުންތެރިކަން އިތުރުވެ ބޯމީހުންގެ އަދަދު ދުވަހެއް ދުހަަކަށް ދަނީ އިތުރުވަމުންނެވެ. ގްރީން ޓީ އޭގައި އެކުލެވޭ މާއްދާތަކެއްގެ ސަބަބުން އިންސާނުންނަށް ނުހަނު ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

 

ފައިދާ

ގްރީން ޓީގައި އެކުލެވޭ ބަޔޯ އެކްޓިވް ކަމްޕައުންޑެއްގެ ސަބަބުން ދިގު މުއްދަތަކަށް ދެމިހުންނަށް ބަލިތަކުން ޝިފާ ލިބެއެވެ. އަދި ގްރީން ޓީ އެމީހާގެ އިމިއުން ސިސްޓަމް ވަރުގަދަ ކޮށްދިނުމާއެކު މުސްކުޅިވުން ލަސްކޮށްދީ ސެލްތަކާއި ޓީޝޫ ހަލާކުވުމުގެ މައްސަލަތަކުން ދުރުކޮށްދީ ސެލްތައް ތާޒާކޮށްދެއެވެ.

 

ގްރީން ޓީގެ ސަބަބުން ސިކުނޑި މަސައްކަތްކުރުން ރަނގަޅު ކޮށްދެއެވެ. ގްރީން ޓީގައި އެކުލެވޭ ކެފެއިންގެ ސަބަބުން ސިކުނޑީގެ ހިނގުން އަވަސްކޮށްދެއެވެ. މި ކޮފީތަކުގައި މި ހުންނަ ކެފެއިންނަށް ވުރެ ގްރީން ޓީގައި ހުންނަ ކެފެއިން މަދުވާނެއެވެ. އެހެންކަމުން ކެފެއިން މަދުވުމުގެ ސަބަބުން ގްރީން ޓީ ހަށިގަނޑަށް ވަރަށް ފައިދާކުރެއެވެ.

 

ގިނަ ރީސާރޗްތަކުން ދައްކާގޮތުގައި ގްރީން ޓީ މީހާގެ އެނާރޖީ ލެެވެލް 4 ޕަސެންޓަށް އިތުރު ކޮށްދެއެވެ. އަދި ގްރީން ޓީ އަކީ ފަލަވުމުން ދުރުކޮށްދޭ ބުއިމެކެވެ.

 

ގްރީން ޓީ އަކީ ކެންސަރުގެ ބަލިތަކުންވެސް ދުރުކޮށްދޭ އެއްެޗެކެވެ. ރީސާރޖްތަކުން ދައްކާގޮތުގައި އަންހެނުން ގްރީން ޓީ ބޯނަމަ އުރަމަތީ ކެންސަރު ޖެހުމުގެ 21 ޕަސެންޓް ދުރުކޮށްދެއެވެ.

 

ގްރީން ޓީ އަކީ އާންމު ގޮތެއްގައި މުސްކުޅި އުމުރުގެ މީހުންނަށް ޖެހޭ ސިކުނޑީގެ ބަލިތަކުންނާއި އަދިވެސް ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ ބުއިމެކެވެ. އަދި ގްރީން ޓީގައި ހުންނަ މާއްދާއެއްގެ ސަބަބުން ސިކުނޑީގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއެވެ.

 

ދަތްތަކަށް ޖެހޭ ތަފާތު ބަލިތައް ވެސް ގްރީން ޓީގެ ސަބަބުން ދުރުކޮށްދެއެވެ. އެގޮތުން ދަތްތައް ފަނިކެއުން ދުރުކޮށްދިނުން ހިމެނެއެވެ. ދުވާލަކަށް 2 ތަށި ގްރީން ޓީ ބޯނަމަ ދަތްތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެއެވެ.

 

ގްރީން ޓީ އަކީ ހަކުރު ހުންނަ މީހުންނަށް ވަރަށް ރަނގަޅު ބުއިމެކެވެ. ގްރީން ޓީގެ ސަބަބުން ލޭގެ ހުންނަ ހަކުރުގެ ލެވެލް 42 ޕަސެންޓް ތިރިކޮށްދެއެެވެ.

 

ގްރީން ޓީ އަކީ ހިތުގެ ބަލިތަކަށް ވަރަށް ބޮޑު ޝިފާއެކެވެ. ގްރީން ޓީގެ ސަބަބުން ހިތުގެ ބަލިތައް ޖެހުން 31 ޕަސެންޓް ދުރުކޮށްދެއެވެ.

 

ގްރީން ޓީ އަކީ މީހާގެ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް ބޮޑަށް އެހީވެދޭ އެއްޗެކެވެ. ގްރީން ޓީގެ ސަބަބުން މެޓަބޮލިޒަމް އިތުރުކޮށްދީ ފަލަކޮށްދޭ ތަކެތި ކުދުކުދިކޮށްދީ އެ ހަޖަމްކޮށްދިނުމަށް އެހީވެދެއެވެ.

 

މީގެ އިތުރުން ތަފާތު ވައްތަރުގެ ކެންސަރު، ޕްރޮސްޓްރޭޓް، އުރަމަތީގެ ކެންސަރު އަދި ކޮލޮރެކްޓަރ ފަދަ ކެންސަރު ޖެހުމުން އެތަށް ގުނައެއް ދުރުކޮށްދެއެވެ. މީގެ އިތުރުން ޕާކިންސަން ޑިސީސް އަދި އެލްޒައިމާއިން ވެސް ދުރުކޮށްދިނުމަށް އެހީވެދެއެވެ.

 

އަދި ސިއްރެއް ބުނަންހެއްޔެވެ. ގްރީން ޓީ ބުއިމުން ޒުވާންކަން ދަމަހައްޓައިދެއެވެ. އެހެންކަމުން ތިބޯ ފާޑު ފާޑުގެ ފިޒީ ޑްރިންކާއި، އެނާޖީ ޑްރިންކްތައް ދޫކޮށްލާފައި ގްރީންޓީ ބޯށެވެ. ތަފާތު ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް