18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ކިޑްނީ

މި އަލާމާތްތައް ފެންނަނަމަ ކިޑްނީ އެވަނީ ނުރައްކަލުގައި!

  • ކިޑްނީ ބަލި ބޮޑުވެއްޖެނަމަ، ނޭނގި ހުއްޓައި ކުއްލިއަކަށް ފުރާނައަށް ނުރައްކާވެދާނެ
  • ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ބަލިމީހާގެ ހާލަތު، އިތުރަށް ގޯސްވެގެން ދިއުން ކުޑަކުރެވޭ
އާމިނަތު ނުޒުހާ | nuzu8121

| 3 އޮކްޓޯބަރ 2017 | އަންގާރަ 22:28 | |

މަގުބޫލް

  1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  4. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  5. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  6. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


ކިޑްނީ އަކީ ކޮންމެ މީހަކަށް ވަރަށް މުހިއްމު ގުނަވަނެއް -- ގޫގުލް

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑުގެ ކޮންމެ ގުނަވަނެއްވެސް ވަރަށް މުހިއްމެވެ. އޭގެން އެއްވެސް ގުނަވަނެއްގެ މަސައްކަތް ހުއްޓިއްޖެނަމަވެސް އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ކޮންމެ ގުނަވަނެއްގެ މަސައްކަތްވެސް ތަފާތެވެ. އެގޮތުން ކިޑްނީ އަކީވެސް ހަށިގަނޑުގެ މަސައްކަތް ފުރިހަމަވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަ ގުނަވަނެކެވެ.

 

ބީންސްގެ ބަށްޓަމަށް އޮންނަ ކިޑްނީ އަކީ ހަށިގަނޑުގައި ލޭ ސާފުކޮށްދީ، އެތެރެ ހަށިގެ ތެތްކަން އެއްމިނެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ ވަރަށް މުހިއްމު ގުނަވަނެކެވެ.ކިޑްނީ އަކީ ކޮންމެ މީހަކަށް ވަރަށް މުހިއްމު ގުނަވަނެކެވެ. ކިޑްނީ ރަގަޅަށް މަސައްކަތް ނުކުރުމަކީ އަމިއްލަ ހަށިގަނޑު ނުރައްކަލަކަށް ހުށެޅިފައިވުން ކަމަށް ވެދާނެ އެވެ.

ކިޑްނީ ގެ މަސައްކަތްތައް:

 

ހަށިގަނޑުގައި ކުޑަކަމުނަޖިސް އުފައްދައިދިނުން ·

ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުން ·

ކަށިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުން ·

ލޭގެ ރަތް ސެލްތައް އުފެއްދުމަށް އެހީތެރިވެދިނުން ·

ހަށިގަނޑުގައި ހުންނަ މައުދަންތަކުގެ ނިސްބަތް އެއްހަމައެއްގައި ހިފަހައްޓައިދިނުން ·

ހަށިގަނޑުން ވިހަ މާއްދާތައް ސާފުކޮށް ބޭރުކޮށްދިނުން ·

ހަށިގަނޑުގައި ފެނާއި، ލޮނުގެ ނިސްބަތް އެއްހަމައެއްގައި ހިފަހައްޓައިދިނުން ·

ހަށިގަނޑުގައި އުފެދޭ ބޭކާރު ވިހަ މާއްދާތަކާއި، އިތުރުވެފައި ހުންނަ ފެން ހަށިގަނޑުން ބޭރުކޮށްދިނުން ·

ހަށިގަނޑުގައި ހުންނަ ކެމިކަލްތަކުގެ ނިސްބަތް އެއްހަމައެއްގައި ހިފަހައްޓައިދިނުން ·

ލޭގެ “އެސިޑް”ގެ ނިސްބަތް ކޮންޓްރޯލްކޮށްދިނުން ·

ލޭގެ ރަތް ސެލްތައް އުފެއްދުމަށާއި، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ބޭނުންވާ ހޯމޯންތައް އުފައްދައިދިނުން.

 

ކިޑްނީގެ ބައްޔޭ ބުނުމުން ވަރަށް ގިނަ ބަލިތަކެއް އޭގައި ހިމެނިދާނެ އެވެ. އެގޮތުން ކިޑްނީގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައެއް ބަލިތަކުގެ ތެރޭގައި ކިޑްނީ ދުޅަވުން، ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އުފެދުން، ކިޑްނީގައި ހިލައުފެދުން، އަދި ކިޑްނީ ފޭއިލްވުން ފަދަ ބަލިތައް ހިމެނެއެވެ. ދުވަސްވީ ކިޑްނީގެ ބައްޔަކީ 3 މަސް ދުވަހަށް ނުވަތަ އެއަށްވުރެ ދިގުމުއްދަތަކަށް ކިޑްނީގެ މަސައްކަތްކުރުން ދަށްވުން، ނުވަތަ ކިޑްނީއަށް ގެއްލުން ލިބިފައި ހުރުމެވެ. ވަކި މިންވަރަކަށްވުރެ ކިޑްނީގެ މަސައްކަތް ދަށަށް ދިއުމުން، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް ކިޑްނީ ނުކުޅެދެއެވެ.

ކިޑްނީ ނުރައްކަލުގެ ތެރޭގައި ވާކަމުގެ ނިޝާންތައް:

އާދަޔާ ޚިލާފަށް ފަލަވެ، ބަރުދަން އިތުރުވުން.

އުނަގަނޑު، އަރިކަށިން ތިރި، ނުވަތަ ދަށްބަނޑުގައި ނުފިލާ ތަދެއް ހުރުން.

ކުޑަކަމުދާއިރު ތަދުވުން، ކުޑަކަމު ނަޖިހަށް ބަދަލުއައިސްފައި ހުރުން، ނުވަތަ ނޭނގި ކުޑަކަމުދެވުން

ސަބަބު ބަޔާންކޮށްދޭން ނޭނގި ހުންއައުން ·

ފައިތިލަ، ތަނބިކަށި، ފައި ފޮއްސިވެ ދުޅަވުން ·

ހެދުނު ހޭލާއިރު ލޮލުގެ ބޮނޑި ދުޅަވެފައި ހުރުން ·

ދޭތެރެ ދޭތެރެއިން ހަށިގަނޑުން ފެންމަދުވުމުގެ މައްސަލަ ކުރިމަތިވުން

ވަރުބަލިވުން

ބޯ އަންބުރާ ހޮޑުލެވުން

އަނަގައިގައި ނުބައި ރަހަލުން

ލޭމަދުވުން

ވަކިކަމަކާއި ނުލައި ގައިގައި ފިތްނެގުން

އާއިލާގައި ކިޑްނީގެ ބަލި ޖެހިފައިވާ މީހަކު ހުރުން

 

ކިޑްނީގެ ބަލިތަކަކީ ނޭނގި ހުއްޓައި ކުއްލިއަކަށް ފުރާނައަށް ނުރައްކާވެ، ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރުވާ ބަލިތަކެކެވެ.ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ކުރެވިދާނެ މުހިއްމު ބައެއް ކަންތައް:

1 ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކަސްރަތުކޮށް ހެލިފެލިވެ(ހަރަކާތްތެރިވެ) އުޅޭށެވެ.

2 ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ބެހެއްޓޭތޯ ބަލާށެވެ.

3 ލޭގެ ޕްރެޝަރު ގަވާއިދުން ބަލަމުން ގެންދާށެވެ.

4 ފައިދާހުރި ކާނާ ބޭނުންކުރުމާއެކު، ބަރުދަން އެކަށޭނަ ވަރެއްގައި ހިފެހެއްޓޭތޯ ބަލާށެވެ.

5 ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ބޭނުންކުރުމަށް އިސްކަން ދޭށެވެ.

6 ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ.

7 އަބަދު އަމިއްލައަށް ބޭސް ނަގައިގެން ބޭނުން ނުކުރާށެވެ.

8 އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ހުރިނަމަ "ކިޑްނީގެ ބައްޔެއް ހުރިތޯ" ބެލުމަށް ޓެސްޓުކުރާށެވެ.

 

ދުވަސްވީ ކިޑްނީގެ ބައްޔަކީ އާންމު، ފުރާނައަށް ނުރައްކާވާ، ނަމަވެސް ފަރުވާކުރެވިދާނެ ބައްޔެކެވެ. މިއީ ބޭސްކޮށްގެން އެއްކޮށް ރަގަޅުކުރެވޭނެ ބައްޔެއް ނޫނެވެ. ނަމަވެސް ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ބަލިމީހާގެ ހާލަތު، އިތުރަށް ގޯސްވެގެން ދިއުން ކުޑަކުރެވިދާނެ އެވެ. ކިޑްނީ ބަލި އުފަންވެގެން އައުމަކީ އެމީހެއްގެ މުޅި ދިރިއުޅުން އެކަމުގައި ވޭތިކުރަންޖެހޭ، ކަމެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ބަލައިގެން އުޅެންޖެހޭ ކަމެކެވެ. ދުވަސްވީ ކިޑްނީގެ ބަލި ހުރުމަކީ އެކަމުގެ ސަބަބުން އެހެން ބަލިތަކަށް މަގުފަހިކުރުވައި، އެކަންކަން އިތުރަށް ގޯސްކުރުވައި، އަވަހަށް މަރުވުން، އަދި ނުކުޅެދުންތެރިކަން މެދުވެރިކޮށްފާނެ ކަމެކެވެ. އެހެންކަމުން ކިޑްނީގެ ނުރައްކަލުގެ ތެރެއަށް ދިއުމުގެ ކުރިން އިސްވެ ބަޔާންކުރެވުނު އަލާމާތްތަަކަށް ސަމާލުވުން ވަރަށް މުހިއްމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް