24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ކީރިތި ޤުރްއާން

ކީރިތި ޤުރްއާންވަނީ ޓެކްނޮލެޖީ އަށްވުރެ މާކުރީގައެވެ.

  • މި އުއްމަތުގެ ނަބިއްޔާ އަދި ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް ބާވައި ލެއްވުނު ޤުރުއާނަކީ ޞައްޙަ މުޢުޖިޒާތެއްކަން ދަލީލު ކުރެރެއެވެ.

| 29 ސެޕްޓެންބަރ 2017 | ހުކުރު 16:39 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ކީރިތި ޤުރްއާން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ފަހުގެ ހޯދުންތަކުން، الله سبحانه وتعالى ވޮޑިގެންވާ ކަމުގެ ސާބިތު ދަލީލިތަކާއި، ހެކިތައް ދަނީ ހާމަވަމުންނެވެ. الله سبحانه وتعالى އަށް އީމާންވުމަށް އިންސާނުންނަށް މަޖްބޫރުވާ ފަދަ ހެކިތަކާއި، ދަލީލުތައް ދަނީ ފެނި ސާބިތުވަމުންނެވެ. الله سبحانه وتعالى ގެ މަޚްލޫޤާތްތަކާއި މެދު ވިސްނައި، އެ މަޚްލޫޤާތްތަކުގައި އެކުލެވިފައިވާ ސިއްރު ހޯދުމަށް މަސައްކަތް ކުރާ ޢިލްމުވެރިން ނުވަތަ ސައިންސުވެރިން ޤަބޫލުކުރާ ގޮތުގައި މި ކާއިނާތުގައި، الله سبحانه وتعالى ލައްވާފައިވާ މަޚްލޫޤާތްތައް ވަނީ ވަރަށް ފުރިހަމަ އިންތިޒާމެއްގެ މަތިން، ރޭވިފައިވާ ވަރަށް ހަރުދަނާ ނިޒާމެއްގެ ދަށުގައެވެ. އެއްވެސް ތަޢައްޞުބެއް ނެތި ޢަދުލު އިންޞާފަށް ލޯބިކުރާ ކޮންމެ ޢިލްމުވެރިއަކު ވެސް މިގޮތް ޤަބޫލު ކުރަން ޖެހޭނެ ކަމުގައި ޢިލްމު ވެރިން ވިދާޅުވެފައިވެއެވެ. ސޫރަތުލް އަމްބިޔާގެ 16 ވަނަ އާޔަތުން 18 ވަނަ އާޔަތުގެ މާނާގައި ވަނީ: "ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ . ތިމަންރަސްކަލާނގެ ކުޅިވަރެއްގެ ބޭނުންކުރެއްވުމަށް އިރާދަކުރެއްވިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެކަން އެގޮތަށް ހިއްޕެވީމުހެވެ. ތިމަންރަސްކަލާނގެ (އެކަންތައް) ކުރައްވާނެ ނަމައެވެ. އަދި ކިއެއްތަ! باطل ގެ މައްޗަށް ތިމަންރަސްކަލާނގެ حق ފޮނުއްވަމެވެ. ދެން އެ حق، އެ باطل ހަލާކުކޮށްލަތެވެ. ފަހެ، އެހާރުން އެ باطل ނެތިހިނގައިދެތެވެ. އަދި (اللَّه އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުށްޓެވެ."

ފަހުގެ ހޯދުންތައް އިތުރުވެ އެ ހޯދުންތައް ތަރައްޤީ ވަމުން އަންނަ މިންވަރުން، މި ކާއިނާތުގައިވާ އެއްމެހައި މަޚްލޫޤާތްތައް ހައްދަވާފައި ވަނީ ވަރަށް ބޮޑު ޙިކުމަތެއް، އޭގައި އެކުލެވިގެން ކަމާއި ވަރަށް ރަނގަޅަށް ރޭވިގެންކަން ދަނީ ހާމަވަމުންނެވެ. އަދި އެއީ އިންސާނުން ފަދަ އެހެން ފަރާތެއްގެ ނުވަތަ ބައެއްގެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތަކުން އެކުލަވާ ލައިފައިވާ ނިޒާމެއް ނޫންކަން ސާބިތުވެގެން ދެއެވެ. އެއީ ހަމަކަށަވަރުން އިންސާނުން ފަދަ ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމާއި، ތަންތަން އެގޮތްގޮތަށް ކުރެވޭނެ ފަރާތަކީ އެހުރިހައި ކަމެއްގެ ޢިލްމު އެންމެ މޮޅަށް ލިބިފައިވާ ފަރާތެއް ކަމަށް އެ ޢިލްމުވެރިން ޤަބޫލުކުރެއެވެ.

އެކިއެކި ޢިލްމުތައް ހޯދަމުގައި ޢިލްމުވެރިން ނުވަތަ ސައިންސްވެރިން އެތައްސަތޭކަ ޤަރުނެއް ހޭދަ ކޮށްފައިވާ އިރު އެމީހުންނަށް ވަނީ މީގެ ސާދަސަތޭކަ އަހަރުގެ ކުރިން، الله سبحانه وتعالى ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ޢިލްމުތަކުގެ ތެރެއިން ބައެއް ޢިލްމުތައް އެއީ ޙަޤީޤީ ކަންތައްތަކެއް ކަން ހޯދިފައެވެ. އެކަންތައްތަކަށް ކޮންމެ ވެސް ވަރެއްގެ ޢަމަލީ ސިފައެއް ގެނެވިފައެވެ. މިހޯދުންތަކުގެ އަލީގައި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ކަންތައްތަކަކީ ޚުރާފާތާއި ވަހުމް ތަކެއް ނޫން ކަމަށާއި، އެއީ މުޅި އިންސާނިއްޔަތަށް ފައިދާއާއި ލާބަ އެކަންތަކުން ހުރި ކަންތައްތަކެއް ކަން އެ ހޯދުންތައް ހޯދުމަށް މަސައްކަތްކުރާ ޢިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިފަދަ ހޯދުންތައް އެމީހުންނަށް ހޯދޭނެ ކަމަށާއި الله سبحانه وتعالى އެމީހުންނަށް އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ކޮންމެ ދުވަހަކު ވެސް ދައްކަވާނެ ކަމަށް الله سبحانه وتعالى ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައި ވެއެވެ. الله سبحانه وتعالى ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ ވަޙީ ބަސްފުޅު މިހާރު ވަނީ އިންކާރު ކުރާ މީހުންނަށް ވެސް އެއީ ތެދު ޙަޤީގަތެއްކަން އެނގި ފާޅުވެފައެވެ. އަދި އެކަމަކީ ޙައްޤަށް ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ޝައްކެއްނެތެވެ! އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް މިހާރުދަނީ ދުވަހެއް ދުވަހަކަށް އިތުރުވެ އެނގެމުންނެވެ. އިންސާނުން މި ކާއިނާތުގެ ސިއްރު ހޯދުމަށް ކުރާ ކޮންމެ ކަމެއްގައި ވެސް އެމީހުނަށް އެތަކެއް ދަރުސްތަކަކާއި ޢިބްރަތްތަކެއް ލިބިގެންދެއެވެ. ފުއްޞިލަތު ސޫރަތުގެ 53 ވަނަ އާޔަތުގައި ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ: "އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟"

މިހެންކަމުން މީގެ 1400 އަހަރުގެ ކުރިން ކީރިތި ރަސޫލާ މުޙައްމަދުގެ ފާނުގެ މައްޗަށް ބާވައި ލެއްވުނު ޤުރްއާނަކީ އިންސާނަކު ތައްޔާރު ކުރި ނުވަތަ ބަޔަކު މީހުން ގެނައި އެއްޗެއް ނޫންކަމުގެ ދަލީލު މި ދަނީ ފެންނަމުންނެވެ. އަދި މިހާރުގެ ސައިންސުން ހޯދާ ހޯދުންތައް ޤުރްއާނުން ސާބިތު ވާން އެބަ ހުއްޓެވެ. ނުވަތަ ސާބިތުވެއެވެ. އަދި  މިހެން ވުމުން މިއީ އެ ޤުރްއާނަކީ ސައިންސުގެ ޓެކްނލޮޖީ އަށްވުރެ މާ ކުރީގައި ވާ ފޮތެއްކަން ސާބިތުވެއެވެ. އަދި މިކަމުން މި އުއްމަތުގެ ނަބިއްޔާ އަދި ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް ބާވައި ލެއްވުނު ޤުރުއާނަކީ ޞައްޙަ މުޢުޖިޒާތެއްކަން ދަލީލު ކުރެރެއެވެ.

 

އެޑިޓަރުގެ ނޯޓް: މިލިޔުން ލިޔުއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަހްމަދުﷲ ޖަމީލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް