24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިސްލާމްދީން

ހުކުރު ދުވަހުގެ މާތްކަން

  • އޭނާގެ ގެއިން ހިނގާފައި މިސްކިތަށް ދިއުމުގައި އަޅާ ކޮންމެ ފިޔަވަޅަކަށް އެއްއަހަރުގެ ރޯދައަށް ހުރުމުގެ ޘަވާބު ލިބޭ
އަބްދުލް ހަންނާން މުހައްމަދް | @A_HaNnAAn_M

| 29 ސެޕްޓެންބަރ 2017 | ހުކުރު 09:36 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ގިނަބަޔަކު ހުކުރު ޖަމާއަތުގައި ބައިވެރިވެގެން. -- ގޫގުލް

 

1. أوس بن أوس رضي الله عنه ވިދާޅުވެފައި ވެއެވެ. ތިމަންނަ ރަސޫލާ صلى الله عليه و سلم ޙަދީޘްފުޅު ކުރައްވަނިކޮށް އަޑުއެއްސެވީމެވެ. “ހުކުރު ދުވަހުގައި މީހަކު ހިނައިގަނެ، އެ ހިނައިގަތުން ފުރިހަމަ ހިނެއިގަތުމެއްގައި ހަދައި، އެދުވަހުގައި ވީހާވެސް ކުރިން މިސްކިތައް ގޮސް، އަދި އޭނާ އެދުވަހުގައި ހުކުރުނަމާދަށް ދިޔައީ ހިނގާފަ، އެއްވެސް ސަވާރީއަކަށް ނާރައެވެ. އަދި މިސްކިތުގައި އިމާމާއި ވީހާވެސް ކައިރިއަށް ޖެހި އެގޮތުގައި ޤާއިމްވެ އިދެ، އިމާމްގެ ޚުޠުބާއަށް އަޑުއެހުމުގައި ދެމިހުރެ އިތުރު އެއްވެސް ބޭކާރު ކަމެއް ނުކުރެއެވެ. އޭނާއަށް ޘަވާބުގެ ގޮތުގައި އެ ނަމާދަށް ދިއުމަށްޓަކައި އެޅި ކޮންމެ ފިޔަވަޅަކަށް އެއް އަހަރުގެ ޘަވާބުވެއެވެ. އެއީ ކޮންމެ ފިޔަވަޅަކަށް އެއްއަހަރުގެ ރޯދައާއި އެއްއަހަރުގެ ނަމާދު ޤާއިމްކުރުމުގެ އަޖުރެވެ.”

2. أبو هريرة رضي الله عنه ވިދާޅުވެފައި ވެއެވެ. ނަބިއްޔާ صلى الله عليه و سلم ޙަދީޘްފުޅު ކުރެއްވިއެވެ. “ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުކޮޅު ތަކުގައި ދެމިތިއްބަވައެވެ. މިސްކިތައް ވަންނަ މީސްތަކުން އެންމެ ފުރަތަމަ އަދި އެއަށް ފަހު ވަންނަ މީހުން އެތަރުތީބުން ލިޔުއްވައެވެ. އެންމެ ފުރަތަމަ ވަޤުތުގައި މިސްކިތައް ވަންނަ މީހުންނަށް ޖަމަލެއް ހަދިޔާ ކުރުމުގެ ޘަވާބު ލިބިދެއެވެ. ދެވަނަ ވަޤުތުގައި މިސްކިތައް ވަންނަ މީހުންނަށް ގެރިއެއް ހަދިޔާ ކުރުމުގެ ޘަވާބު ލިބިދެއެވެ. އެއަށްފަހު ތިންވަނަ ވަޤުތުގައި ކަންބަޅިއެވެ. އެއަށްފަހު ކުކުޅެކެވެ. އެއަށްފަހު ކުކުޅުބިހެއް ހަދިޔާކުރުމުގެ ޘަވާބެއެވެ. އިމާމް ޚުޠުބާ ދިނުމަށް ނުކުތުމުން މަލާއިކަތުން ލިޔުއްވާ ފޮތްތަށް ބަންދު ކޮށްލެއްވުމަށް ފަހު ޒިކުރު އަޑުއެއްސެވުމަށް އިށީންނަވައެވެ.”

3. سلمان الفارسي رضي الله عنه ވިދާޅުވެފައިވެއެވެ. ރަސޫލުއް ﷲ صلى الله عليه و سلم ޙަދީޘްފުޅު ކުރެއްވިއެވެ. “ހުކުރު ދުވަހުގައި ހިނައިގަނެ، އޭނާއަށް ކުޅަދާނަވީ މިންވަރަކަށް ހަށިގަނޑު ޠާހިރުކޮށް ހިނައިގަތުމަށްފަހުގައި ހަށިގަނޑުގައި ހުވަނދުލައި މިސްކިތައް ދިއައެވެ. މިސްކިތަށް ދިއުމަށްފަހު ދެމީހެއް ވަކިކޮށް އޭނާ ނަހަދައެވެ. އަދި މިސްކިތުގައި ސުންނަތް ނަމާދު ވެވުނު މިންވަރަކަށް ކުރުމަށްފަހުގައި، އިމާމް ޚުޠުބާ ދިނުމަށް ނުކުތުމުން ކަނުލައި އަޑުއެހުމުގައި ދެމިހުންނެވިއެވެ. މިމީހާއަށް ލިބިދޭ އަޖުރަކީ ހުކުރުން ފަށައިގެން އަންނަންއޮތް ހުކުރު ދުވަހުގެ ދެމެދުގައި ކުރެވޭ ފާފަތައް އެކަލާނގެ ފުއްސަވާނެތެވެ.”

4. أبو هريرة رضي الله عنه ވިދާޅުވެފައިވެއެވެ. ރަސޫލާ صلى الله عليه و سلم ޙަދީޘްފުޅު ކުރެއްވިއެވެ. “ހުކުރު ދުވަހުގައި މިސްކިތުގައި އިމާމް ޚުޠުބާ ދެނިކޮށް ތިބާ، ތިބާގެ އަޚާއަށް “ކަލޭ ހިމޭނުން އިންނާށޭ” ބުނިކަމުގައި ވިޔަސް ފަހެ، އެހިނދު ތިބާ ހުއްދަވެގެންނުވާ ކަމެއް ކޮށްފިއެވެ.”އެހެން ރިވާޔަތެއްގައި ވެއެވެ. “ހުއްދަވެގެން ނުވާ ކަމެއް ކޮށްފި މީހާއަށް ހުކުރުނަމާދެއް ނުވެއެވެ.”މި އެއްމެހައި ޙަދީޘްފުޅުތަކުން ފައިދާތަކެއް ލިބިދެއެވެ. ހުކުރު ނަމާދު ޤާއިމްކުރުމަށް ހުރި ޝަރުޠުތަކާއި، އަދަބު ތަކާއި، ސުންނަތްތަކުގައި ޤާއިމްވެ، އެގޮތުގައި ނަމާދުކުރި މީހާއަށް މަތިވެރިވެގެންވާ ޘަވާބާއި ދަރުމަ ލިބިދެއެވެ.

ފުރަތަމައީ : އޭނާގެ ގެއިން ހިނގާފައި މިސްކިތައް ދިއުމުގައި އަޅާ ކޮންމެ ފިޔަވަޅަކަށް އެއްއަހަރުގެ ރޯދައަށް ހުރުމުގެ ޘަވާބާއި، އެއްއަހަރުގެ ނަމާދު ޤާއިމް ކުރުމަށް ހުންނަ މީހެއްގެ ޘަވާބު އޭގެ ފުރިހަމަ ގޮތުގައި ލިބިދެއެވެ.

ދެވަނައީ : ޖަމަލެއް ﷲ އަށް ކުށްތަން ކުރާ މީހެއްގެ ޘަވާބު ލިބުމެވެ. އަދި ބަކަރިއެއް ﷲ އަށް ކުށްތަން ކުރާ މީހެއްގެ ޘަވާބު ލިބިދެއެވެ. ބައެއް ރިވާޔަތްތަކުގައި ދަޅުފަޅާފައިވާ ބަކަރިއެއްގެ ސިފައިގައި ޒިކުރުވެގެން ވެއެވެ. ފަހެ، އެއީ އިތުރު ފުރިހަމަ ކަމެކެވެ. އަދި ދަޅުފަޅައިފައި ވުމަކީ ބަކަރީގެ ބުރަޞޫރަ އިތުރަށް ފުރިހަމަ ވެގެން ދިއުމެކެވެ. އެއަށްފަހު ކުކުޅެއް ﷲ އަށް ކުށްތަން ކުރުމުގެ ޘަވާބެއެވެ. ނުވަތަ ކުކުޅު ބިހެކެވެ. މި ޘަވާބު ލިބިގެންދަނީ އެމީހަކު ނަމާދަށް އަންނަ ވަޤުތައް ނިސްބަތްވެގެންނެވެ.

ތިންވަނައީ : އެމީހެއްގެ ފާފަ ފޮހެވިގެން ދިއުމެވެ. އެއީ ހުކުރު ދުވަހުން ފަ%D

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް