26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ސައުދީ އަންހެނުންގެ ހައްގުތައް

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

  • ސައުދީގައި އަންހެންގެ ބޭނުންތަކަށް 8 ލައްކައެއްހާ ޑްރައިވަރުން ވަޒީފާ އަދާކުރޭ
  • ސައުދީގައި އަންހެނުންނަށް އުޅަނދު ބޭނުންކުރުމުގެ ހުއްދަ ދޭން އުޅެނީ މުޅިން އަލަށް
ލީވާން އަލީ | MrLeevaan

| 27 ސެޕްޓެންބަރ 2017 | ބުދަ 01:40 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
  6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ސައުދީ އަންހެނެއް ކާރެއް ތެރޭގައި ފޮޓޯއަށް ހުއްޓިގެން -- ޓްވިޓަރ

ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ ސައުދީގައި އަންހެނުންނަށް އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އެ ގައުމުގެ މިނިސްޓްރީތަކުން ކުރިޔަށް އޮތް 30 ދުވަސްތެރޭގައި ރިޕޯޓެއް ހަދާނެ ކަމަށާއި، އަންނަ އަހަރުގެ ޖުލައި މަހު ލައިސަންސާ އެކު އުޅަނދު ދުއްވުމުގެ ހުއްދަ އަންހެންނުންނަށް ދެވޭވަރުވާނެ ކަމަށެވެ.

ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ސައުދީގައި އަންހެނުންނަށް އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމަށް އަޑުއުފުލަމުން އަންނަތާ އަހަރުތަކެއްވެފައިވާއިރު، އެ ހުއްދަ ނުދެނީސް ދުއްވި ބައެއް އަންހެނުން ވަނީ ސައުދީގައި ބަންދުވެސްކޮށްފައެވެ.

ސައުދީގެ ނިންމުމަށް އެމެރިކާ އިން ވަނީ މަރުހަބާ ކިޔާފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ އަންހެނުންނަށް އުޅަނދު ދުއްވުމުގެ ހުއްދަ ސައުދީން ދިނުމަކީ ރަނގަޅު މިސްރާބަށް ދިޔުމަށް އެޅުނު ފިޔަވަޅެއްކަމަށެވެ.

ސައުދީގައި އަންހެންނުންނަށް އުޅަނދު ދުއްވުމުގެ ހައްދަ ނޯންނައިރު، ބައެއް އާއިލާތަކަށް ވަނީ ދަތުރުފަތުރުކުރުމަށް ފިރިހެން ޑްރައިވަރުން ހަމަޖައްސަން މަޖުބޫރުވެފައެވެ. ސައުދީގެ ވެބްސައިޓެއްކަމަށްވާ އަލް އަރަބިއްޔާ އިން ބުނީ ސައުދީގައި އަންހެންގެ ބޭނުންތަކަށް 8 ލައްކައެއްހާ ޑްރައިވަރުން ވަޒީފާ އަދާކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް