18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބީޓާ ކެރޮޓީން

ބީޓާ ކެރޮޓީން- ހަށިގަނޑަށް ކިހާ މުހިއްމުތަ؟

  • ބީޓާ ކެރޮޓީން ރީނދޫ  ތަރުކާރީގައި ހިމެނޭލެން ގިނަވާނެ
  • ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވިޓަމިން އޭ އަކީ ވަރަށް ބޭނުންތެރި މާއްދާއެއް
އާމިނަތު ނުޒުހާ | nuzu8121

| 25 ސެޕްޓެންބަރ 2017 | ހޯމަ 03:50 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ރީނދޫ  ތަރުކާރީގައި ބީޓާ ކެރޮޓީން ހިމެނޭލެން ގިނަ -- ގޫގުލް

ވިޓަމިން އޭ ހަށިގަނޑަށް ލިބެނީ މައިގަނޑު ދެގޮތަކުންނެވެ. އެއީ ހައިވާނުންގެ ރެޓިނޮލްގެ ގޮތުގައި ލިބޭ ބަޔާއި، ތަރުކާރީ އާއި މޭވާއިން ކެރޮޓީންގެ ގޮތުގައި ލިބިދޭ ބައެކެވެ. ރީނދޫ  ތަރުކާރީގައި މިބައި ހިމެނޭލެން ގިނަވާނެއެވެ. ވިޓަމިން އޭ ބޭނުންވަނީ ހަށިގަނޑު ބިނާކުރުމުގައްޔާއި، ހަށިގަނޑުގެ އެތަންމިތާގައިވާ ސެލްތައް ތާޒާކަންމަތީ ދެމެހެއްޓުމަށެވެ. ވިޓަމިން އޭ އަކީ ބަލިތަކުން ދިފާޢުވުމަށް ވަރަށް މުހިއްމު މާއްދާ އެކެވެ. ވިޓަމިން އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާާޢުކުރުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓް އެކެވެ.

 

ލޮލާއި ހަންގަނޑު، ކަށިތައް، ނޭވާލާ ނިޒާމް، ހަޖަމުކުރާ ނިޒާމް ގެ ބައިތަކަށް މިވިޓަމިން ކޮންމެހެން ބޭނުންވެއެވެ. ވިޓަމިން އޭ މަދުވުމުން ލޮލުގެ ފެނުމަށް މައްސަލަ ޖެހި، އަދި ބައެއް ޙާލަތްތަކުގައި އަނދިރިވެ، އަދި ބައެއް ފަހަރު ކަނުވުން ވެސް ކުރިމަތިވެއެވެ. ވިޓަމިން އޭ މިނެހަދަނީ ރެޓިނޯލް އިކުއިވަލަންޓް ނުވަތަ (އާރުއީ) އިންނެވެ. މިގޮތުން 1 ރެޓިނޯލް އިކުއިވަލަންޓް އަކީ 1 މައިކްރޯގްރާމް ރެޓިނޯލް ނުވަތަ 6 މައިކްރޯގްރާމް ބީޓާކެރޮޓީން އެވެ. ހަމައެހެންމެ ވިޓަމިން އޭ މިނަން އިންޓަނޭޝަނަލް ޔުނިޓް މިހާރު ބޭނުންކޮށް އުޅެއެވެ. 1 ރެޓިނޯލް އީކުއިވަލަންޓް އަކީ 3.33 އިންޓަނޭޝަނަލް ޔުނިޓް އެވެ.

 

މާބަނޑު ދުވަސްވަރު ވިޓަމިންއޭ އެކުލެވޭ މޭވާއާއި ތަރުކާރީ ބޭނުންކުރުމުން ކުޑަ ދަރިފުޅު ހެދިބޮޑުވުމުގައި އެހީވެދޭ އެއްޗެކެވެ. ވިޓަމިން އޭ ހަށިގަނޑުގައި މަދުވެއްޖެކަން އެނގޭ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ ފެނުން ކޮށިވުން، މޭގެ ބަލިތައް ޖެހުން، އަދި ހަމުގެ ބަލިތައް ޖެހުން ހިމެނެއެވެ.

ވިޓަމިން އޭ އަކީ އިންސާނުންނަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން އޭ ގެ ތަފާތު ވައްތަރު ތައް ހުރެއެވެ. ވިޓަމިން އޭ ގެ ވައްތަރު ތަކުގެ ތެރޭގައި ރެޓްނޯލް، ރެޓްނަލް އަދި ރެޓްނޮއިޑް އެސިޑް އަދި ކެރަޓީން ހިމެނެއެވެ. ވިޓަމިން އޭ ހުރިހާ ވައްތަރެއްގެ އޮނިގަނޑުގައިވެސް ބީޓާ އަޔޮނިން ރިންގ އެއް ވެއެވެ.

 

ރެޓިނޯލް އަކީ ސަރުބީއަށް ގިރޭ ރީދޫ ކުލައަށް ހުންނަ އެންޓި އޮކްސިޑެންޓް އެކެވެ. މިއީ ފެނުމާއި، ކަށިތައް އުފެދުމަށް މުހިއްމު ވިޓަމިނެކެވެ.


ވިޓަމިން އޭ ލިބިދޭ ފައިދާ

ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވިޓަމިން އޭ އަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ.

ހަންގަޑުން ސަލާމަތުން ބެހެއްޓުމަށާއި، ލޮލުގެ ފެނުން ރަގަޅުކުރުމަށާއި، ކަށިތައް އުފެދުމަށް ވިޓަމިން އޭ ބޭނުންވެއެވެ.

 

ވިޓަމިން އޭ ހިމެނޭ ކާނާގެ ބާވަތްތައް

ވިޓަމިން އޭ އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ކެރެޓާއި، ފަތާއި، ކައްޓަލަ،ބިސް،ފޯރޓިފައިޑް ކިރު،ސްޕިނެޗް، އަދި ބްރޮކޮލީ ހިމެނެއެވެ. ހަމަމިހެން މާބަނޑުވުމުން ނަގާ ޕްރިނޭޓަލް ވިޓަމިންގައިވެސް ވިޓަމިން އޭ އެކުލެވިގެންވެއެވެ. މާބަނޑު ދުވަސްވަރު 800މައިކްރޯގްރާމްގެ ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވެއެވެ.

 

ވިޓަމިން އޭ މަދުވުން

ވިޓަމިން އޭ މަދުވުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ރޭގަނޑު ރޯނާވުން، ލޯ މާބޮޑަށް ހިކުން، ލޮލުގެ ކުރިމަތީގައި ތިކިތަކެއް އުޅޭހެން ހީވުން، އަދިރިވުން، ދިފާޢީ ބާރު ދަށްވުން، މާބޮޑަށް ހަންގަނޑުން ތޮށި ފޮޅުން، އަދި ލޮލުގެ ކޯނިއާ މަޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

 

ވިޓަމިން އޭ ގިނަވުން

މާގިނައިން ވިޓަމިން އޭ ހަށިގަނޑަށް ގިނަވުމަކީވެސް ގެއްލުން ހުރިކަމެކެވެ. ވިޓަމިން އޭ އޯވަޑޯޒްވުން ނުވަތަ ވިޓަމިން އޭ ވިހަވުން ކުރިމަތި ވެދާނެއެވެ. ވިޓަމިން އޭ އޯވަޑޯޒް ވެއްޖެނަމަ މޭނުބައިކުރުން، ހޮނޑުލެވުން، ކާހިތްނުވުން، ރީނދޫވުން، ބޮލުގައި ރިހުން، މަސްތަކުގައި ރިހުން، ވަރުދެރަވުން، ބަނޑުގައި ރިހުން، ތާއްޔަށް ޖެހުން، އަދި ވިސްނުން ކޮށިވުން ފަދަ ކަންތައްތައް ކުރިމަތިވެއެެވެ.

 

ދިގުމުއްދަތަކަށް ވިޓަމިން އޭ އޯވަޑޯޒް ވެއްޖެނަމަ ހުންއައުން، ބައިގެން ދިއުން، ފުރަމޭ ހަލާކުވުން، އިސްތަށި ފޭބުން، ނިދިނައުން، ވަރުބަލިވުން، ބަރުދަން ލުއިވުން، ބޭރަށް ހިންގުން، ލޭމަދުވުން ފަދަ ކަންތައްތަކާއި ދިމާވެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް