17 އޮކްޓޯބަރ 2017 | އަންގާރަ | 14 ހިތަ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

  • ކަރަންޓް ދިޔައީ 5:00 އިރު
  • މުޅި މާލެއަށް އަލުން ކަރަންޓް ދިނީ ދެ ގަޑިއިރު ފަހުން
  • ކަރަންޓް ދިޔަ އަސްލު ސަބަބު ދެނެ ގަތުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުން

| | |



މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފައި -- ފޮޓޯ:ހުސައިން ފިޔާޒު މޫސާ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ. ކަރަންޓް ދިޔައީ ހުކުރު ދުވަހު ހަވީރު ފަހެއް ޖަހާކަންހާއިރު އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަލީ މުޖުތަބާ ވިދާޅުވި ގޮތުގައި ކަރަންޓް ދިޔައީ ޕަވަ ޖަނަރޭޝަން އޭރިއާގެ މައްސަލައަކުންނެވެ.

"ކަރަންޓް ނެޓްވޯކްގެ މައްސަލައެއް ނެތް. ކަރަންޓް ޖަނަރޭޝަން އޭރިއާގެ މައްސަލައެއް ކަމަށް ބެލެވެނީ. ނަމަވެސް އަސްލު ސަބަބެއް އަދި ބުނެވޭ ވަރެއް ނުވޭ،" މުޖުތަބާ ވިދާޅުވި އެވެ.

ހުޅުމާލޭ ފެރީ ޓާމިނަލްގެ ކަރަންޓް ކެނޑިފައި

މާލޭގެ ތިން ބައިކުޅަ ދެބައަށް ވުރެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިޔައިރު، ބައެއް ސަރަހައްދު ތަކަށް ވަރަށް އަވަހަށް ކަރަންޓް ދިނެވެ. ނަމަވެސް މައްސަލަ ހައްލުކޮށް މުޅި މާލެ އަށް ކަރަންޓް އަލުން ދޫކޮށް ނިމުނީ 7:10 ހާއިރު އެވެ.

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިއުމާ ގުޅިގެން ގެތަކުން ގިނަ ބަޔަކު މަގުމައްޗަށް ފައިބަން ޖެހުނެވެ. އަދި ވިޔަފާރިތަކާއި އޭޓީއެމްތަކުގެ ހިދުމަތާއި އެހެން ބައެއް ހިދުމަތްތަކަށް ވެސް ބުރޫ އެރި އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ