21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

ވިޓަމިން ބީ9

ވިޓަމިން ބީ9 މަދުވުމުން ހަށިގަނޑަށް ވަރަށް ގެއްލުން!

  • ވިޓަމިން ހަށިގަނޑުން މަދުވެއްޖެނަމަ ލޭމަދުވުމުގެ މައްސަލައާއި، ބޮލުން އިސްތަށި ފޭބުންފަދަ ކަންތައްތަކާއި ކުރިމަތިވޭ
  • މާބަނޑު އަންހެނުންނަށް ވިޓަމިން ބީ9 ނުވަތަ ފޯލިކް އެސިޑަކީ ވަރަށް މުހިއްމު އެއްޗެެއް
އާމިނަތު ނުޒުހާ | nuzu8121

| 21 ސެޕްޓެންބަރ 2017 | ބުރާސްފަތި 10:55 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ވިޓަމިން ބީ9 ހޯދުމަށް ފެހިމޭވާއާއި ތަރުކާރީ ވަރަށް މުހިއްމު -- ގޫގުލް

ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެހެން ނަމަވެސް ވިޓަމިން ބީ9 ނުވަތަ ފޯލިކް އެސިޑްއަކީ، ހަށިގަނޑަށް ވަރަށް މުހިއްމު ވިޓަމިންގެ ބާވަތެކެވެ.

 

މިބާވަތުގެ ވިޓަމިން ހަށިގަނޑުން މަދުވެއްޖެނަމަ ލޭމަދުވުމުގެ މައްސަލައާއި، ބޮލުން އިސްތަށި ފޭބުންފަދަ ކަންތައްތަކާއި ކުރިމަތިވެއެވެ.

 

ޚާއްސަގޮތެއްގައި މާބަނޑު އަންހެނުންނަށް ވިޓަމިން ބީ9 ނުވަތަ ފޯލިކް އެސިޑަކީ ވަރަށް މުހިއްމު އެއްޗެެކެވެ. މާބަނަޑު ދުވަސްވަރު ހަށިގަނޑުން މަދުވާ އަޔަން ނުވަތަ ދަގަނޑުގެ ބައި އިތުރު ކުރުމަށް ފޯލިކް އެސިޑް ގަވާއިދުން ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ސަބަބަކީ ތުއްތު ދަރިފުޅަށް ބޭނުންވާވަރަށް ވިޓަމިންބީ9 އަދި އަޔަން މައިމީހާގެ ހަށިގަނޑުގައި އުފެއްދުމަށެވެ. މައިމީހާގެ ހަށިގަނޑުން މި ވިޓަމިން މަދުވެއްޖެނަމަ ދަރިފުޅުގެ ސިކުނޑިއާއި، މައިބަދަ އަދި ނާރުގެ ބައެއް ކަހަލަ މައްސަލަތަކާއި ކުރިމަތިވެދާނެއެވެ. މި ސަބަބަށްޓަކައި، މާބަނޑުވީއްސުރެ ވިހެއުމާއި ހަމައަށް ފޯލިކް އެސިޑް ބޭނުންކުރަންޖެހެއެވެ.

 

 

ވިޓަމިން ބީ9 ގެ ފުޑް ސަޕްލިމެންޓް ބޭހުގެ ގޮތުގައި ތައްޔާރުކޮށްފައި ހުންނަނަމަވެސް، މާބަނޑު މީހުން ނޫން މީހުން އެންމެ ބުއްދިވެރިގޮތަކީ ގުދުރަތީ ކާނާގެ ޒަރިއްޔާއިން މި ވިޓަމިންގެ ބާވަތް ހޯދައިގަތުމެވެ.

 

ފެހި ފަތުގެ ބާވަތްތައް

ފެހިފަތް، ސްޕިނާޗް، މަސްޓަރޑް ފަތް، ލެޓިއުސް އަދި މައްސާގު ފަތް ފަދަ ފަތަކީ، އޭގައި މަތީ މިންވަރަކަށް ވިޓަމިން ބީ-9 މަތީ ވަރަކަށް އެކުލެވިގެންވާ ބާވަތްތަކެވެ.

 

ބްރޮކޮލީ

ބްރޮކޮލީއަކީ، ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުމާއި އެކު އޭގައި ވަރަށް މަތީ މިންވަރަކަށް ވިޓަމިން ސީ އެކުލެވިގެންވާ ބާވަތެކެވެ. އަދި ކަށިތަށް ވަރުގަދަކޮށްދިނުމަށް ބޭނުންވާ ވިޓަމިންކޭ އަދި ފޯލިކް އެސިޑް ވެސް މި ތަރުކާރީގެ ބާވަތެކެވެ. ހަށިގަނޑުގެ ސެލްތައް ތާޒާކޮށްދީ، ދަރިމައިވުމުގެ ސިއްހަތު ދުޅަހެއުކޮށްދެއެެވެ. އަދި ކެންސަރު ޖެހުމުން ދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ.

 

ދޮންކެއު

ދޮންކޭލަކީ ވަރަށް ގިނަ ސިއްހީ ފައިދާތައް އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މުހިއްމު ބައިތަށް އެކުލެވޭ މޭވާއެކެވެ. ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިންތަކާއި މިނެރަލްތަކުން ވަނީ ބަރާވެފައެވެ. އެގޮތުން ޕޮޓޭސިއަމް، ކެލްސިއަމް، މެގްނީސް ނުވަތަ މެގްނީޒިއަމް، އަޔަން، ފޯލިކް އެސިޑް އަދި ވިޓަމިން ބީ 6 ދޮންކޭލުގައި މަތީ މިންވަރަކަށް އެކުލެވެއެވެ.

 

އޮރެންޖް

އޮރެންޖަކީ، އޭގައި މަތީ މިންވަރަކަށް ފޯލިކް އެކުލެވޭ މޭވާއެކެވެ. ހިތަށް ލޭ ފޮނުވައިދޭ ނާރުތަކުގެ ދުޅަހެއުކަން އިތުުރުކޮށްދީ، ލޭ މައްޗަށް ދިއުމުން ދުރުކޮށްދެއެވެ.

 

މަހުގެ ބާވަތްތައް

ތަރުކާރީގެ ބާވަތްތައް ބޭނުން ނުކުރާ ފަރާތްތަކަށް މަހުމެއާއި، ކިޑްނީ ފަދަ ބާވަތްތަކަކަކީ، އޭގައި ވަރަށް މަތީ މިންވަރަކަށް ދަގަނޑުގެ ބާވަތްތައް އެކުލެވޭ ބާވަތްތަކެވެ.

 

މި ބުނެވިދިޔަ ބާވަތްތައް ކޮންމެ ދުވަހަކަުވެސް ކެއުމުގައި ހިމެނޭތޯ ބަލާށެވެ. އެދުވަހަކަށް ބޭނުންވާ ވިޓަމިން ބީ9 ނުވަތަ ފޯލިކް އެސިޑްގެ ބައި ހުންނާނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް