22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!

  • 50 އަރޓިސްޓުންގެ މަސައްކަތް ވަނީ ދައްކާލާފަ
  • މި އެގްޒިބިޝަންގެ ތެރެއިން އަރޓިސްޓުންގެ މަސައްކަތް ގަތުމުގެ ފުރުސަތުވަނީ ހުޅުވާލާފަ

| | | FathimathShana | |



އަންވެއިލިން ވިޝަން -- ފޮޓޯ:ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ފަންނީމީހުން ކުރަމުންދާ މަސައްކަތްތައް ބަލައިގަތުމުގައި އިހްމާލުވެފައިވާ ކަަމަށާއި އަރޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް މިހާރަށް ވުރެ ފުޅާކޮށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ޖެނެރަލް ސެކްރެޓަރީ ހުސަިއން އިހްފާލު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ކުރިއަށްގެންދާ "އަންވެއިލިން ވިޝަން" ދަނީ އާޓް ގެެލެރީގައި ކުރިއަށެވެ. މި އަރޓް އެގްޒިބިޝަން ކުރިއަށް ދަނީ ސެޕްޓެމްބަރު 9 އަކުން ސެޕްޓެމްބަރު 14 އަށެވެ.

އިހްފާލު ވިދާޅުވީ، މި އެގްޒިބިޝަން ބޭއްވުމަށްޓަކައި އެންމެ އެކަށީގެންވާ ތަރުހީބެއް ޔޫތްމިނިސްޓްރީން ލިބިފައިނުވާ ކަމަށާއި އެގްޒިބިޝަން ބޭއްވުމަށް އެއްމަސް ވަރު ފަސްކުރަން ޖެހުނީވެސް އަރޓް ގެލެރީ ނުލިބުމުން ކަމަށެވެ. ނޭޝަނަލް އަރޓް ގެލެރީ ކިޔާ އިރު އެގެލެރީގައި އަރޓިސްޓުންގެ މަސައްކަތްތައް ދައްކާލުމަށް އެންމެ އެކަށީގެންވާ ފުރުސަތުތައް ފަހިވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އަރޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް މިހާރަށް ވުރެ ބޮޑަށް ކަމާގުޅޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަރޓް އެގްޒިބިޝަންއެއް ބާއްވާއިރު މިތަނަށް ކޮންމެ ދުވަހަކަށް 3000ރ. ދައްކަންޖެހޭ. އަދި މިތަންދޭ އިރު އޮންނަނީވެސް މަސައްކަތްތައް ދައްކާލެވޭ ގޮތަކަށް ނޫން. އަމިއްލައަށް ކުލަލާ ކަންކަން ކުރަން މިޖެހެނީ. ލައިޓްތަކެއް ހަމައަކަށް ނުހުރޭ. މިއީ އަރޓިސްޓުން ވަރަށް ކަންބޮޑުވާ ކަންކަން." އިހްފާލު ހާމަކުރިއެވެ.

މީގެ އިތުރުން ބައެއް އަރޓިސްޓުންވަނީ އެމީހުންގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. މިފަދަ މަދު އެގްޒިބިޝަންގެ ތެެރެއިން އަރޓިސްޓުންނަށް މިހާރަށްވުރެ ފުރިހަމައަށް ފުރުސަތުތައް ހޯދަދޭންޖެހޭ ކަމަށް އެފަރާތްތަކުން ބުނެ އެވެ. ރާއްޖޭގައި މިފަދަ މަސައްކަތް ކުރެވޭ ކުޅަދާނަ އަރޓިސްޓުން އެބަތިބި ކަމަށާއި ސަރުކާރުން ފަންނީ މީހުން ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެފަދަ ފަރާތްތަކުން ފާހަގަކުރި އެވެ.

އަންވެއިލިން ވިޝަންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ޒުވާން އަރޓިސްޓެއް ހޮވުމަށް މޯލްޑިވިއަން އަރޓިސްޓް ކޮމިއުނިޓީން ވަނީ ނިންމާފަ އެވެ. ގާތްގަނޑަކަށް 50 އަރޓިސްޓުންގެ  އަރޓް މަސައްކަތްތައް ދައްކާލާފައިވާ އިރު މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު މި އެގްޒިބިޝަނއަށް ލިބެމުންދާ  ކަމަށް މޯލްޑިވިއަން އަރޓިސްޓް ކޮމިއުނިޓީން ބުނެ އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ