23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 10

ފްލެޓަށް އިއުލާނުކުރި ލިސްޓަކީ ދެފުށް ފެންނަ ލިސްޓަކަށް ހަދަން ޖެހޭ!

  • 661 މީހުންގެ ނަން ވަނީ އިއުލާނުކޮށްފަ
  • ލިސްޓާ ގުޅިގެން މާލޭގެ ގިނަ ރައްޔިތުން ދަނީ ޝަކުވާ ހުށަހަޅަމުން
  • މީހުންގެ މައުލޫމާތުތަކުގެ ތަފްސީލުތައް އެނގެންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 13 ސެޕްޓެންބަރ 2017 | ބުދަ 17:02 | |މާލޭ ސިޓީ ކައުންސިލްގެ ޕްރެސް ކޮންފްރެންސް -- ރާއްޖެއެމްވީ ފޮޓޯ : ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން އިއުލާނު ކޮށްފައިވާ ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ހިމަނާ އިއުލާނު ކުރި ލިސްޓަކީ ދެފުށް ފެންނަ ލިސްޓަކަށް ހެދުމަށްޓަކައި ލިބުނު ޕޮއިންޓްތަކުގެ ތަފްސީލުތައް ހާމަކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިފާ ވިދާޅުވީ، ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައިވާ ލިސްޓާ ގުޅިގެން މާލޭގެ ގިނަ ރައްޔިތުންތަކެއް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން ލިސްޓުގައި ޕޮއިންޓް ލިބުނު ވަރު ނެތުމާއި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ނެތުމަކީ،  ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މައްސަލައަކީ ވަކި ބައަކަށް ފްލެޓް ދިނުން ނޫން ކަމަށާއި އެހެން ނަމަވެސް ފްލެޓަށް ކުރިމަތިލި ފަރާތްތަކާއި ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގުތައް އެންމެ ފުރިހަމައަށް ހޯދައިދިނުމަށްޓަކާއި ޕޮއިންޓްގެ މައުލޫމާތުތައް ހާމަކުރަންޖެހޭ ކަަމށް އޭނާ ވިދާޅުވި އެވެ.

މޭޔަރ ސިފާ ވިދާޅުވީ، ބައެއް ފަރާތްތަކުން މިކަމަކީ މެޑަމް ފާތިމަތު އިބްރާހިމްގެ ނުފޫޒު އޮތް ކަމެއް ކަމަށް ބުނަމުންދާ ކަމަށެވެ. އަދި މިފަދަ ވާހަކަތަކެއް އެގޮތަށް ދެކެވުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ސިފާ ވިދާޅުވި އެވެ. ސިފާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައަކަށްވާއިރު، އެންމެ ބޮޑަށް ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް ފްލެޓް ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ކަންކަމުގައި ރައްޔިތުންނަށް ސާފުވާންޖެހޭ ކަންކަން ސާފުކޮށްދިނުމަށް ސިފާ ވަނީ ހައުސިން މިނިސްޓްރީއަށް ގޮވާލައްވާފަ އެވެ.

" އަޅުގަނޑުމެން ބެލިން ރައްޔިތުން މިކަމާ ގުޅޭ ގޮތުން ހުށަހަޅަމުންދާ ޝަކުވާތައް.ހަގީގަތުގައި މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ތިބި ފަރާތްތައްވެސް ތިބީ ވަރަށް ލަދުން. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ތިބި ފަރާތްތަކަށް ޝަކުވާ ހުށަހަޅަންދާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބެއް ނުދޭ. މިކަން އިންސާފުވެރިކަމާ އެކު ކުރިއަށްދިއުމަށް ސަރުކާރުން އެބަ މަސައްކަތް ކުރަންޖެހޭ. މިއީ ރައްޔިތުންގެ ފައިސާއިން އަޅާ ފްލެޓްތައް. ވަކި ބޭފުޅަކު ގުޅުއްވާފައިވާ ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ފްލެޓް ދޭށޭ ބުނުމުން ކަންކަން ހިނގާ އިސޫލުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި ވާހަކައެއް ނުދެއްކޭނެ." ސިފާ ވިދާޅުވި އެވެ.

"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، މާލެ ކެޓަގަރީ 1 އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ  ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ  އެއިއުލާންގައި ބުނެފައިވަނީ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގައި ކަމަށް ހާމަކޮށްފަ އެެވެ

ހައުސިންގ މިނިސްޓްރީ އާއްމު ކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކޮށް ނޭނގޭ ގޮތަށް ފުލެޓް ލިބުނު 661 މީހެއްގެ ފްލެޓަށް ހުށަހެޅި ފޯމް ނަމްބަރުތަކެވެ. މި ލިސްޓު ވަނީ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް