21 ސެޕްޓެންބަރ 2017 | ބުރާސްފަތި | އުތުރަ 1

ބައިނަލްއަގުވާމީ ގަވާއިދުތަކާއި ޚިލާފަށް ރައީސް ނަޝީދު ހައްޔަރުކޮށްގެން ނުގެންދެވޭނެ: ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން

  • ލަންކާގައި ހުންނަވަނިކޮށް ހައްޔަރުކުރުމަށް އުޅުމަކީ، އެގައުމުގެ ކްރިމިނަލް ގާނޫނާއި އަދި ބައިނަލްއަގުވާމީ ގަވާއިދުތަކާޚިލާފުވާނެކަމެއް
  • އެހެންގައުމެއްގައި ހުރި މީހަކު ވަގަށް ނަގައި އެގައުމުގެ ސިޔާދަތަށް އަރައި ނުގަނެވޭނެ
  • ހުކުމް ބަލައި ނުގަންނަކަމަށް އދގެ ވަރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ބުނެފަ

| | | nuzu8121 | |



ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން -- ފޮޓޯ:ގޫގުލް

ބައިނަލްއަގުވާމީ ގަވާއިދުތަކާއި ޚިލާފަށް ދިވެހިޜާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކޮށްގެން އަނބުރާ ރާއްޖެއަށް ނިުގެނެވޭނެކަމަށް އެމަނިކުފާނުގެ ބައިނަލްއަގުވާމީ ވަކީލުން ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން ސްރީލަންކާއަށް ދާދިފަހުން އައްޔަން ކުރެއްވި ސަފީރު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޓީވީ ޕްރޮގްރާމެއްގައި ރައީސް ނަޝީދު ހުންނެވި ތަކުން ހިފާ ހައްޔަރުކޮށްގެން ގެންނަވާނެކަމަށް ވިދާޅުވި ވާހަކަފުޅަށް ރައްދުދެއްވާ، ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމާލް ކުލޫނީ ވިދާޅުވީ، ރައީސް ނަޝީދު ލަންކާގައި ހުންނަވަނިކޮށް ހައްޔަރުކުރުމަށް އުޅުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، ޚުދު ސްރީލަންކާގެ ކްރިމިނަލް ގާނޫނާއިވެސް ޚިލާފު ކަމެއްކަމަށެވެ. އަދި އިޖްރާއަތްތައް ފުރިހަމަނުކޮށް އިއްވާފައިވާ ހުކުމެއް ތަންފީޒުކުރުމަށް ރައީސް ނަޝީދު އެނބުރިވަޑައިގެން ގައުމަށް ވަޑައިގަންނަށް ޖެހިވަޑައިނުގަންނަވާނޭކަމަށްވެސް އަމާލް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ޖެރާޑް ޖެންސާ ވިދާޅުވީ، އެއްވެސް ގައުމަކުން (އެއީ އެގައުމުގެ ރައްޔިތެއްކަމުގައި ވީނަމަވެސް) އެހެންގައުމެއްގައި ހުރި މީހަކު ވަގަށް ނަގައި، އެގައުމުގެ ސިޔާދަތަށް އަރައި ނުގަނެވޭނޭ ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ކުށް ސާބިތުކޮށް އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވީ 2015 ވަނަ އަހަރުގެ މާޗްމަހުއެވެ. އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމަކީ ސިޔާސީ ހުކުމެއްކަމަށާއި މީގެއިތުރުން އިޖުރާއަތްތައް ފުރިހަމަ ނުވާ ހުކުމެއްކަމަށްވާތީ، އެ ހުކުމް ބަލައި ނުގަންނަކަމަށް އދގެ ވަރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ބުނެފައެވެ. އަދި އެމަނިކުފާނަށް ލިބުނު ގެއްލުމުގެ ބަދަލުދީ، ވަގުތުން މިނިވަން ކުރުމަށްވެސް އެ ގުރޫޕުން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން އެކަމަށް އިޖާބަދީފައެެެއް ނުވެއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ



އާމާލު ކުލޫނީ

1 ހަފްތާކުރިން

ގެންދެވޭނެ ގެންނާނަށް އެއީ ދިވެހިރާއްޖޭ ގައި މަސްވަޅުލީތީވެއެވެ.

0
0