20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

މިހާރު ފެތުރެމުންދާ ރޯގާ

އަރިދަފުސް ރޯގާ އާއި ވައިރަލްހުންފެތުރެނީ. ސަމާލުވޭ: އެޗްޕީއޭ

  • ހައްޖާޖީން އެނބުރި ރާއްޖެ އައިސްފައިވުމުން އެކި ކަންކޮޅުތަކުގައި އަރިދަފުސް ރޯގާ އަދި ވައިރަލްހުންދަނީ ފެތުރެމުން
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނުހެދުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ
އަމިނަތް ނުޒުހާ | Nuzuha

| 13 ސެޕްޓެންބަރ 2017 | ބުދަ 16:16 | |

މަގުބޫލް

  1. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
  2. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  3. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  6. ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ހައްޖާޖީން އެނބުރި ރާއްޖެ އައިސްފައިވުމުން އެކި ކަންކޮޅުތަކުގައި އަރިދަފުސް ރޯގާ އަދި ވައިރަލްހުން ދަނީ ފެތުރެމުން -- ރާއްޖެއެމްވީ ފޮޓޯ : އަޝްވާ ފަހީމް

މިދުވަސްވަރު، ހައްޖާޖީން އެނބުރި ރާއްޖެ އައިސްފައިވުމުން އެކި ކަންކޮޅުތަކުގައި  އަރިދަފުސް  ރޯގާ  އަދި ވައިރަލްހުން ފެތުރެމުންދާކަން ފާހަގަ ކުރެވިފައި ވާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

 

އެޗްޕީއޭއިން ބުނީ، ރޯގާ ޖެހި ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބޭނުން ކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުމަށް އިލްތިމާސް ކޮށްފައިވެއެވެ..

 

ރޯގާ ޖެހިފައިވާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި  އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭ އިން އެދެއެވެ. އަދި ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނުހެދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

 

އޭގެ އިތުރުން ސައިބޯނި ލައިގެން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

 

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކޮށް އަރާމު ކުރުމަށާއި ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުން ކުރުމަށް އެޗްޕީއޭ އިން އެދެއެވެ.

 

ހުންގަދަނަމަ ގައިގައި ފެން ހޭކުމަށާއި ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ އާ އިރުޝާދު ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް