22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ވަކީލުން ސަސްޕެންޑް ކުރުން

ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް މައުމޫން ހަމީދު ގޮވާލައްވައިފި

  • ވަކީލުން ސަސްޕެންޑު ކުރަން ނިންމާފައިވަނީ ޑިއު ޕްރޮސެސްއަށް އަމަލު ކުރުމާއި ބެހޭ ގޮތުން ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކާ ހިލާފަށް
  • ޕެޓިޝަންގައި ސޮއި ކުރެއްވި 54 ވަކީލުން ވަނީ ސަސްޕެންޑް ކޮށްފައި
  • އެމައްސަލަ ވަނީ ބޭރުގެ ބޮޑެތި މީޑިޔާތަކަށް އަރާފައި
އަހުމަދު މުހުސިނު | dhonbandaara

| 13 ސެޕްޓެންބަރ 2017 | ބުދަ 15:19 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ޤާނޫނީ ވަކީލް މައުމޫން ހަމީދު: ނޫސްވެރިންނަށް އިންޓަރވިއު ދެއްވަނީ -- ރާއްޖެއެމްވީ

ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކެއް ފާހަގަކޮށް އެކަންކަން އިސްލާހް ކޮށްދެއްވުން އެދި ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ 54 ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލަން މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ގޮވާލައްވައިފިއެވެ.


ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުން ސަސްޕެންޑު ކުރަން ނިންމާފައި ވަނީ ޑިއު ޕްރޮސެސްއަށް އަމަލު ކުރުމާއި ބެހޭ ގޮތުން ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކާ ހިލާފަށް ކަމަށާއި އެހެންކަމުން ވަގުތުން އެ ނިންމުން ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ވަކީލުން ސަސްޕެންޑް  ކޮށްފައި ވަނީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާ ކަމަށް ބުނެ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ވަކީލުން ބުނަމުން ދަނީ ސަސްޕެންޑް ކުރިޔަސް ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަން ބަންޑާރަނައިބު މުހައްމަދު އަނިލްއަށް ހުށަހަޅާފަ އެވެ. އަދި އޭތްރީ ސައިޒަށް ޕްރިންޓް ކޮށްފައިވާ  ގާނޫނު އަސާސީއެއް  ވަކީލުން ވަނީ އަނިލްއަށް ވެދުން ކޮށްފަ އެވެ.

ސަސްޕެންޑު ކުރީ ބިރު ދައްކަން ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށް އެ ވަކީލުން ވަނީ ބުނެފައެވެ. އަދި މިމައްސަލަ ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސް ބޭރުގެ ބޮޑެތި މީޑިޔާތަކަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް