21 ސެޕްޓެންބަރ 2017 | ބުރާސްފަތި | އުތުރަ 1

ވެމްކޯ އިން މިހާރު 18،000 އަށް ވުރެ ގިނަ ފަރާތަށް ޚިދުމަތް ފޯރުކޮށްދޭ: މިނިސްޓަރު ތޯރިގް

  • ފީ ދެއްކޭނެ އޮންލައިން ނިޒާމެއް ގާއިމް ކުރުމަށް ދަނީ މަސައްކަތް ކުރަމުން
  • ގޭގެއިން ފީގެ ފައިސާ ވެމްކޯ އިން ބަލައެއް ނުގަންނާނެ
  • ރަޖިސްޓްރީނުކޮށް ކުނި އުކުމަށްދާ ފަރާތްތަކުން އަންނަ މަހުން ފެށިގެން ގޭޓް ފީ އެއް ދައްކަން ޖެހޭނެ

| | | sahubaan | |



ވެމްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ:ރާއްޖެ އެމްވީ

އެންވައިރަމެންޓް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ވޭސްޓް މެނޭޖްމެންޓް ކޯޕްރޭޝަން (ވެމްކޯ) އިން މާލޭގައި 18،000 އަށް ވުރެ ގިނަ ފަރާތަށް  ޚިދުމަތް ފޯރުކޮށްދޭ ކަމަށް އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބް ރާހީމް ވިދާޅުވެއްޖެއެވެ. 

ވެމްކޯ އިން މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެންވައިރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ 17،000 އަށް ވުރެ ގިނަ ގޭބިސީތަކުން ވެމްކޯ އިން ކުނި އުކައިދޭއިރު ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ 1000 އަށް ވުރެ ގިނަ ފަރާތުން އަމިއްލަ އަށް ކުނި އުކާ  ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ވެމްކޯގެ ފަރާތުން ކުންފުނިތަކަށް ވެސް ކުނި އުކާދޭ ކަމަށާއި އެގޮތުން 700 އަށް ވުރެ ގިނަ ކުންފުންޏަށް ވެމްކޯ އިން ކުނި އުކައިދޭ ކަމަށެވެ. އަދި އެދަދަު ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު ވެގެން ދާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ. 

އެންވައިރަމެންޓް މިނިސްޓަރު ވިދާޅުވީ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުނި އުކާ ސަރަހައްދަށް ރަޖިސްޓްރީ ނުކޮށް ވަންނަ މީހުން އަތުން ގޭޓް ފީ އެއް ނަގާނެ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ކޮށްފައިވާ  ފަރާތްތަކުން ގޭޓް ފީ ދައްކަން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ވެސް މަދުން ނަމަވެސް ބިދޭސީ ކުނި އުކުމަށް އަންނަ ކަމަށާއި ނަމަވެސް މި މަހަުގެ 15 ވަނަ ދުވަހުގެ ފަހުން އިންޒާރު ދީ އެކަން ނުހުއްޓައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ގޭބިސީތަކުން ކުނި ކަލެކްޓް ކުުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ ކުނިކަލެޓް ކުރަން ދާއިރު ކުނި ބޭރަށް ނެރެފައި ނެތުމާއި އަދި ގޭގައި މީހުން ނޫޅުން ފަދަ މައްސަލަތައް ކަމަށެވެ. އަދި އެކަންތަކަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ. 

މީގެއިތުރުން ވެމްކޯ އިން ކުނި އުކައި ދިނުމަށް ނަގަމުންދާ ފީއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ކުނި އުކަށް ދައްކަން ޖެހޭ ފީ  އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިން ކޮށް ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފީ ނެގުމުގެ މަސައްކަތް ތާޑްޕާޓީއަކާ ހަވާލު ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ވެމްކޯގެ ހެޑް އޮފީހަށް އައިސްގެން ވެސް ފީ ދެއްކޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގޭގެ އަށް ކުނި ކަލެެކްޓް ކުރުމަށް ދާ ވެމްކޯގެ މީހާ އަތަށް ފީގެ ފައިސާ ދޭން ނުޖެހޭނެ ކަމަށާއި އެގޮތަށް ފައިސާ ހޯދަން ބުނި ނަމަވެސް ފައިސާ ނުދިނުމަށް އެދޭ ކަމަށެވެ. 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ