20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ގެދޮރުވެރިކުރުން

ފްލެޓް ލިބުނުކަން އިއުލާނު ކޮށްފައިވާ ލިސްޓާގުޅޭ މައްސަލަތަކެއް އޭސީސީން ބަލަނީ

  • 661 މީހަކަށް ވަނީ ފްލެޓް ލިބިފައި
  • އޭސީސީއަށް ގިނަ ބަޔަކު ވަނީ މައްސަލަ ހުށަހަޅާފަ
  • ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފައިވަނީ ހޯމަ ދުވަހު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 13 ސެޕްޓެންބަރ 2017 | ބުދަ 14:22 | |

މަގުބޫލް

  1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
  4. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
  5. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  6. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ޝަކުވާ ހުށަހެޅުމަށް ހައުސިން މިނިސްޓްރީ ސަރަހައްދުގައި ގިނަ ބަޔަކު -- ރާއްޖެއެމްވީ ފޮޓޯ : ފާތިމަތު ޝަނާ މުހައްމަދު

ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ ގެދޮރުވެރިކުރުން ޕްރޮގްރާމުގެ  ދަށުން އާންމު ކުރި ލިސްޓާ ގުޅިގެން އޭސީސީއަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިކުރުން  ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ނަން އިއުލާނު ކުރުމުން ގިނަ ބަޔަކު ވަނީ ޝަކުވާ ހުށަހަޅާފަ އެެވެ. މިކަމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނީ ވަރަށް ގިނަ މީހުންގެ ޝަކުވާތަކެއް އޭސީސީއަށް ހުށަހެޅިފައިވާ ކަަމަށެވެ.

"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، މާލެ ކެޓަގަރީ 1 އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ  ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ސުން ގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ކަމަށް ވެސް ހައުސިންގ މިނިސްޓްެރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ  އެއިއުލާންގައި ވަނީ ފްލެޓްތައް ލިބޭ ފަރާތްތުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގަ ކަމަށް ހާމަކޮށްފަ އެެވެ

ހައުސިންގ މިނިސްޓްރީ އާއްމު ކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކޮށް ނޭނގޭ ގޮތަށް ފުލެޓް ލިބުނު 661 މީހެއްގެ ފްލެޓަށް ހުށައެޅި ފޯމް ނަމްބަރުތަކެވެ. މި ލިސްޓު ވަނީ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް