18 ފެބުރުއަރީ 2018 | އާދީއްތަ | ހިޔަވިހާ 5

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނީސް އިސްތިއުފާ ދެއްވައިފި

  • ތަރި އަނީސްއަކީ ސަރުކާރު ކޯލިޝަން އެމްޑީއޭ ކައުންސިލް މެމްބަރެއް
މުހައްމަދު ފަޒީން | phaxyn

| 13 ސެޕްޓެންބަރ 2017 | ބުދަ 13:55 | |



އިންޑިއާގެ ސަފީރާއެކު އަނީސް (ވ) -- ޓްވިޓަރ

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން މުހައްމަދު އަނީސް (ތަރި އަނީސް) އިސްތިއުފާ ދެއްވައިފި އެވެ.

ވެރިކަންކުރާ ޕީޕީއެމް-އެމްޑީއޭ  ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ އަނީސް އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ސާފު ނުވިނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އަނީސް އިސްތިއުފާ ދެއްވުމަށް އެދި މިދިޔަ ހޯމަ ދުވަހު ސިޓީ ފޮނުއްވާފައިވާ ކަަމަށެވެ. 

އަނީސް ވެސް ވަނީ އިސްތިއުފާ ދެއްވާފައިޥާކަން "ޜާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަދި ކޯޗް އަނީސް ވަނީ މީގެ ކުރިން ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސްކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް