20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ޓެރެރިސްޓް ހަމަލާ

މެލޭޝިއާއިން ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ނެގެސްފި

  • ހައްޔަރު ކުރީ 29 އަހަރާއި 33 އަހަރުގެ ފިރިހެނެއް
  • އެމީހުންނަކީ އައިއެސްއާ ގުޅުން އޮތް ބައެއް
  • އެމީހުން ބައިވެރިވެގެން ދޭން އުޅުނު ޓެރަރިސްޓް ހަމަލާ ވަނީ ނާކާމިޔާބު ކޮށްލާފައި
މުހައްމަދު ފަޒީން | phaxyn

| 13 ސެޕްޓެންބަރ 2017 | ބުދަ 13:28 | |

މަގުބޫލް

  1. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
  2. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  3. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  6. ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


މެލޭޝިޔާ ފުލުހުން ހައްޔަރުކުރި މީހުން -- ޓްވިޓަރ

ޓެރެރިސްޓް ހަމަލާއެއް ދޭން ރާވަމުން ދިޔަ ކަމަށްބުނެ މެލޭޝިއާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ދިވެހިން ރާއްޖެ ގެނެސްފި އެވެ.

ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިންގެ އުމުރަކީ 29 އަހަރާއި 33 އަހަރެވެ. އެ މީހުންގެ ވަނަވަރެއް މެލޭޝިއާގެ ފުލުހުން ހާމައެއް ނުކުރެ އެވެ.

މެލޭޝިއާގެ ފުލުހުންގެ އިންސްޕެކްޓާ ޖެނަރަލް މުހަންމަދު ފުޒީ ހާރޫނާ ހަވާލާދީ މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުން ހައްޔަރު ކުރި ދެ ދިވެހިންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮތް ދެ މީހުންނެވެ.

މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ ދިވެހިންނާއެކު 19 މީހަކު ހައްޔަރުކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިރާގާއި ފަލަސްތީނާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ފިލިޕީންސްގެ އިތުރުން ބަންގުލަދޭޝްގެ މީހުން ހިމެނެ އެވެ. އަދި އެމީހުންގެ ތެރޭގައި އައިއެސްގެ ދެ ކޮމާންޑަރުންވެސް ހިމެނޭ ކަމަށް މެލޭޝިޔާ ފުލުހުން ވަނީ ބުނެފައެވެ. އެއީ އުމުރުން 41 އަހަރާއި 63 އަހަރުގެ ދެމީހުންނެވެ.

އެ މީހުންގެ ތެރޭގައި ޓެރަރިޒަމްގެ އަމަލު ހިންގައި، މީހުން މަރައި އެފަދަ އަމަލުތައް ރާވަމުންދިޔަ މީހުން ތިބި ކަމަށް މެލޭޝިއާ ފުލުހުން ތުހުމަތުކުރެއެވެ.

މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިންގެ މައްޗަށް ތުހުމަތު ކުރަނީ ސީރިއާ ހަނގުރާމައަށް ދިއުމަށްޓަކާ ސިންގަޕޫރާއި މެލޭޝިއާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތެވެ. އެ ދެ މީހުންނަކީ މެލޭޝިއާގައި އެއާކޮންޑިޝަންގެ މަސައްކަތް ކުރާ ދެ ދިވެހިން ކަމަށް މެލޭޝިއާ ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުން އެ ގައުމަށް ދޭން އުޅުނު ކަމަށް ބުނާ ޓެރަރިސްޓް ހަމަލާއަކީ މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ބާއްވަން އުޅުނު ހަފްލާއަކަށް ދޭން އުޅުނު ހަމަލާއަކާއި ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ނިންމާލުމުގެ ރަސްމިއްޔާތަށް ދޭން އުޅުނު ހަމަލާއެކެވެ.

އެ ހަމަލާތައް ނާކާމިޔާބު ކޮށްލީ ޓެރަރިޒަމާ ދެކޮޅަށް މެލޭޝިއާގެ ފުލުހުންގެ ކައުންޓާ ޓެރަރިޒަމްގެ ޑިވިޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް