20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ބްރޯޑްކޮމްގެ ރައީސް

ބްރޯޑްކޮމްގެ ރައީސް ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިިފި

  • ފުލުހުން ވަނީ މިފަދަ މައްސަލައެއް ބަލާކަން ކަށަވަރުކޮށްދީފަ
  • ފުލުސް މީހާ ޝަހީބު ފަހާ ދުއްވައިގަތީ ކަތުރެއް ހިފައިގެން
  • ފޯނަށް ޖަވާބު ދެއްވާފައިނުވާއިރު، މެސެޖްތަކަށް ވެސް ޖަވާބު ދެއްވާފައިނުވޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 13 ސެޕްޓެންބަރ 2017 | ބުދަ 12:53 | |

މަގުބޫލް

  1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
  4. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
  5. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  6. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު -- މިހާރު

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުސް މީހާ ހުށަހެޅި މައްސަލަ ބަލަމުންދާއިރު، ޝަހީބު ވެސް  މައްސަލަ ހުށަހަޅުއްވާފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބު ހުށަހެޅުއްވީ އޭނާއަށް ފުލުސް މީހާ ހަމަލާދިން ކަމަށް ވިދާޅުވެ އެ މައްސަލައެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހަކަށް މީހަކު ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށާއި އެ މައްސަލަ ހުށަހެޅުނީ އަންގާރަ ދުވަހު ކަމަށެވެ. 

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް، އެއީ ޝަހީބާ ގުޅުން ހުރި މައްސަލައެއްކަން ފުލުހުން ދޮގެއް ނުކުރެ އެވެ.

ޝަހީބާ ފުލުހަކާ ދެމެދު ހިނގި އެ ހަމަނުޖެހުމުގެ މަންޒަރު ފެނުނު މީހަކު ބުނީ ސޯސަންމަގު އެމްޑީޕީ އޮފީސް ކައިރީ ހުންނަ ގެއަކަށް ޝަހީބު ވަޑައިގެންނެވި ކަމަށާއި އެ ގެއަށް ވަދެވަޑައިގެންނެވިތާ އިރުކޮޅެއް ވެސް ނުވަނީސް ފެނުނީ ދުވެވަޑައިގަންނަވަމުން ނިކުންނެވި މަންޒަރު ކަމަށެވެ.

ޝަހީބުގެ ފަހަތުން އެހެން މީހަކު ކަތުރެއް ހިފައިގެން އެގެއިން ދުވެފައި ނިކުތް މަންޒަރު ފެނުނު ކަމަށާއި ޝަހީބާއި އެ މީހާއާ ދެމެދު ހަމަނުޖެހުން ހިނގި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބުގެ ފަހަތުން ކަތުރެއް ހިފައިގެން ދިޔައީ ފުލުހުންގެ ސްޕަޝަލް އޮޕަރޭޝަންސް(އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހެކެވެ.

މިކަމާ ގުޅޭ ގޮތުން ޝަހީބުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ރާއްޖެއެމްވީއިން މަސައްކަތް ކުރި ނަމަވެސް، ޝަހީބުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ރާއްޖެއެމްވީއިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާއިރު، މެސެޖްތަކަށް ވެސް ޖަވާބު ދެއްވާފައިނުވެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް