22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ސިންގަޕޫރު

ސިންގަޕޫރުގެ ފުރަތަމަ އަންހެން ރައީސް ކަމަށް ހަލީމާ ޔައުގޫބު!

  • ރައީސް ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވީ ހަލީމާގެ އެކަނި
  • ހަލީމާ ރައީސްކަމުގެ ހުވާ ކުރައްވާނީ ބުރާސްފަތި ދުވަހު
އަހުމަދު އަނޫޝު | IamAhmedAnoosh

| 13 ސެޕްޓެންބަރ 2017 | ބުދަ 11:49 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ރައީސް ކަމަށް އިންތިޚާބުވެޥަޑައިގެންނެވި ހަލިމާ -- ގޫގުލް

ސިންގަޕޫރުގެ ފުރަތަމަ އަންހެން ރައީސް ކަމަށް ހަލީމާ ޔައުގޫބު އިންތިޚާބުވެވަޑައިގެންފިއެވެ. 

ސިންގަޕޫރުގެ އިލެކްޝަންްސް ޑިޕާޓްމަންޓުން ހާމަކޮށްފައި ވަނީ ރައީސް ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މަގާމަށް ޝަރުުތު ހަމަވަނީ ހަލީމާ ޔައުގޫބު ކަމަށާއި އެހެންކަމުން އެކަމަނާ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ކަމަށެވެ. 

ރައީސްކަމަށް ހަލީމާ ޔައުގޫބު އިންތިޚާބުވެވަޑައިގެންވި އިރު އެކަމަނާއަކީ ސިންގަޕޫރުގެ ޕާލަމެންޓް މެމްބަރެކެވެ. ސިންގަޕޫރުގައި ރައީސްކަމުގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ސިންގަޕޫރުގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ ޝަރުުތުތަކުގެ ތެރޭގައި މިފަހަރު މެލޭ ދަރިކޮޅަށް ނިސްބަތްވާ ފަރާތެއްކަމުގައިވުން ހިމެނެއެވެ. މިއީ، ސީދާ ބައިމަދު ވަކި ދަރިކޮޅަކަށް ރައީސްކަން ހާއްސަ ކުރެވުނު ފުރަތަމަ ފަހަރު ކަމަށްވާއިރު ދާދިފަހުން ސިންގަޕޫރުގެ އިލެކްޝަންސް ޑިޕާޓްމަންޓުން ހާމަކޮށްފައި ވަނީ މިފަހަރު ހަލީމާގެ އިތުރުން ހަތަރު ކެނޑިޑޭޑަކު ރައީސް ކަމަށް ކުރިމަތިލެއްވި ކަމަށާއި އޭގެ ތެރެއިން ދެ ކެނޑިޑޭޓަކީ މެލޭ ދަރިކޮޅަށް ނިސްބަތްވާ ކެނޑިޑޭޓުން ކަމަށެެވެ.  އަނެއް ދެ ކެނޑިޑޭޓުންނަށް ޝަރުތު ހަމަވާ ކަމުގެ ލިޔުން ލިބިފައިނުވާ ކަަމަށެވެ. 

ސިންގަޕޫރުގެ އިލެކްޝަންސް ކޮމިޝަނުގައި ބުދަ ދުވަހު ހުންނަވާ ދެއްވި ތަގުރީރެއްގައި ހަލީމާ ވިދާޅުވީ އެކަމަނާއަކީ ވަކިބަޔަކަށް ވެރިކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމަނާ އަކީ އެންމެންގެ ވެރިއެއް ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ އިލެކްޝަނެއް ނުބާއްވާ އެކަމަނާ އިންތިޚާބުވެވަޑައިގަތަސް އެކަމަނާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ސިންގަޕޫރުގެ ރައީސް ކަން އަންހެން ކަނބަލަކަށް ލިބިވަޑައިގަތުމަކީ، ކޮންމެ އަންހެނަކަށް ވެސް ލިބޭ ޝަރަފެއް ކަމަށާއި މީގެން ދައްކުވައި ދެނީ އަންހެނަކަށް އެންމެ މަތީ މަގާމަށް ވެސް އާދެވޭނެ ކަންކަމަށެވެ. 

 


 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް