22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ކޯސްޓާ ހޯދުމާ ގާތަށް އެޓްލެޓިކޯ ޖެހިލައިފި

  • ބްރެޒިލްގައި ހުރި ކޯސްޓާ އެނބުރި ޔޫރަޕަށް އަންނަން ބޭނުންވޭ
  • ކޯސްޓާ ވިއްކާލުމަށް ކޯޗު ކޮންޓޭ ވަނީ ބޯޑަށް އަންގާފައި

| | | MrLeevaan | |



ޗެލްސީ އަށް ކުޅެމުން އަންނަ ޑިއެގޯ ކޯސްޓާ -- ފޮޓޯ:ގޯލް.ކޮމް

ޗެލްސީ އަށް ކުޅެމުން އަންނަ ޑިއެގޯ ކޯސްޓާ ހޯދުމާ ގާތަށް އެޓްލެޓިކޯ މެޑްރިޑް ޖެހިލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ މާސާ އިން ބުނީ މިވަގުތު ބްރެޒިލްގައި ހުރި ކޯސްޓާ އެނބުރި ޔޫރަޕަށް އަންނަން ބޭނުންވާ ކަމަށާއި، އެގޮތުން އޭނާ ހޯދުމަށް އެޓްލެޓިކޯ މެޑްރިޑުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެޓްލެޓިކޯ އަށް ކުރިން ކުޅުނު ކޯސްޓާ ހޯދުމަށް އެޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، ކޯސްޓާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާ އަދި އެމެރިކާގެ ކްލަބްތައްވެސް ހިމެނެއެވެ.

ކޯސްޓާ ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ޓްރާންސްފާ ބާޒާރުގައި ވަނީ މަސައްކަތް ކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށްލަން މަސައްކަތް ކުރީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ގޭމް ޕްލޭނަށް އޭނާ ފިޓް ނުވާ ކަމަށް ބުނުމުންނެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުގައި ކޮންޓޭ ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާ އިން ފެށިގެން ކޯސްޓާ ވިއްކާލުމަށް ކްލަބުގެ ބޯޑަށް އަންގާފައެވެ. އެހެންނަމަވެސް އެކަން އަދިވެސް އެގޮތަށް ހިނގާފައެއްނުވެއެވެ.

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށް ފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ