20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ޔުއެފާ ޗެމްޕިއަންސް ލީގު

ޔުއެފާ ޗެމްޕިއަންސް ލީގު: ބަޔާން އަދި ޔުނައިޓެޑަށްވެސް މޮޅެއް

 • ބެންފީކާ އަދި މޮސްކޯ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މޮސްކޯ
 • ޔުނައިޓެޑް މޮޅުވީ ބަސެލްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން
 • ބަޔާން މޮޅުވީ އަންޑަލެޗްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 13 ސެޕްޓެންބަރ 2017 | ބުދަ 04:08 | |

މަގުބޫލް

 1. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
 2. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 3. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
 4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
 5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
 6. ޖޭޕީން އަލީ ސޯލިހަށް ޕްރޮމޯޝަން ދީފި
 7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
 8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ބަޔާންގެ ލެވަންޑޯސްކީ ޕެނަލްޓީ ކާމިޔާބުކުރަނީ -- ޓްވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަދި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ދެޓީމުވެސް މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ބަޔާން މޮޅުވީ އަންޑަލެޗްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން 12 ވަނަ މިނެޓުގައި ބަޔާން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.

މި ލަނޑަށްފަހުވެސް ބަޔާން އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އަންޑަލެޗްގެ މައްޗަށް ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބަޔާން އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް އިތުރުކޮށްފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ އަލަކަންޓާރާ އެވެ.

މެޗުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު އިތުރުވަގުގައި ކާމިޔާބުކޮށްދިނީ ކިމިޗް އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ބަސެލްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 35 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭޝްލީ ޔަންގްގެ އެހީތެރިކަމާއެކު ފެލާނީ އެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލީޑު އިތުރަށް ފުޅާކުރަން ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބަސެލްގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 53 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެއިލީ ބްލިންޑްގެ އެހީތެރިކަމާއެކު ރޮމެލޫ ލުކާކޫ އެވެ.

މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި މާކަސް ރަޝްފަޑް އެވެ.

ޔުނައިޓެޑް އަދި ބަސެލް ހިމެނޭ ގްރޫޕް އޭގައި ބެންފީކާ އަދި މޮސްކޯ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މޮސްކޯ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް