23 ނޮވެންބަރު 2017 | ބުރާސްފަތި | 11 ނޮރަ

ޔުއެފާ ޗެމްޕިއަންސް ލީގު: ޕީއެސްޖީ އަދި ޗެލްސީ އަށް ބޮޑު މޮޅެއް

  • ޗެލްސީ މޮޅުވީ ގަރަބަގްއާ ވާދަކޮށް 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުން
  • ޕީއެސްޖީ މޮޅުވީ ސެލްޓިކްއާ ވާދަކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން

| | | MrLeevaan | |ޕީއެސްޖީގެ ކަވާނީ (މ)، ނޭމާ (ކ) އަދި އެމްބަޕޭ (ވ) ލަނޑު އުފާފާޅުކުރަނީ -- ފޮޓޯ:ޓުވިޓާރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ޗެލްސީ ބޮޑު މޮޅެއް ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ސެލްޓިކްއާ ވާދަކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ސެލްޓިކް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 19 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަބިއޮޓްގެ އެހީތެރިކަމާއެކު ދަދި ފަހުން އެޓީމަށް ބަދަލުވި ނޭމާ އެވެ.

މި ލަނޑަށްފަހުވެސް ޕީއެސްޖީން ދިޔައީ ފުލުފުލުގައި ސެލްޓިކްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 34 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު ކީލިއަން އެމްބަޕޭ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީ އަށް ލީޑު އިތުރަށް ފުޅާކޮށްދިނީ އެޑިންސަން ކަވާނީ އެވެ. 40 ވަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނާތީޖާއަކުން ސެލްޓިކްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސެލްޓިކް އިން ވަނީ އެޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް ޕީއެސްޖީން ވަނީ 83 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ ސެލްޓިކްގެ ލަސްޓިންގް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރުޒާވާގެ އެހީތެރިކަމާއެކު ކަވާނީ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ގަރަބަގްއާ ވާދަކޮށް 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒް އެވެ.

މި ލަނޑަށްފަހުވެސް ޗެލްސީން ދިޔައީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ. އެގޮތުން 33 ވަނަ މިނެޓުގައި ޒަޕަކޮސްޓާ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ގަރަބަގްގެ މައްޗަށް ޗެލްސީ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 55 ވަނަ މިނެޓުގައި އަޒްޕިލިކުއެޓާ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ޗެލްސީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ބަކަޔޯކޯ ކާމިޔާބުކުރިއިރު، 76 ވަނަ މިނެޓުގައި ބަޓްޝުއޭ ވަނީ އެޓީމުގެ ފަސްވަނަ ލަނޑޫ ކާމިޔާބުކޮށްދީފައެވެ. ޗެލްސީގެ ހަ ވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީވެސް ބަޓްޝުއޭ އެވެ.

ޗެލްސީ އަދި ގަރަބަގް ހިމެނޭ ގްރޫޕް ސީގައި ރޯމާ އަދި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ