19 ޖޫން 2018 | އަންގާރަ | 03 އަދަ
އިމްސާކް 04:15
05 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: މެސީގެ ދެ ލަނޑުން ޔުވަންޓަސްގެ މައްޗަށް ބާސާ ކުރިހޯދައިފި

  • އޮލިމްޕިކޮސް އަދި ސްޕޯޓިން ސީޕީ ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕޯޓިން
  • އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުވަންޓަސްގެ މައްޗަށް ބާސާ ކުރިހޯދީ 0-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 13 ސެޕްޓެންބަރ 2017 | ބުދަ 03:31 | |

މަގުބޫލް

  1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
  4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  6. ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!


މެސީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ޓްވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިއޮނެލް މެސީގެ ދެ ލަނޑުން ޔުވަންޓަސްގެ މައްޗަށް ބާސެލޯނާ ކުރިހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުވަންޓަސްގެ މައްޗަށް ބާސާ ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ލަނޑު ޖަހަން ދެޓީމަށްވެސް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. 45 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ އެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޔުވަންޓަސްގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 56 ވަނަ މިނެޓުގައި އިވާން ރަކިޓިޗް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ޔުވަންޓަސް އަށް ވެސް ވަނީ ދެވަނަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް ތިން ދަނޑިން އެތެރެޔަށް އެޓީމަށް އެންމެ ބޯޅައެއްވެސް ފޮނުވާލެވިފައެއްނުވެއެވެ.

ބާސާ އަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ 69 ވަނަ މިނެޓުގައި އަންދްރޭސް އިނިއެސްޓާގެ އެހީތެރިކަމާއެކު ލިއޮނެލް މެސީ އެވެ. މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބުކުރި 96 ވަނަ ލަނޑެވެ. 

ބާސާ އަދި ޔުވަންޓަސް ހިމެނޭ ގްރޫޕް ޑީގައި ހިމެނޭ އޮލިމްޕިކޮސް އަދި ސްޕޯޓިން ސީޕީ ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕޯޓިން ސީޕީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް