22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

  • ރޮހިންޖާ މުސްލިމުންނަށް ދިމާވެފައިވާ ނިކަމެތި ޙާލު ދިވެހިންނަށް ތަސައްވުރު ކުރެވުން
  • ދިވެހި ރައްޔިތުންގެ ދީލަތި ކަމާއި އަނިޔާއަށް ނޫނެކޭ ބުނުން
  • ރާއްޖެ ޓީވީއާ ގުޅިގެން  މަސައްކަތް މަސައްކަތް ކުރި ފަރާތްތައް
  • ރާއްޖެ ޓީވީ ދެކެވާ ލޯތްބާއި ކުރާ އިތުބާރު

| | | dhonbandaara | |ރާއްޖެ ޓީވީން ހިންގި ޓެލެތޯން ފެށުމުގެ ތެރެއިން -- ފޮޓޯ:ރާއްޖެ އެމްވީ

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެ ޓީވީން ހިންގި ޓެލެތޯނަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުމާއެކު ރައްޔިތުންގެ ޝުކުރުތައް ރާއްޖެ ޓީވީއަށް އޮހެން ފެށިއެވެ. އޮފީހުގެ ފޯނަށް ބާރު ބޮޑުވެގެން ދިޔައިރު އަމިއްލަ ސްޓާފުންނަށް ކެނޑިނޭޅި ލިބެމުން ދިޔައީ ތައުރީފާއި ޝުކުރު އަދާކުރުމުގެ މެސެޖްތަކާއި ފޯނުކޯލް ތަކެވެ. ޓެލެތޯން ކާމިޔާބު ކަމުންނެވެ. ކުޑަކުޑަ ޓީމަކުން ކުރި މަސައްކަތުން އެހާ ފުރިހަމަ ނަތީޖާއެއް ނެރުނީތީއެވެ.

ޙަޤީގަތުގައިވެސް ރާއްޖެ ޓީވީން އިސްނަގައިގެން ހިންގި ޓެލެތޯނަކީ ކާމިޔާބު ޓެލެތޯނެއްކަން މުޅި ރާއްޖެ ޤަބޫލް ކޮށްފިއެވެ. އަމިއްލަ ޓީވީޗެނަލަކުން އެހާމެ މަދު ވަސީލަތާއެކު ކުޑަކުޑަ ޓީމަކުން އެހިންގި ގިނަ ޙަރަކާތްތަކާއެކު 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިވަނީ ލިބިފައެވެ. ސުވާލަކީ މި ޓެލެތޯން ކާމިޔާބު ޓެލެތޯނަކަށް ވެގެން ދިޔައީ ކީއްވެގެންހޭ ކުރެވޭ ބޮޑު ސުވާލެވެ.އެގޮތުން މި ޓެލެތޯން ކާމިޔާބު ވުމުގައި ވަރަށް ގިނަ ސަބަބުތައް ހުރިކަމަށް ބެލެވެއެވެ.

ރޮހިންޖާ މުސްލިމުންނަށް ދިމާވެފައިވާ ނިކަމެތި ޙާލު ދިވެހިންނަށް ތަސައްވުރު ކުރެވުން

ދިވެހިންނަކީ އެއްވެސް ބަޔަކަށް އަނިޔާ ލިބޭކަށް އެދޭ ބައެއް ނޫނެވެ. އެފަދަ އަނިޔާތައް ލިބޭ މީހުންނާމެދު ހަމްދަރުދީވެ އެކަމުން އެމީހުން ސަލާމަތް ކުރުމަށް ނުހަނު ބޭނުންވާ ބައެކެވެ. ހަމަ އެހެންމެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަކީ ދިވެހިންގެ އަބަދުވެސް އުފަލެކެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިވެވޭ ދިވެހިންގެ މާތް ސިފައެކެވެ. އެބީދައިން ރޮހިންޖާ މުސްލިމުންށް ކުރާ އަނިޔާތަކަކީ ދިވެހިންނަށް ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. އެވެރިންނަށް ކުރިމަތިވެފައިވާ އެހިތާމަވެރި ހިތްދަތި ހާޅު ދިވެހިންނަށް ބަލާކަށް ކެތެއް ނުކުރެވުނެވެ.

އެކަން އިތުރަށް ދިވެހިންނަށް ވިސްނައިދެވޭތޯ ރާއްޖެ ޓީވީން ލައްކަ މަސައްކަތް ވަނީ ކޮށްފައެވެ. ޓެލެތޯންގައި ބޭނުންކުރި ކެޕްޝަން ތަކެވެ. ތަފާތު ވީޑިއޯ ލަވަތަކެވެ. ހެޔޮ އެދުނު ފަރާތްތަކުން ހަދިޔާކޮށްދިން އަސަރުގަދަ ލަވަތަކާއި ޅެންތަކެވެ. ހާލަތު ބަޔާންކޮށް ރާއްޖެ ޓީވީން ތައްޔާރުކުރި ދިރާސާ ރިޕޯޓްތަކެވެ. އެރިޕޯޓްތަކުގެ އަސަރު ގަދަ ކުރުމުގެ ގޮތުން ބޭނުން ކުރެވުނު ރޮހިންޖާ މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކުގެ ވީޑިއޯތަކެވެ. ޓެލެތޯން ތެރެއިން ގެނެވުނު މެހެމާނުން ދެއްވި އަގުހުރި ނަސޭހަތްތަކެވެ. ޚާއްޞަކޮށް ދީނީގޮތުން މިފަދަ ހާޅަތްތަކުގައި ކަންކުރަންވީ ގޮތާއި އެހީތެރިވުމުގެ މާތްތަކަމުގެ މައްޗަށް ދެއްވި ފަތުވާތަކެވެ.

މިކަން ޙާސިލް ކުރުމުގައި ރާއްޖެ ޓީވީން ވަނީ ރާއްޖޭގެ އެއްވެސް މީޑިއާކަށް ނުލިބޭ ޝަރަފެއްވެސް ހޯދާފައެވެ. ރޮހިންޖާ މުސްލިމުންގެ ތެރެއިން ސަލާމަތުން ނިކުމެ ހުންނެވި އެޤައުމުގެ އިސްމީހެއްގެ ވީޑިއޯ އިންޓަރވިއު ގެނެސްދިނުމެވެ. އދ އިން މިޔަންމާއަށް ކަނޑައަޅާފައި ހުންނަ ޚާއްޞަ މަންދޫބުގެ ވީޑިއޯ އިންޓަރވިއު ހަމަ އެކަނި ގެނެސްދިން ބަޔަކީ ރާއްޖެ ޓީވީ ކަމަށް ވުމެވެ.

ދިވެހި ރައްޔިތުންގެ ދީލަތި ކަމާއި އަނިޔާއަށް ނޫނެކޭ ބުނުން

ރާއްޖެޓީވީން އިސްނަގައިގެން ހިންގި ޓެލެތޯންގެ އެންމެބޮޑު ޝުކުރެއް ޙައްޤުވަނީ ދިވެހި ރައްޔިތުންނަށެވެ. އެފައިސާ ހަދިޔާކުރި އެންމެހާ ދިވެހިންނަށެވެ. ރާއްޖެ ޓީވީން ބެހެއްޓި ފަންޑުފޮށްޓަށް ފައިސާ އެޅުން އެއީ ގިނަ ބައެއްގެ އުފަލެއް ކަމުގައި ދެކުނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލިބުނު ވަރަކުން ވަނީ އެހީވެފައެވެ. ރާއްޖެ ޓީވީ ދޮރުމަތިން ހުރަސްކުރި ކޮންމެ މީހަކުހެން ވަނީ އެފޮއްޓަށް އެހީވެފައެވެ. ކަމާ ކަންފަށާ އެފޮއްޓަށް ފައިސާއަޅަން އެތައް ބަޔަކު އައެވެ. ނާދެވި ގޭގައި ތިބެގެންވެސް އެތައް ބަޔަކު ވަނީ އެސްއެމްއެސްއިންނާއި ބޭންކް އެކައުންޓް މެދުވެރިކޮށް ފައިސާ ހަވާލުކޮށްފައެވެ. ވެހެމުންދިޔަ ވާރޭގައި ތެމި ފޯވެގެން ކުޑަކުޑަކުދިންވެސް ވަނީ އެމީހުންގެ ވަކިލާރިކޮޅު ފަންޑުފޮއްޓަށް އަޅާފައެވެ. ބޮޑެތި ވިޔަފާރި ކުންފުނިތަކުން ފެށިގެން އާދައިގެ ކަންމަތީ ފިހާރަތަކުގެ ދުވަހުގެ ސޭލްސްގެ އިންސައްތައެއް ވަނީ ހަދިޔާކޮށްފައެވެ. ކުންފުނިތަކުގެ މުވައްޒަފުންގެ ދުވަހުގެ މުސާރަ ވަނީ ހަވާލުކޮށްފައެވެ.

މާލޭގެ އިތުރުން ރަށްރަށުން ވެސް މިޓެލެތޯން ކާމިޔާބު އެއްޗަކަށް ހެދުމަށް ބުރަ މަސައްކަތެއް އެރަށްރަށުގެ ރައްޔިތުންނާ ކައުންސިލްތަކުން ވަނީ ކޮށްފައެވެ. އެރަށްރަށުގައި ބެހެއްޓި ފޮށިތަކަށް ވަނީ ގިނަ އެހީތަކެއް ވެފައެވެ. 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމަ ވުމުގައި އެފަރާތްތަކުގެ ހިއްސާ ވަރަށް ބޮޑެވެ.

ރާއްޖެ ޓީވީއާ ގުޅިގެން  މަސައްކަތް މަސައްކަތް ކުރި ފަރާތްތައް

ރާއްޖެ ޓީވީއަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް މަދެއް ނޫނެވެ. ފޮށްޓަށް ފައިސާއެޅި އެންމެހާ ރައްޔިތުންގެ އިތުރުން ބޮޑު ޝުކުރެއް ޙައްޤުވާއެއްބަޔަކީ އެފަރާތްތަކެވެ. ރާއްޖެ ޓީވީގެ ބައެއް ސްޕޮންސަރުންނާއި ވިޔަފާރި ޖަމްއިއްޔާތަކެވެ. ލަވަހަދައިދިން ފަރާތްތަކާއި ބައެއް ޓެކްސީ ސެންޓަރުތަކެވެ. ރަށްރަށުގެ ކައުންސިލްތަކާއި އެރަށްރަށުގެ ބައެއް ވިޔަފާރިވެރިން އަދި އާއްމު ރައްޔިތުންނެވެ. މެހެމާނުންނެވެ. މެހެމާނުން ހަމަޖެއްސުމާއި ރާއްޖެ ޓީވީގެ ސްޓާފެއްހެން ހުއްޓުމެއްނެތި މަސައްކަތް ކުރެއްވި އަހުމަދުﷲ އެވެ.

ރާއްޖެ ޓީވީ ދެކެވާ ލޯތްބާއި ކުރާ އިތުބާރު

ރާއްޖެ ޓީވީއަކީ ރާއްޖޭގެ އެންމެ ގިނަބަޔަކު ބަލާ ދިވެހިރާއްޖޭގެ ނަމްބަރވަން ޓީވީ ޗެނަލެވެ. އެޗެނަލާއި އެޗެނަލްގެ މުވައްޒަފުންދެކެ ދިވެހިރައްޔިތުން ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. ކުރަނީކީ އާދައިގެ އިތުބާރެއް ނޫނެވެ. އެމޭރުމުން ރާއްޖެޓީވީން ހިންގި ޓެލެތޯން ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ އެކަމެވެ. ރާއްޖެ ޓީވީން ކުރާ ކަމަކަށް ވީތީ ރައްޔިތުންދިން ތަރުހީބެވެ. ބެލުންތެރިން ބެހެއްޓި ގާތްކަމެވެ. ރާއްޖެ ޓީވީން ކުރާ ޤައުމީ މަސައްކަތައް ދިން އެއްބާރުލުމެވެ. އަބަދުވެސް ރާއްޖެ ޓީވީއަށް ކާމިޔާބަށް އެދޭ ރާއްޖެ ޓީވީގެ ފޭނުން ވެދިން އެހީތެރިކަމެވެ. އެއިތުބާރު އިތުރަށް ދެމެހެއްޓުމަށްވެސް ރާއްޖެ ޓީވީން އެޅި ފިޔަވަޅުތަކެވެ. ރާއްޖެ ޓީވީން އިސްނަގައިގެން ކަންކުރި ނަމަވެސް މުޅި ޤައުމުގެ އެންމެންގެ ނަމުގައި މިކަން ކުރުމެވެ. ފައިސާ ހަވާލުކޮށްދޭނީ ދެވިހި ރެޑް ކްރެސެންޓްއާ ގުޅިގެން ކަމެވެ. ފައިސާގެ ކަންކަމުގައި ދެފުށް ފެންނަ ގޮތަކަށް ކަންކުރުމާއި އޭގައި އެއްވެސް ގޯހެއް އުޅުނަ ނުދިނުމުގެ ގޮތުން ބޭނުންކުރި މިނިވަން އޮޑިޓް ފާމެވެ.

ކޮންމެއަކަސް ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެ ޓީވީން ހިންގި ޓެލެތޯން މިވަނީ ވަރަށް ބޮޑަށް ކާމިޔާބުވި ހަރަކާތަކަށް ވެފައެވެ. ރާއްޖެޓީވީގެ ހީވާގި މުވައްޒަފުންނާ މެނޭޖްމަންޓް ގުޅިގެން ހިންގި މިހަރަކާތުން އަނެއްކާވެސް މިވަނީ އިތުރު ހަރުފަތެއް ގިރާ ކުރެވިފައެވެ. ރައްޔިތުންގެ ލޯބި އިތުރަށް ލިބި ރާއްޖެ ޓީވީއަށް ކުރާ އިތުބާރު އެތައް ގުނައަކަށް އިތުރުވެފައެވެ. ހަމަ އެހެންމެ ރާއްޖެ ޓީވީ މެދުވެރިވެގެން ދިވެހިރައްޔިތުންނަށް ރީތި ނަމެއް ލިބުނީތީ އެއުފާވެސް ހާސިލް ކުރެވިފައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާKamana

2 މަސް ކުރިން

Gaamu keeh vaanee raajein falhurasheh sarukaarun hadaidheefa e nikamethi muslimunnah hiyaavahikameh dhiniyya...gaamu sarukaarah libey rufiyaa thakeh ves madeh nuvaane..aharemen ves beynun emyhunnah eheevaan.veriyakah huri meehaage dharaja ves mathiverive meehunge heyo dhua ves libeyne

0
0
Kamana

2 މަސް ކުރިން

Gaamu keeh vaanee raajein falhurasheh sarukaarun hadaidheefa e nikamethi muslimunnah hiyaavahikameh dhiniyya...gaamu sarukaarah libey rufiyaa thakeh ves madeh nuvaane..aharemen ves beynun emyhunnah eheevaan.veriyakah huri meehaage dharaja ves mathiverive meehunge heyo dhua ves libeyne

0
0