20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އިދިކޮޅު ކޯލިޝަން

ފްލެޓް ލިބުނު މީހުންގެ ނަންތައް ހަމާ ނުކުރީ މަކަރާ އޮޅުވާލުންތައް ހުރީމަ: އިދިކޮޅު އިއްތިހާދު

  • ފްލެޓް ހޯދަން ކޮރަޕްޝަންގެ އަމަލު ބައެއް ފަރާތްތަކުން ހިންގި ކަމަށް މައުލޫމާތު ލިބޭ
  • ހައްގު ނޫން މީހުނަށް ފްލެޓް ނުދީވާ ކަމަށް މައުލޫމާތު ލިބޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 ސެޕްޓެންބަރ 2017 | އަންގާރަ 18:07 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފު މައުލޫމާތު ދެއްވަނީ:-- -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ފަޒީން

ފްލެޓް ލިބުނު މީހުންގެ ނަންތައް ހައުސިން މިނިސްޓްރީން ހާމަ ކޮށްފައި ނުވަނީ ފްލެޓްދިނުމުގައި މަކަރާއި ހީލަތް ހަދާފައި ވާތީ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ކޮރަޕްޝަން އެކުލެވޭނެ ގޮތަށް ފްލެޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ..

 

"އެއް މައްސަލަ އެބަހުރި ފާހަގަ ކުރެވިފައި ދެ ލައްކަ ވަަރަކަށް ރުފިޔާ ހައުސިން މިނިސްޓްރީގެ ބައެއް ފަރާތްތަކަށް ހުށައަޅައިގެން އޭގެ ބަދަލުގައި ފްލެޓް ހޯދާފައި. އެހެންވީމަ މި ފުރުސަތުގައި އަޅުގަނޑު ފާހަގަ ކުރަން އެފަދަ ގޮތްގޮތަށް ކޮރަޕްޝަން އެކުލެވޭ ގޮތަށް ފްލެޓް ހޯދާފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ. ހަމަ މިއާއެކީގައި މެޑަމް ފާތިމަތު އިބްރާހިމް ހިންގަވާ  އޮފީސް މެދުވެރިކޮށް ވެސް ގިނަ ބަޔަކަަށް ފްލެޓް  ދިނުމަށް މަސައްކަތް ކޮށްފައިވާކަން އަޅުގަނޑުމެނަށް ވަނީ މައުލޫމާތު ލިބިފައި،" މަހްލޫފު ވިދާޅުވި އެވެ.  

 

ފްލެޓް ލިބިފައިވާމީހުންގެ ނަންތައް ހާމަ ކުރުމަށް ވުރެ ބޮޑަށް ދެ ފުށްފެންނަ ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށާއި ފްލެޓް ނުލިބުނު މީހުނަށް ނުލިބުނު ސަބަބު އެނގެން ޖެހޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.

 

"މިކަންކަން ދިރާސާކޮށް ބެލިއިރު މައުލޫމާތު ލިބިފައި އެބަހުރި 100 ޕޮއިންޓް ލިބިފައިހުރި ފަރާތަައް (ފްލެޓް) ނުލިބި 60 ޕޮއިންޓް ލިބުނު ފަރާތްތަކަށް ލިފައި އެބަހުރި. އެހެންވީމަ 100 ޕިޮއިންޓް ލިބުނު މީހާއަށް އެބަ އެނގެން ޖެހޭ ކީއްވެގެން ކަން ތިމަންނާއަށް ނުލިބި 60 ޕޮއިންޓް ލިބުނު މީހާއަށް ފްލެޓް ލިބިފައި ހުރީ ކީއްވެކަން،" އޭނާ ވިދާޅުވި އެވެ.

 

މީގެ އިތުރުން ފްލެޓް ދޭން ޖެހޭ މީހުން ޔަގީން ކުރުމަށް އެގޭގެއަށް ގޮސް ބަލާ ޗެކް ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ފްލެޓް ދީފައިވަނީ އޭގެ ހައްގުވެރިންނަށްކަން މީހާރު އެނގޭނެ ގޮތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

 

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓް މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން އިއުލާންކުރި އިރު އެމީހުންގެ ނަންތައް ހާމަކޮށްފައެއްނުވެ އެވެ. އޭގެ ބަދަލުގައި ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ މި ފްލެޓްތައް ލިބޭ މީހުން އެ ލިސްޓުގައި، ނަމާއި އެޑްރެސް ފަދަ މައުލޫމާތު ނުހިމަނައި ފޯމު ނަންބަރު އެކަނި ޖަހާފައި އޮތުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

 

 މި ފްލެޓްތަަކަށް ގާތްގަނޑަކަށް 15،000 މީހުން ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ފްލެޓް ކަށަވަރުވެފައިވާ ކަމަށް ބުނެފައިވަނީ 661 މީހުނަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮތަރުކޮށީގައި ދިރިއުޅޭމީހާ

1 އަހަރު ކުރި

މިސަރުކާރުން ކުރާ އެއްކަމެއްވެސް ކޮރަޕްޝާނާ ނުލާ ނުކުރާނެކަން އެންމެނަށްވެސް އެނގޭ.

0
0