20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

އުރީދޫ ދިވެހި ޕްރިމިއާ ލީގު

ގްރީން ސްޓްރީޓާ މާޒިޔާ މެޗުގެ ރެފްރީ ސަސްޕެންޑު ކޮށްފި

 • ގްރީންއާ މާޒިޔާ ކުޅުނު މެޗުގައި ރެފްރީކަން ކޮށްފައިވަނީ މުހައްމަދު ނިއުޝާދު
 • ރެފްރީކަން ނުކުރެވޭގޮތަށް ވަގުތީގޮތުން ނައުޝާދު ވަނީ ސަސްޕެންޑު ކޮށްފަ
 • ެފްރީސް ޑިޕާޓްމަންޓާ މިހާރު ހަވާލުވެ ހުރި އަޙްމަދު އަމީޒުވެސް އެ މަގާމުން ވަނީ ވަކިކޮށްފަ
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 12 ސެޕްޓެންބަރ 2017 | އަންގާރަ 17:57 | |

މަގުބޫލް

 1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
 3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
 4. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
 5. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
 6. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
 7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
 8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ގްރީންއާ މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން -- އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ގްރީން ސްޓްރީޓް ކުޅުނު މެޗުގައި ރެފްރީކަން ކުރި ރެފްރީ ސަސްޕެންޑު ކޮށްފިއެވެ.

ގްރީންއާ މާޒިޔާ ކުޅުނު މެޗުގައި ރެފްރީކަން ކޮށްފައިވަނީ މުހައްމަދު ނިއުޝާދެވެ. މި މެޗުގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސުބޯލް އިލިއާ މެޗުގެ 51 ވަނަ މިނުޓުގައި ރެފްރީއާ ދިމާލަށް އެއްޗެއް ބުނި ކަމަށް ބުނެ  އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކިއެވެ. މިކަމާ ހިތްހަމަނުޖެހިގެން ގްރީންގެ ކުޅުންތެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް ރެފްރީ ނިއުޝާދް މެޗުގެ ކުޅުން ހުއްޓާލުމަށް ފަހު ދަނޑުން ފައިބައިގެން ދިޔައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ކުޅުން ހުއްޓާލާފައިވާއިރު އޭރު 1-0 އަކުން ކުރީގަ އޮތީ މާޒިޔާއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެފްރީކަން ކުރި އާދަމް ފަޒީލް ދެވަނަ ހާފަށް ނުކުމެފައި ނުވާއިރު ދެވަނަ ހާފުގައި ރެފްރީކަން ކުރަން ނުކުތީ މުހައްމަދު ނިއުޝާދެވެ. މީގެކުރިން ދެފަހަރެއްގެ މަތިން މި ރެފްރީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ގްރީންގެ ކޯޗު މުހައްމަދު ސޮބާހް ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ބުންޏެވެ.

ސޮބާ ބުނެފައިވަނީ ނިއުޝާދު ރެފްރީކަންކުރި ބައެއް މެޗުތަކުގައި އޭނާ ނެގި ބައެއް ޑިސިޝަންތަކުގެ ސަބަބުން ގްރީންއަށް ޕޮއިންޓް ގެއްލިފައިވާ  ކަމަށެވެ. އެގޮތުން އޭނާ ބުނީ ނިއުއާ ދެކޮޅަށް ކުޅުނު މެޗާ ޓީސީއާ ދެކޮޅަށް ގްރީންއިން ކުޅުނު މެޗުގައި ރެފްރީ ނިއުޝާދު ގްރީންއާ ދެކޮޅަށް ނިންމި ބައެއް ނިންމުމުގެ ސަބަބުން އެ ޓީމަށް ޕޮއިންޓް ގެއްލިފައިވާތީ އެ ރެފްރީގެ މައްސަލަ އެފްއޭމްއަށް ހުށަހެޅި ކަމަށެވެ. އަދި ގްރީންއިން ކުޅޭ މެޗުތަކުގައި ނިއުޝާދު ރެފްރީއަކަށް ހަމަނުޖެއްސުމަށްވެސް އެދުނު ކަމަށް ސޮބާހް ބުންޏެވެ.

ހޯމަ ދުވަހުގެ ރޭ މެޗާ ބެހޭގޮތުން ސޮބާހް ބުނެފައިވަނީ ގްރީންއިން ތިބީ މެޗު ކުރިޔަށް ގެންދިޔުމަށް ކަމަށާ އެހެނަސް އެ ޓީމުން ނިއުޝާދުގެ ރެފްރީކަމުގެ ދަށުން މެޗު ކުޅެން ދެކޮޅު ހެދިކަމަށެވެ. އަދި މެޗުގެ ހަތަރު ވަނަ އޮފިޝަލެއް ހުއްޓައި ލައިންސްމަނެއްގެ ގޮތުގައި ހުރި ނައުޝާދު ރެފްރީއެއްގެ ގޮތުގައި އެރުބުމަކީ ގަވާއިދުތަކާ މުޅިން ހިލާފް ކަމެއް ކަމަށްވެސް ސޮބާހް ބުންޏެވެ.

މިކަމުގެ ސަބަބުން އެފްއޭމްގެ ރެފްރީސް ކޮމިޓީއިން ވަނީ އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި ވަކިގޮތެއް ނިމެންދެން، އެފްއޭމްގެ އެއްވެސް މުބާރާތެއްގެ މެޗެއްގައި ރެފްރީކަން ނުކުރެވޭގޮތަށް ވަގުތީގޮތުން ނައުޝާދު ސަސްޕެންޑު  ކޮށްފައެވެ.

ހަމައެހެންމެ އެފްއޭމްގެ ރެފްރީސް ޑިޕާޓްމަންޓް ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާ އެ އިދާރާގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އަލުން އެކުލަވާލަން ހަމަޖެހިފައިވާތީވެ، ރެފްރީސް ޑިޕާޓްމަންޓާ މިހާރު ހަވާލުވެ ހުރި އަޙްމަދު އަމީޒު ވެސް އެ މަގާމުން ވަނީ ވަކިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް