19 ފެބުރުއަރީ 2018 | ހޯމަ | ހިޔަވިހާ 6

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އަމިއްލައަށް އިސްނަގައިގެން 9 މީހުންގެ ޓީމަކުން ދެއްކި ފުރިހަމަ ނަމޫނާ

  • މި ޓީމުގެ ބެލެހެއްޓި ފަންޑު ފޮއްޓަށްވަނީ 68،342 ރުފިޔާ ލިބިފައި
  • ޓީމުގައި ހިމެނެނީ ދެ ފިރިހެނުންނާއި ހަތް އަންހެނުން
ސިމާހާ ނަސީމް | sim_kamana

| 12 ސެޕްޓެންބަރ 2017 | އަންގާރަ 17:40 | |ޓީމުގެ މެމްބަރެއް ރާއްޖެޓީވީއަށް އިންޓަވިއު ދެނީ -- ރާއްޖެއެމްވީ ފޮޓޯ : ސިމާހާ ނަސީމް

ރާއްޖެޓީވީން ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ "ދިވެހިން، ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯނަށް އަމިއްލަ އަށް އިސްނަގައިގެން 9 މީހުންގެ ޓީމަކުން ފުރިހަމަ ނަމޫނާ އެއް ދައްކައިފިއެވެ.

މި ޓީމުން ވަނީ ތިރީސް ގަނޑިއިރަށް ކުރިއަށް ގެންދިޔަ ޓެލެތޯންގައި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާގެ އެހީ ހޯދުމަށް އެހީތެރިވެފަ އެވެ. އެގޮތުން ފޮށި ބަހައްޓާފައިވަނީ ހުޅުމާލޭ ގެސްޓު ހައުސް އެއް ކަމަށްވާ ޔުރޭކާ އިން އާއި ހުޅުމާލޭ ރުއްގަނޑު ސަރަހައްދާއި ހުޅުމާލޭ ފެރީ ޓާރމިނަލް ގައެވެ.

ޓީމުން ވަނީ އެމީހުންގެ ޒަރޫރީ ބޭނުންތައް ޤުރުބާންކޮށް، ރޮހިންޖާގައި ހާލުގައި ޖެހިފައިވާ ތިބި މުސްލިމުންނަށް އެހީވުމަށްޓަކައި ނުހަނު ބުރަކޮށް މަސައްކަތް ކޮށްފައެވެ. މި ޓީމުގެ ފަރާތުން ވަރަށް ތަފާތު ކަމެއް ފާހަގަ ކުރެވިގެން ދިޔައެވެ. އެއީ ޔުރޭކާ ގެސްޓު ހައުސްގައި ފަންޑު ފޮށި ބަހައްޓާފައި ހުރި ވަގުތު، އެކި ޒާތްޒާތުގެ ތެޔޮތައް ބޭނުން ކޮށްގެން އާންމުންނަށް "ފޫޓް މަސާޖް" ނުވަތަ "ފައި މަސާޖް"ގެ ޙިދުމަތް ފޯރުކޮށްދިނުމެވެ. ހަމަ ޔަޤީނުން ވެސް ހިތްވަރާއި އަޒުމާއި ހުރެގެން ނޫނީ މިކަހަލަ ކަމެއް ކުރާކަށް އެކަކަށްވެސް ނުކެރޭނެ އެވެ.

މި ޓީމުގައި ހިމެނެނީ ދެ ފިރިހެނުންނާއި ހަތް އަންހެނުންނެވެ. ޓީމުގެ މެމްބަރެއް ކަމަށްވާ ފާތިމަތު ވަހީދާ ބުނީ ފަންޑު ފޮށި ބެހެއްޓި ސަރަހައްދުތަކުގައި އުންމީދުކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީ އެއް ލިބިފައިވާ ކަމަށެވެ.

މި ޓީމުގައި ހިމެނޭ އެންމެ ވަރުގަދަ އަންހެނެއް ކަމަށްވާ ނައީމާ މުހައްމަދު މަޝްހޫރު ނަމުންނަމަ "ނައިމާއްތަ" ބުނީ މިކަހަލަ ކަމެއް ރާއްޖެޓީވީން ކުރާތީ އެހީވާން ބޭނުންވެގެން މި ކަމުގައި ބައިވެރިވި ކަމަށެވެ.

ޓީމުގެ މެނޭޖަރެއްގެ ރޯލު އަދާކުރި ފާތިމަތު ސަމީރު ބުނީ މި މަސައްކަތް ކޮށްފައިވަނީ ވަރަށް ކުރާ ހިތުން ކަމަށެވެ. އަދި މި ކަހަލަ ކަމެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބުނީތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

މި ޓީމުން ބުނީ މިކަހަލަ ކަމެއްގައި ރާއްޖެޓީވީއާ އެއްކޮށް މަސައްކަތް ކުރަން ނިންމީ މުޅި ދުނިޔޭގެ ޚަބަރުތަކާއި ރާއްޖޭގެ ޚަބަރުތައް އެންމެ އޮޅުން ފިލާ ގޮތަށް ރާއްޖެޓީވިން ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރާތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ކަމަށެވެ..

މި ޓީމުގެ މަސައްކަތުންނާއި ދިވެހި އެންމެހާއި ރައްޔިތުންގެ ދީލަތި އެހީ އާއި އެއްކޮށް މި ޓީމުގެ ބެލެހެއްޓި ފަންޑު ފޮއްޓަށްވަނީ 68،342 ރުފިޔާ ލިބިފައެވެ.

މި ޓީމުގައި މަސައްކަތް ކުރި މީހުންނަކީ ފާތިމަތު ސަމީރު، މަރިޔަމް ވަހީދާ، ހަދީޖާ، ނަޝީދު، ޒަބީނާ، ނައީމާ (ނައިމާއްތަ)، އިހުސާނާ، ދޮންބެ އަދި ޝާހީން އެވެ.

   

     

 

   

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

5 މަސް ކުރިން

އައްސަރި ބަހުން ސާބަސް

0
0