22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

އިދިކޮޅު ފަރާތްތަކުގެ ބަޔާނުން ޕީޕީއެމްގެ ނަން އުނި ނުކޮށްފިނަމަ ފިޔަވަޅު އަޅާނަން: ޕީޕީއެމް

  • ޕީޕީއެމްގެ ނަން ބަޔާނުން އުނި ކުރުމަށް ވަނީ މިއަދު 3:00 އާ ހަމައަށް ވަގުތު ދީފައި
  • ރައީސް މައުމޫން އަށް ޕީޕީއެމްގެ ނަން ބޭނުން ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް
  • ވަކީލުން ސަސްޕެންޑް ކޮށްފައި ވަނީ ރަނގަޅަށް

| | | sahubaan | |ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރއިން -- ފޮޓޯ:ސަހުބާން ފަހުމީ

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 54 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުން ސަރުކާރު ހިންގާ ޕީޕީއެމްގެ ނަން އުނި ނުކޮށްފިނަމަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައި އިނގިރޭސި ބަހުން ޝާއިއުކޮށްފައިވާ ބަޔާނުގައި ޕީޕީއެމްގެ ނަން ބޭނުންކޮށްފައިވާތީ އެކަން ކުށްވެރިކޮށް އަންގާރަ ދުވަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ބަޔާނުން ޕީޕީއެމްގެ ނަން އުނިކޮށްދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަށް ސިޓީ ފޮނުވާފައި ވާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ބަޔާނުން ޕީޕީއެމްގެ ނަން އުނިކުރުމަށް އަންގާރަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމަ އަށް އިދިކޮޅު ފަރާތްތަކަށް ވަގުތު ދީފައި ވާނެ ކަމަށެވެ. އަދި ދީފައިވާ މުހުލަތުގައި ބަޔާނުން ޕީޕީއެމްގެ ނަން އުނި ނުކޮށްފިނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މުއައްސަސާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ. އަދި ބަޔާނުން ޕީޕީއެމްގެ ނަން އުނިކުރުމަށް އެދި އިދިކޮޅު ފަރާތްތަކަށް ފޮނުވި ސިޓީގެ ކޮޕީ ކަމާ ބެހޭ މުއައްސަސާތަކަށް ވެސް ފޮނުވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްގެ ނަން ބަޔާނުގައި ބޭނުންކޮށްފައިވަނީ ގަބޫލުކުރައްވާ ގޮތުގައި އިދިކޮޅުގައި ރައީސް މައުމޫން ހުންނެވުމުން ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ނަން ރައީސް މައުމޫން މިހާރު ބޭނުން ކުރެއްވުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްގެ ނަން ބަޔާނުގައި ބޭނުންކޮށްފައިވަނީ ގަބޫލުކުރައްވާ ގޮތުގައި އިދިކޮޅުގައި ރައީސް މައުމޫން ހުންނެވުމުން ކަމަށެވެ. ކުރިން ޕީޕީއެމްގެ ރައީސް، މައުމޫން އަދާ ކުރެއްވުމަކީ ޕީޕީއެމްގެ ނަން ބޭނުން ކުރުމުގެ ފުރުސަތު ރައީސް މައުމޫން އަށް ލިބެން ޖެހޭ ކަމެއް ނޫން ކަމަށެވެ. ޕީޕީއެމްގެ ނަމުގައި ރައީސް މައުމޫން ބަޔާންތައް ނެރޭނަމަ ރައީސުލްޖުމްހޫރީއްޔާގެ ހައިސީއްޔަތުން ވެސް ރައީސް މައުމޫން ބަޔާންތައް ނެރެން ފަށާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ގާނޫނުތަކާ ހިލާފަށް ކަންތައްތައް ކުރީމަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެގޮތުން ޑީޖޭއޭ އިން ވަކީލުން ސަސްޕެންޑް ކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާރީފް ވިދާޅުވީ 200 ވަކީލުން ނަމަވެސް ގޯހެއް ހަދައިފިއްޔާ އެވާނީ ގޯހަކަށް ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް 'ސަން' އަށް ވިދާޅުވީ ސަސްޕެންޑް ކުރި ވަކީލުންގެ ކުރީ ސަފުން ފެނިގެންދިޔައީ "ވަކި ފިކުރަކަށް ތަބާވާ، ވަކި ފިކުރެއް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް" ކަމަށެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާމައްސަލާގައި

2 މަސް ކުރިން

ބިރުން ފިއްކަނޑައިގެންގޮސްފަ މިތިބީ

0
1