21 ސެޕްޓެންބަރ 2017 | ބުރާސްފަތި | އުތުރަ 1

ޗެމްޕިއަންސް ލީގު: މިރޭގެ މެޗަކީ ބަދަލު ހިފުމެއް ނޫން: ވަލްވާޑޭ

  • މިރޭގެ މެޗު ފަށާނީ ރާއްޖޭގެ ގަޑިން 23:45 ގައި

| | | @A_HaNnAAn_M | |



ދެޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ މެސީ އަދި ހިގައިން -- ފޮޓޯ:ގޫގުލް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަނީ އެ ކްލަބުގެ ކިބައިން ބަދަލު ހިފުމަށް ނޫން ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ވަލްވާޑޭ ބުނީ ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސާ ކެޓީ ޔުވެންޓަސް އަތުން ބަލިވެގެން ކަމަށާއި އެހެންނަމަވެސް މިރޭގެ މެޗަކީ އެކަމުގެ ބަދަލު ހިފުމެއް ނޫންކަމަށެވެ.

މިރޭގެ މެޗަކީ ޔުވެންޓަސްގެ ކިބައިން ބަދަލު ހިފަން ބާސާއަށް ލިބިފައިވާ ރަނގަޅު ފުރުސަތެއް ކަމަށް ގިނަބަޔަކު ގަބޫލުކުރި ނަމަވެސް ވަލްވާޑޭ ވަނީ  މިރޭގެ މެޗަށް ބާސާއިން ނިކުންނަނީ ބަދަލު ހިފުމުގެ ވިސްނުމުގައި ނޫންކަމަށް ބުނެފައެވެ.

އިތުރަށް ވާހަކަދައްކަމުން ވަލްވާޑޭ ބުނީ މިދިޔަ ސީޒަނުގައި ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަން ބޭނުން ނުވާކަމަށާއި އެއީ މިހާރު މާޒީކަމަށެވެ. މީ މުޅިން އާ ސީޒަނެއް ކަމަށާއި މިހާރު ވިސްނުން ހުރީ ރަނގަޅު ކުޅުމެއް ދައްކާ މި ސީޒަނުގަ ރަނގަޅު ނަތީޖާއެއް ނެރެވޭތޯކަމަށްވެސް އޭނާ ބުންޏެވެ.

" މާޒީއާ މެދު ވާހަ ދެއްކުމުގެ ބޭނުމެއް ނެއް. މިދިޔަ އަހަރަކީ މާޒީ، އަހަރެން މިހާރު މި ވިސްނަނީ މިފަހަރުގެ ސީޒަނަށް." ވަލްވާޑޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ޔުވެންޓަސް އާއި ބާސާ މިރޭ ބައްދަލުކުރާއިރު މި ދެ ޓީމު ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި ވެސް ބައްދަލުކޮށްފައެވެ. އެފަހަރު ބާސާގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ސެމީއިން ޖާގަ ހޯދާފައިވަނީ ޔުވެންޓަސްއިންނެވެ.

މިރޭގެ މެޗާ ކުރިމަތިލާއިރު ބާސާ އަދި ޔުވެންޓަސް ވެސް އޮތީ ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދެ ޓީމުވެސް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

އެހެން ނަމަވެސް މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތައް ޔުވެންޓަސްއަށް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އަނިޔާގެ ސަބަބުން މި މެޗުގައި ޔުވެންޓަސްގެ ތަޖުރިބާކާރު ޑިފެންޑަރު ކިއެލީނީ އާއި މާރިއޯ މަންޒުކިޗް އަދި މަކީޒިއޯ އާއި ކެދީރާ ނުކުޅޭނެއެވެ.

ބާސާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 23:45 ގައެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ