22 މެއި 2018 | އަންގާރަ | 03 ރޯނު

ފަރްހާން އަޚްތަރު

ފިލްމެއް ހިންގުމަށް ރަނގަޅު ކޮންޓެންޓެއް ބޭނުންވޭ:ފަރްހާން އަޚްތަރު

  • ފަރްހާނުގެ "ލަކްނައު ސެންޓްރަލް" ސިނަމާތަކަށް އަންނާނީ މިމަހުގެ 15 ވަނަ ދުވަހުގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 12 ސެޕްޓެންބަރ 2017 | އަންގާރަ 11:44 | |




ފިލްމެއް ރަނގަޅަށް ހިނގައިގަތުމަށް ރަނގަޅު ކޮންޓެންޓަކީ މުހިއްމު އެއްޗެއްކަމަށް ފަރްހާން އަޚްތަރު ބުނެފިއެވެ.

ފަރްހާން އަޚްތަރުގެ އެންމެ ފަހުގެ ފިލްމު "ލަކްނައު ސެންޓްރަލް" އާއި ބެހޭގޮތުން ވާހަކަދެއްކުމަށް ބޭއްވި އިވެންޓެއްގައި އޭނާ ބުނީ ކޮންމެ މޮޅު ފިލްމެއް އުފެއްދިކަމުގައިވިއަސް އެ ފިލްމެއް ހިނގާނީ މޮޅު ކޮންޓެންޓެއް ގެނެސްދެވިގެންކަމަށެވެ. ފަރްހާން ބުނީ ފިލްމު ހިނގާނީ ވަކި މޮޅު ނުވަތަ މަޝްހޫރު މީހަކު އެފިލްމެއްގައި އުޅެގެން ނޫންކަމަށާއި އެކަން ކުރިން ނިކުތް ފިލްމުތަކުން އެނގިއްޖެކަމަށެވެ.

ފަރްހާނުގެ "ލަކްނައު ސެންޓްރަލް" ސިނަމާތަކަށް އަންނާނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

މި ފިލްމުގައި އެކްޓު ކޮށްފައިވަނީ ފަރްހާނުގެ އިތުރުން ގިޕީ ގްރޭވަލް، ރާޖޭޝް ޝަރްމާ އަދި އިނާމުލާގް އެވެ.

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް