22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ޓެލެތޯން ފަންޑަށް ރައީސް މައުމޫނާއި މެންބަރު ފާރިސް އެހީ ހަދިޔާކުރައްވައިފި

  • ދެބޭފުޅުންވެސް އެހީ ހަދިޔާކުރެއްވީ ހޯމަ ދުވަހުގެ މެންދުރު
  • ފާރިސް އެހީ ހަދިޔާކުރެއްވީ ޖަލުގައި ހުންނަވައިގެން
  • ފަންޑަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިގެންގޮސްފައިވޭ

| | | @IxmaealNaail | |ރާއްޖެޓީވީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދިވެހިން، ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯން ފަންޑަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމާއި، މިވަގުތު ޖަލުގައި ހުންނެ -- ފޮޓޯ:އިސްމާއިލް ނާއިލް ނަޝީދު

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދިވެހިން، ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯން ފަންޑަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމާއި، މިވަގުތު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން އެހީ ހަދިޔާ ކުރައްވައިފިއެވެ.

މި ދެބޭފުޅުން ފަންޑަށް އެހީ ހަދިޔާ ކުރައްވާފައިވަނީ ހޯމަ ދުވަހުގެ މެންދުރުއެވެ.

ރައީސް މައުމޫނާއި މެންބަރު ފާރިސްގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ބައެއް އެހެން ބޭފުޅުން މި ފަންޑަށް އެހީވެލައްވާފައިވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް އިތުރު މެންބަރުންނާއި، ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ކައުންސިލަރުން ވަނީ މި ފަންޑަށް އެހީވެލައްވާފައެވެ.

 މީގެ އިތުރުން، ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުންނާއި ކަންމަތީ ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ފަރުދުންގެވެސް ވަރަށް ބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ވަނީ ލިބިގެން ގޮސްފައެވެ. އަދި މި ޓެލެތޯނުގައި ރާއްޖޭގެ 19 ރަށެއްގެ ކައުންސިލުން ބައިވެރިވެފައިވާއިރު، އަތޮޅު ތެރެއިންވެސް ފަންޑަށް ވަނީ ބޮދު ތަރުހީބެއް ލިބިފައެވެ.

ހުއްޓުމެއްނެތި 30 ގަޑިއިރަށް، ޓެލެތޯންއަކާއި އެކު އެހީ ހޯދުމަށް ކުރިއަށްގެންދިޔަ ކެމްޕެއިން ހޯމަ ދުވަހުގެރޭ 20:30 ގައޮ ނިންމިއިރު، މި ފަންޑަށް ވަނީ 4 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކަށް ފައިސާގެ އެހީ ލިބިފައެވެ. ދިވެހި ރައްޔިތުންގެ ފަރާތުން، މި ފައިސާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ރާއްޖެޓީވީން ނިންމާފައިވަނީ މޯލްޑިވްސް ރެޑް ކެރެސެންޓް މެދުވެރިކޮށެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ