18 ފެބުރުއަރީ 2018 | އާދީއްތަ | ހިޔަވިހާ 5

ޓެލެތޯނަށް ހަތަރު މިލިއަން ރުފިޔާ ލިބިއްޖެ

  • މި ޓެލެތޯނުގައި ރާއްޖޭގެ 19 ރަށެއްގެ ކައުންސިލުން ބައިވެރިވެފައިވޭ
  • ފައިސާގެ އެހީގެ އަދަދު ހަތަރު މިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ
  • މި ޓެލެތޯނަކީ އަމިއްލަ ޓީވީ ސްޓޭޝަނަކުން އިސްނަގައިގެން ހިންގި އެންމެ ކާމިޔާބު ޓެލެތޯން
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 12 ސެޕްޓެންބަރ 2017 | އަންގާރަ 00:24 | |ރާއްޖެޓީވީ ކައިރީގައި ހުރި ފަންޑު ފޮއްޓަށް ތުއްތު ކުއްޖަކު ރުފިޔާ ހަދިޔާކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދިވެހިން، ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯނަށް ލިބުނު ފައިސާގެ އެހީގެ އަދަދު ހަތަރު މިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެއެވެ.

ރާއްޖެޓީވީގެ ސީއޯއޯ ޙުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:42 އިން ފެށިގެން ހޯމަ ދުވަހުގެ ރޭ 8:30 އަށް ކުރިއަށް ގެންދިޔަ މި ޓެލެތޯނަކީ އަމިއްލަ ޓީވީ ސްޓޭޝަނަކުން އިސްނަގައިގެން ހިންގި އެންމެ ކާމިޔާބު ޓެލެތޯން ކަމަށެވެ.

"ރާއްޖެ ޓީވީގެ ހުރިހާ މުވައްޒަފުންނާއި މެނޭޖްމެންޓްގެ ފަރާތުން ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން، މިފަދަ ބޮޑު ދީލަތި ކަމެއް ދެއްކެވީތީ،" ފިޔާޒު ވިދާޅުވި އެވެ. 

މި ފަންޑަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުންނާއި ކަންމަތީ ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލްތަކާއި ކުލަބު ޖަމިއްޔާ ތަކުންނާއި އަދި އަމިއްލަ ފަރުދުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ލިބިގެންވަނީ ގޮސްފައެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެން މި ޓެލެތޯނަށް އެހީވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށާއި އަދި އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފިޔާޒް ވަނީ ރާއްޖެޓީވީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. މި ޓެލެތޯނުގައި ރާއްޖޭގެ 19 ރަށެއްގެ ކައުންސިލުން ބައިވެރިވެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދިވެހިޔާމީން

5 މަސް ކުރިން

ގައުމުގެ ބޮޑެތި ވަގުންނަށް ތިދެވެނީ ކޮންމެސެޖެއްބާ؟ފަސޭހަފައިސާ

0
1