19 ފެބުރުއަރީ 2018 | ހޯމަ | ހިޔަވިހާ 6

ޓެލެތޯނަށް ލިބުނު ފައިސާ ރައްކާތެރިކަމާއެކު އުފުލައިދިނުމަށް ގޭޖްއާ ހަވާލުކޮށްފި

  • މިފައިސާ އުފުލާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ސެކިއުރިޓީ ވަރުގަދަ ފޮއްޓެއްގައި
  • މިފައިސާ ރޮހިންޖާ މުސްލިމުންނާ ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރެޑްކްރެސެންޓް މެދުވެރިކޮށް
އަހުމަދު މުހުސިނު | dhonbandaara

| 11 ސެޕްޓެންބަރ 2017 | ހޯމަ 23:45 | |ޓެލެތޯނުން ލިބުނު ފައިސާތައް ގުނަނީ -- ޓްވިޓަރ

ދިވެހިރައްޔިތުންގެ ނަމުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން އިސްނަގައިގެން ހިންގި ޓެލެތޯނަށް ލިބުނު ފައިސާ ރައްކާތެރިކަމާއެކު އުފުލައިދިނުމަށް ގޭޖް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެއްޖެއެވެ.

ރާއްޖެ ޓީވީން އިންތިޒާމުކޮށްގެން ބޭއްވި ޓެލެތޯނަށް ހަތަރު މިލިއަން ރުފިޔާ ލިބިފައިވާއިރު، ގޭޖް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ހަސަން ހަމީދު ވިދާޅުވީ އެ ފައިސާ އުފުލައިދިނުމުގައި އެކުންފުނިން ބޭނުން ކުރާނީ ވަރަށް ރައްކާތެރި ފީޗަރސް ތަކެއް އެކުލެވޭ އެއްތަނުން އަނެއްތަނަށް ފައިސާ ޓްރާންސްފަރ ކުރުމުގައި ދުނިޔޭގެ ފެންވަރުގައި ބޭނުން ކުރާ ފޮށިތަކެއް ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެފޮށިތަކުގައި ފައިސާ އުފުލަނިކޮށް ބަޔަކު އައިސް އެއިން ފޮއްޓެއް ޖަހައިގެން ފިލަން އުޅެފިނަމަ ވަގުތުން އެފޮށީގެ ރިމޯޓްގެ ބަޓަނަކަށް ފިއްތާލެވޭނެ ކަމަށާއި އެޔާއެކު ފޮއްޓަށް ކަރަންޓް އަންނާނެ ކަމަށެވެ. އަދި އެޔާއެކު ފޮށި ހިފައިގެންދާ މީހެއްގެ ގަޔަށްވެސް ކަރަންޓް އައިސް އެމީހަކު ވެއްޓޭވަރުގެ ވަރުގަދަ ޝޮކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފޮށި ގެންގޮސް ކަފާލާ އެއަށް ގެއްލުމެއް ދޭން އުޅުނަސް ހަމަ އެގޮތައް ކަރަންޓް އަންނާނެ،" ހަމީދު ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ޗީފް އިޕަރޭޓީން އޮފިސަރު ފިޔާޒު ވިދާޅުވީ މިފަދަ އިންތިޒާމުތަކެއް ހަމަޖެއްސީ، ޓެލެތޯނަށް ލިބުނު ފައިސާއަކީ ދިވެހިރައްޔިތުންގެ ފައިސާ ކަމަށް ގަބޫލުކުރާތީ ވީހާ ވެސް ރައްކާތެރިކަމާއެކު އެ ފައިސާ ބަލަހައްޓާކަން ޔަގީންކޮށް ދިނުމަށް ކަމަށެވެ.

"އަޅުގނޑުމެންގެ ބޭނުމަކީ މި މަސައްކަތުގެ އަލިފުން ޔާއަށް ވެސް ރައްޔިތުންގެ އިތުބާރު އޮންނާނެ ގޮތަށް ކަންކަން ކުރުން،" ފިޔާޒު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މޫސަ

5 މަސް ކުރިން

ތިޔަފައިސާ ހަމަޔަން ގޭޖުއާހަވާލު ކޮއްދިނިއްޔާވެސްރަގަޅު

1
0