19 ފެބުރުއަރީ 2018 | ހޯމަ | ހިޔަވިހާ 6

އދ. އިން މިޔަންމާއަށް ކަނޑައަޅާފައިވާ މަންދޫބުގެ ޝުކުރު ދިވެހިންނަށް

  • ޔަންގްހީ ލީ ވިދާޅުވީ ދިވެހިންގެ އިސްނެގުމުން އިންސާނިއްޔަތުކަމަށް އިހުތިރާމްކުރާ މިންވަރު ދޭހަވާ ކަމަށް
އައިޝަތު ޝާނީ | Shaaknee

| 11 ސެޕްޓެންބަރ 2017 | ހޯމަ 19:27 | |



ޕްރޮފެސާ ޔަންގްހީ ލީ -- ގޫގުލް

ދިވެހިރާއްޖެއިން އިސްނަގައިގެން ހާލުގާ ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފަށާފައިވާ މަސައްކަތަށްޓަކައި އދ. އިން މިޔަންމާގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް ކަނޑައަޅާފައިވާ މަންދޫބު ޕްރޮފެސާ ޔަންގްހީ ލީ ދިވެހިންނަށް ޝުކުރު އަދާކޮށްފި އެވެ.

ރާއްޖެޓީވީއިން ކުރިއަށް ގެންދާ "މޯލްޑިވިއަންސް ވިތު ރޮހިންޖާ" ޓެލެތޯނަށް، ދެކުނު ކޮރެއާގެ ސޯލްގައި ހުންނަވާ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ލީ ވިދާޅުވީ ދިވެހިންގެ އިސްނެގުމުން އިންސާނިއްޔަތުކަމަށް އިހުތިރާމްކުރާ މިންވަރު ދޭހަވާ ކަމަށެވެ.

"މި ޝޯވ އިން ވަގުތުކޮޅެއް ލިބުމުން ވަރަށް އުފާކުރަން. ދިވެހިރާއްޖެއިން އިސްނަގައިގެން މިފަދަ ޓެލެތޯނެއް ކުރިއަށް ގެންދިއުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް. މީގެން ދައްކުވައިދެނީ އިންސާނިއްޔަތުކަމާއި، އިންސާނުންގެ އަސާސީ ހައްގުތަކަށް އިހުތިރާމްކުރާ މިންވަރު. އިންސާނަކަށް ވުމުން ލިބޭ އަސާސީ ހައްގުތަކަށް އިހްތިރާމްކުރާ މިންވަރު މިކަމުން ދައްކުވައިދޭ،" ޔަންގްހީ ލީ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެޓީވީގެ ޓެލެތޯނުން ދެ މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ހޯދާފައިވާއިރު، މިފައިސާގެ އެހީ ރޮހިންޖާގެ މީހުންނަށް ފޯރުކޮށްދެވޭނެ ތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ލީ ވިދާޅުވީ ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ ރޮހިންޖާގެ މީހުންނަށް އެހީވުމަށް އެސަރަހައްދުގައި ބައިނަލްއަގުވާމީ އެޖެންސީތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެފަރާތްތަކަށް ވެދޭ ކިތަންމެ ކުޑަ އެހީއަކީވެސް ބޭނުންތެރި އެހީއެއް ކަމަށް ލީ ވިދާޅުވި އެވެ.

ކިތަންމެ ކުޑަ އެހީއަކީވެސް ވަރަށް ބޭނުންތެރި އެހީއެއް. އެއީ މިހާ ގިނަ އަދަދެއްގެ ބަޔަކަށް އެހީވުމަށް ބަންގްލަދޭޝަށް ބޭނުންވާ އެހީތެރިކަމެއް. އަދި ހާއްސަކޮށް ރޮހިންގާއިންނަށް. ކާނާގެ އެހީތެރިކަމާއި، ސިއްހީ އެހީތެރިކަމާއި އަދި ދިގު މުއްދަތަކަށް ނަފްސާން އިޖުތިމާއީ އެހީތެރިކަން ބޭނުންވާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތް. މީހުން މަރާ މަންޒަރު ފެނުނު ކުޑަކުދިން އަދި އެމަންޒަރުތައް ފެނުނު އަދި މިހަ އުދަނގޫ ދަތުރެއް ކުރި މީހުންނަށް ވެސް ދިގު މުއްދަތަކަށް އެހީތެރިކަން ބޭނުންވާނެ،" ޔަންގްހީ ލީ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް