19 ފެބުރުއަރީ 2018 | ހޯމަ | ހިޔަވިހާ 6

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

  • އޮގަސްޓް 25 ހުން ފެށިގެން ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިޔާތައްވަނީ އިތުރުވެފައި
  • ބަންގްލަދޭޝް އަށް އަންނަ 80 ޕަސެންޓް މީހުންނަކީ އަންހެނުން
  • 270000 މީހުން ވަނީ ބަންގްލަދޭޝް އަށް ގޮސްފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 11 ސެޕްޓެންބަރ 2017 | ހޯމަ 07:43 | |ބަންގްލަދޭޝް ބޯޑާ ހުރަސް ކުރި ރޮހިންޖާ މުސްލިމުންތަކެއް -- އާކައިވް

ރޮހިންޖާ މުސްލިމުންގެ ގިނަ ބަޔަކު އެގައުމު ދޫކޮށް ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ޖަމާވަމުންދަނީ އެއް ކަމެއް ހާސިލު ކުރުމަށެވެ. އަމާންކަމާ ރައްކާތެރިކަން ހޯދުމުގެ ބޭނުމުގަ އެވެ. މިޔަންމާގެ ސިފައިން ހިންގަމުންދާ ޖަރީމާތައް ބަލަން އަމިއްލަ ވަޒަނުގައި ކެތް ނުވެގެންނެވެ.

އެގޮތުން ހާހުން މީހުންތައް އަންނަނީ ބަންގްލަދޭޝްގެ ބޯޑާ ސަރަހައްދަށް އަންނަމުންނެވެ. އޭގެ ތެރެއިން 80 ޕަސެންޓަކީ އަންހެނުންނާ ކުޑަކުދިންނެވެ. ބަންގްލަދޭޝްއަށް އަންނަ މި ދަތުރުގައި އެތައް ބަޔަކު އަންނަނީ ދުރު ހިސާބުތަކަށް ހިންގަމުންނެވެ. އަންނަ މަގުމަތީގައި ވެސް ބޯޑާ ހުރަސް ކުރެވޭނެ ޔަގީން ކަމެއް ނޯވެ އެވެ. މިޔަންމާގެ ސިފައިންނަށް ފެނިދާނެތީ އެވެ.

"މިއީ އަހަރެން މިހާތަނަށް ކުރި އެންމެ އުނދަގޫ ކަންތައް،" އުމުރުން 22 އަހަރުގެ ތަހެރާ ބޭގަމް ބުންޏެވެ. އޭނާ ވަނީ އޭނާގެ ދެ ވަނަ ދަރިއަށް ބަންގްލަދޭޝްއަށް އާއި މަގުމަތީގައި ޖަންގަލިތަކުގެ ތެރޭގައި ވިހާފަ އެވެ. ވިޔަން ޖެހުމުން އިތުރު ތަކްލީފުތަކެއް ކުރިމަތިވި އެވެ.

 

މިދިޔަ އޮގަސްޓް 25 ހުން ފެށިގެން މިޔަންމާގެ ރަޚައިން ސްޓޭޓުގައި އަންނަނީ ލާއިންސާނީ އެތައް އަމަލުތަކެއް ހިންގަމުންނެވެ. މިކަންކަމުގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ކުޑަކުދިން ވަރަށް ގިނަ އެވެ.

"އަހަރެމެން ގެންގޮސް ރައްކާތެރިކަން ދޭނީ ކާކު؟" ހަލީމާ ބުންޏެވެ. ހަލީމާ އަކީ މިޔަންމާގެ ސިފައިންގެ އަނިޔާ ތަހައްމަލު ކުރަން ޖެހުނު އަންހެނެކެވެ. އެގޮތުން އޭނާގެ ދަރިންގެ ކުރިމަތީގައި ފުލުހުން އައިސްވަނީ އޭނާއަށް އަނިޔާކޮށް އެތަން މިތަނުގައި ޖަހާފަ އެވެ.

ގާތްގަނޑަކަށް 270،000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް ބޯޑާ ސަރަހައްދުން ރައްކާތެރިކަން ހޯދަމުންދާ އިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ބަންގްލަދޭޝްއަށް ގޮސްފައިވާ ރޮހިންޖާ މުސްލިމުންގެ އަދަދު 450،000 އަރާނެ އެވެ.

ބަންގްލަދޭޝް ބޯޑަރާއި ހަމައަށް އަންނަ ގިނަ ފަރާތްތަކުން ތަޖުރިމާކޮށްފައިވާ ކަންކަމަކީ ވަރަށް އާދަޔާ ހިލާފު ކަންތައްތަކެވެ. އެގޮތުން ސަލްމާ ހަތުމް އަކީވެސް އޭގެ ތެރެއިން އެކެކެވެ. އޭނާ ބޯޑާ ހުރަސްކޮށް ބަންގްލަދޭޝްއަށް އައިސްފައިވަނީ ފިރިހީމާ އާއި ފަސް ކުދިންނާ އެކު އެވެ. އޭނާއާއި އޭނާގެ ކުދިން އެއްވެސް އެއްޗެއް ނުކާތާ ދެ ދުވަސްވީ އެވެ.

އުމުރުން އެންމެ 17 އަހަރުގެ މުހައްމަދު އަޔާޒަށް އޭނާގެ އާއިލާގެ އެންމެން ގެއްލިގެންދިޔައީ ބޮމެއް ގޮއްވާލި ހާދިސާގަ އެވެ. އޭނާވެސް ވަނީ އެހާދިސާގައި ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އޭނާ ޒަހަމްތަކާ އެކު ބަންގްލަދޭޝްއަށް އާދެވުނީ ހަމަކިރިޔާ އެވެ.

އަމަނުﷲ މިޔަންމާގެ ޖަންގަލިތަކުގެ ތެރެއިން މިޔަންމާގެ ސިފައިންގެ ބަޔަކަށް ފެނި ވަނީ ބަޑިޖާފަ އެވެ. އޭނާގެ އަތް ވަަރަށް ބޮޑަށް ޒަހަމްވެފައިވާ އިރު އޭނާއަށް ޖަންގަލީގެ ތެރޭގައި ދެ ދުވަސް ވަންދެން މިޔަންމާގެ ސިފައިންނަށް ފިލަންޖެހުނެވެ.

"ސަލާމަތްވާން ބޭނުންނަމަ، އަހަރެމެން ދިރިއުޅޭ ސަރަހައްދު ދޫކޮށް ދިއުން ގޮތެއް ނެތް.ގޭގަ އިންނަ މީހަކަށް ސަލާމަތެއް ނެތް." އަބްދުލް ހާލިދު ބުންޏެވެ. އޭނާގެ އާއިލާގެ 12 މީހުންނާ އެކު އޭނާ މިހާރު އުޅެނީ ބަންގްލަދޭޝް ބޯޑާ ސަރަހައްދުގަ އެވެ.

މިއީ ރޮހިންޖާ ބައެއް މީހުންގެ ވާހަކަ އެވެ. މިފަދަ އެތަށް ބަޔެއްގެ އައިލާގެ މީހުންނާ ވަކިވެ، ހިތްދަތިކަން ދަނީ ތަހައްމަލު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް