22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި

  • މިޔަންމާ ސިފައިން ދަނީ ރޮހެންޖާ މުސްލިމުން މަރަމުން

| | |ފައި މަގުގައި ބޯޑަރު ހުރަސްކުރި 80 އަހަރުގެ އަންހެން މީހާ -- ފޮޓޯ:ރާއްޖެ އެމްވީ

މިއީ އާދަޔާ ހިލާފު އަންހެނެކެވެ. ދުނިޔޭގެ އެންމެ ބަދުނަސީބު މީހުންނަށް ވެފައިވާ ރޮހެންޖާ މުސްލިމުންނަށް، މިޔަންމާގެ ސިފައިން ދެމުންދާ ލާއިންސާނީ އަނިޔާއިން ސަލާމަތްވުމަށް ކޮންމެ ދުވަހަކު ވެސް އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް މިޔަންމާ ދޫކޮށް ނުކުމެގެންދެ އެވެ.

އުއްމީދެއް ނެތެވެ. ފުރާނަ އަތްމައްޗަށް ލައިގެން ގިނަ މީހުން ދަތުރު ފަށަނީ އަވައްޓެރި ބަންގްލަދޭޝްއަށް އެތެރެވުމަށެވެ.  ނަމަވެސް މަންޒިލާ ހަމައަށް ވާސިލްވެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ބަނޑުހައި ހޫނުކަމުގައި ހުރެ، ގަދަ އަވީގެ ތެރޭގައި އެ ބައިމީހުންގެ މި ދަތުރު ކުރަން ޖެހެނީ ޗަކަ ބިންތަކާއި ކޯރުތަކާއި ފަރުބަދަތައް މަތިންނެވެ. އަނެއް ބަޔަކު ކަނޑުމަގުންނެވެ. މިއީ އެހާމަ ހިތްދަތި ދަތުރެކެވެ.

މި ދަތުރުގައި އެތައް ބަޔަކު މަރުވެގެންދެ އެވެ. މިޔަންމާ ސިފައިން އަޅާފައިވާ ލޭންޑް މައިންތަކަށް އެރިގެން ވެސް މަރުވާ މީހުން މަދެއް ނޫނެވެ. އޯގަސްޓް 25 އިން ފެށިގެން މިހާތަނަށް މި އަނިޔާވެރި ދަތުރަށް ނުކުތް މީހުންގެ ތެރެއިން މިހާތަނަށް 270،000 ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝްއަށް އެތެރެވެފަ އެވެ.

މި އަނިޔާވެރި ދަތުރުގައި އުމުރުން 80 އަހަރުގެ އަންހެނަކު ވަނީ ވަރަށް ހިތްވަރު ދައްކައިފަ އެވެ. ފުރާނަ ސަލާމަތްކުރުމަށްޓަކައި މިޔަންމާއިން ނުކުމެ މި އަންހެން މީހާ ވަނީ ފައި މަގުގައި ގާތްގަނޑަކަށް 50 މޭލަށް ވަނީ ހިނގައިފަ އެވެ.

ބަންގްލަދޭޝްގެ ބޯޑަރު ފަޅިން އެ އަންހެން މީހާ އަށް މަރުހަބާ ކިޔާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ މީހާ އަށް މަރުހަބާ ކިޔާ ޒުވާނާ ފުރަތަމަ ވެސް ދިއްކޮށްލަނީ ބަނަހެކެވެ. ދިގު ދަތުރަށް ފަހު ވެސް އޭނާގެ މޫނު މަތިން ވަރުބަލިކަމެއް ނުފެނެ އެވެ. މިއީ ހަގީގަތުގައި ވެސް ހިތްވަރުގަދަ އަންހެނެކެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ