16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އިސްލާމްދީން

އަނިޔާވެރިކަން

  • އަނިޔާވެރިކަމަކީ ޙައްޤުން އެއްކިބާވެ ބާޠިލުގޮތަށް ރުޖޫޢަ ވުމެވެ.
އަބްދުލް ހަންނާން މުހައްމަދް | @A_HaNnAAn_M

| 9 ސެޕްޓެންބަރ 2017 | ހޮނިހިރު 13:00 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އަނިޔާވެރިކަން ރަމްޒުކޮށްދޭ ފޮޓޯއެއް -- ގޫގުލް

އަނިޔާވެރިކަމަކީ ޙައްޤުން އެއްކިބާވެ ބާޠިލުގޮތަށް ރުޖޫޢަ ވުމެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ޢަދުލުވެރި ކަމުން އެއްކިބާވެ އިދިކޮޅުވުމެވެ. އެތަނެއްގައި ޢަދުލުވެރިކަން ނެތްނަމަ ދެން އޮންނާނީ އަނިޔާވެރިކަމެވެ. އެއީ ދެމީހެއްގެ ދެމެދުގައި ވިޔަސް ނުވަތަ ޢާއިލާއެއްގެ ތެރޭގައިވިޔަސް ނުވަތަ މުޖުތަމަޢު ނުވަތަ ވެރިކަމުގެ ތެރޭގައި ވިޔަސް މެއެވެ.

ޢިލްމުވެރިން އަނިޔާވެރިކަން ދެ ބަޔަށް ނުވަތަ ތިން ބަޔަށް ބައްސަވައެވެ. މިތާނގައި އަޅުގަނޑު ހިމަނާލާނީ އަނިޔާވެރިކަމުގެ ތިންވައްތަރެވެ. މިގޮތުން އަނިޔަވެރިކަމުގެ ތިން ވައްތަރަކީ:

1- އަޅާ މާތްﷲ އާއި ދެމެދު ވެވޭ އަނިޔާ

މިއީ އަނިޔާވެރިކަމުގެ އެންމެ ނުރައްކާތެރި ވައްތަރެވެ. އެންމެ ބޮޑުވެގެންވާ އަނީޔާއެވެ. އެއީ އަޅުކަން ކުރުމުގައި މާތްﷲ އާއި އެހެންފަރާތެއް ބައިވެރި ކުރުމެވެ. އެބަހީ: ޝިރުކު ކުރުމެވެ. ޝިރުކަކީ އެންމެ ބޮޑުވެގެންވާ އަނިޔާކަން އަންގަވާ މާތްﷲ ވަޙީ ކުރައްވަނީ: { إِنَّ الشِّرْ‌كَ لَظُلْمٌ عَظِيمٌ } (سورة لقمان:13) މާނަ: “ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.” އަދިވެސް އެކަނލާގެ ވަޙީކުރައްވަނީ : { أَلَا لَعْنَةُ اللَّـهِ عَلَى الظَّالِمِينَ } (سورة هود:18). ” ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.”

2- މީސްތަކުން އެކަކުއަނެކަކަށް ވެވޭ އަނިޔާ

މިއީ އިންސާނުން އެކަކުއަނެކަކަށް ކުރާ ނުވަތަ ވެވޭ އަނިޔާއެވެ. މިކަމާބެހޭ ގޮތުން މާތްﷲ ވަޙީ ކުރައްވަނީ: {وَجَزَاء سَيِّئَةٍ سَيِّئَةٌ مِّثْلُهَا فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ إِنَّهُ لَا يُحِبُّ الظَّالِمِينَ} (سورة الشورى:40) ” ނުބައިކަމެއްގެ ޖަޒާއަކީ އެއާއި އެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ.”

މީސްތަކުން އެކަކު އަނެކަކަށް ނަފްސާނީ އަދި ޖިސްމާނީ ނުވަތަ މާލީ ގޮތުން ވިޔަސް ނުޙައްޤުން ކުރެވޭ ކޮންމެ ކަމަކީ އަނީޔާއެކެވެ. މިގޮތުން ވައްކަން ކުރުމާއި، މީހުން މެރުމާއި، މީހުންގެ ބޮލުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވުމަކީ ބޮޑުވެގެންވާ އަނިޔާތަކެވެ. އަދީ މިއީ ދުނިޔެމަތީގައިވެސް އަދި އުޚުރަވީ ޙަޔާތުގައިވެސް އެކަމުގެ ވޭންދެނިވި ޢަޛާބު ހުރި ކަންތައްތަކެވެ.

3- އަޅާ އަމިއްލަ ނަފުސާމެދު ވެވޭ އަނިޔާ

މިއީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ ނުވަތަ ވެވޭ އަނިޔާއެވެ. މީސްތަކުންގެ ތެރޭގައި އަމިއްލަ ނަފްސަށް އަނިޔާވެރިވާ ބަޔަކު ތިބިކަން އަންގަވާ މާތްﷲ ވަޙީކުރައްވަނީ: { فَمِنْهُمْ ظَالِمٌ لِّنَفْسِهِ } (سورة فاطر:32) މާނަ: “ފަހެ، އެއުރެންގެ އަމިއްލަ نفس އަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ.” އަދީ މޫސާ ޢަލައިހިއްސަލާމްގެ ބަސްފުޅު މާތްﷲ ކީރިތި ޤުރުއާނުގައި ގެންނަވާފަވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ : { رَ‌بِّ إِنِّي ظَلَمْتُ نَفْسِي } (سورة القصص:16)، މާނަ: ” އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ نفس އަށް އަޅު އަނިޔާކޮށްފީމެވެ.”

އިސްވެބަޔާން ކުރެވުނު އަނިޔާވެރިކަމުގެ ހުރިހާ ވައްތަރެއްވެސް އާޚިރުގައި ރުޖޫޢަވަނީ ތިމާގެ އަމިއްލަ ނަފްސަށެވެ. ޝިރުކު ކަމުގައިވިޔަސް ނުވަތަ މީހާކަށް ގެއްލުމެއް ދިންކަމުގައިވިޔަސް އެކަމުގެ ގެއްލުން އަންނަ ހުށީ ތިބާގެ އަމިއްލަ ނަފްސަށެވެ.

އަނިޔާވެރިކަމުގެ ތެރޭގައި އަނެކުންގެ މުދާ ނުޙައްޤުން ކެއުމާއި އަދި އަތުލުން ހިމެނެއެވެ. އަދި މީސްތަކުންގެ ގައިގާ ޖެހުމާއި ހަޑިހުތުރު ބަސްތަކުން މީހުންނާއި ޒުވާބުކުރުންވެސް ހިމެނެއެވެ. ޔަތީމުންގެ މުދާ އަތުލުމާއި، ހާވާލުވެފައިވާ މީހުންގެ ޙައްޤުތައް ރައްދުކުރެވޭ ޙާލުވެސް ރައްދު ނުކުރުމާއި، އަދި އަނބިދަރިންނަށް ފޭރާމާއި ކާނެ ތަކެތި ނުދިނުންވެސް ހިމެނެނީ އަނިޔާވެރިކަމުގެ ތެރޭގައެވެ. އަދި ކުއްޔަށް ހިފާ އެއްޗިއްސާއި ތިމާގެ ދަށުގައި މަސައްކަތް ކުރާ މުޥައްޒަފުންނަށް އެމީހުންގެ އުޖޫރަ ނުދިނުންވެސް ހިމެނެނީ ހަމަ އަނިޔާވެރިކަމުގެ ތެރޭގައެވެ. އިސްވެދެންނެވުނު މީސްތަކުންގެ ލެޔާއި މުދަލާއި އަދި އަބުރަކީ މާތްﷲ ޙުރުމަތް ކުރައްވާފައިވާ ތަކެއްޗެވެ. އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙާދީޘްކުރެއްވިއެވެ. : « كُلّ الْمُسْلِم عَلَى الْمُسْلِم حَرَامٌ، دَمُهُ وَمَاُلُهُ وَعِرُضُهُ» (رواه مسلم). ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމެއްގެ މައްޗަށް ވަނީ ޙަރާމް ވެގެންނެވެ. އެއީ އޭނާގެ ލެއާއި، މުދަލާއި، އަބުރެވެ.”

އަޅުގަނޑުމެން މީހަކަށް އަނިޔާވެރިވެވޭ އިރު ހަނދާން ކުރަންވީ ތިބާއަށްޓަކައިވާ މާތްﷲ ގެ ޢަދުލުވެރިކަމެވެ. އަދި މީހަކަށް އަނިޔާވެރިވުމަށް ތިމާ ދާއިރު ހަނދާން ކުރަންވީ މާތް ﷲ ގެ ޤުދުރަތްތެރިކަމެވެ. ކިތަންމެ ސިއްރުން ކަމެއް ކުރިކަމުގައިވީނަމަވެސް އެކަމެއް ފާޅުކުރެއްވުމުގެ ކުޅަދުންވަންތަކަން އެފަރާތަށް ލިބިވޮޑިގެންވާ ކަމެވެ. އަދި ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމާއެކު އެކަމުގެ ޙައްޤު އަދަބު ލިބޭނެކަމެވެ.

ވީމަ، އަޅުގަނޑުމެން އަމިއްލަ ނަފްސަށާއި އެހެން މީސްތަކުން އަނިޔާވެރިވުމުން ދުރުހެލިވާންވީއެވެ. އަދި މި ބިމުގައި މާތް ﷲ އެންގެވި ޢަދުލުވެރިކަމުގެ މިންގަނޑުގައި ފައިތިލަ ސާބިތުކޮށް އުޚުރަވީ ޙަޔާތަކީ އަޅުގަނޑުމެންގެ އަމާޒު ކަމުގައި ހަދަންވީއެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮތައުފީޤް ދެއްވާށި! އާމީން!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް