16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ދުންފަތުގެ އިސްތިއުމާލް ކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށްފަހު ވަނީ ކިހިނެތް؟

  • ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ކަމުގައި ވިޔަސް މިކަމުގެ އަސަރުތަށް ހަށިގަނޑުގައި ތާއަބަދަށް ދެމިހުރޭ
  • ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާތާ 10 އަހަރުގެ ތެރޭގައި ފުއްޕާމެޔަށް ކެންސަރު ޖެހުމުގެ ރިސްކް ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދޭ
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 9 ސެޕްޓެންބަރ 2017 | ހޮނިހިރު 12:49 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ދުންފަތާ ދުރުވުމަށް ބާރުއަޅާ ފޮޓޯއެއް -- ގޫގުލް

ދުންފަތާ ދުންފަތުގެ އެކިއެކި ބާވަތްތަކުގެ ބޭނުން ކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ކަމެކެވެ. މި ކަމުގެ ސަބަބުން ހަށިގަނޑަށް ގުނާ އަދަދު ނުކުރެވޭހާ ގެއްލުން ވާއިރު މިކަމަކީ ހުއްޓާލުމަށްވެސް ގިނަ ބަޔަކަށް އުނދަގޫ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ކަމުގައި ވިޔަސް މިކަމުގެ އަސަރުތަށް ހަށިގަނޑުގައި ތާއަބަދަށް ދެމިހުރެއެވެ.

1 ގަޑިއިރު ފަހުން

ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާތާ 20 ވަރަކަށް މިނެޓުގެ ތެރޭގައި ހިތުގެ ވިންދާ ލޭގެ ޕްރެޝަރު ހުންނަން ޖެހޭ މިންވަރަށް ދަށްވެއެވެ. އަދި ހަށުގަނޑުގެ ތެރޭގައި ލޭ ދައުރުވާ ނިސްބަތްވެސް އިތުރު ވެގެންދެއެވެ.

12 ގަޑިއިރު ފަހުން

ދުނުފަތުގެ އިސްތިއުމާލް ކުރުމުގެ ބާވަތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ތެރޭގައި އެންމެ އާންމު ބާވަތަކީ ސިގަރޭޓެވެ. ސިގަރޭޓަކީ އޭގެ ޒާތުގައި ތަފާތު ވިހަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން ސިގަރޭޓް ދުމުގައި ހިމެނޭ ގޭހެއް ކަމަށްވާ ކާބަން މޮނޮކްސައިޑަކީ ފުއްޕާމެޔަށް އޮކްސިޖަން ލިބުމަށް ހުރަސް އަޅާ ގޭހެކެވެ. އެހެނަސް ސިގަރޭޓް ބުއިން ހުއްޓާލާތާ 12 ގަޑިއިރުގެ ތެރޭގައި މުޅި ހަށިގަނޑުން މި ގޭހުގެ އަސަރު ފޮހެވި އޮކްސިޖަން ހުންނަ މިންވަރު އިތުރުވެގެންދެއެވެ.

1 ދުވަސް ފަހުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޭގެ ޕްރެޝަރު މަތިވާ ކަމެކެވެ. އެހެނަސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ އެއްދުވަހުގެ ތެރޭގައި ލޭގެތެރޭގައި ހުންނަ އޮކްސިޖަންގެ މިންވަރު އިތުރުވެ ލޭގެ ޕްރެޝަރު ދަށްވުމާއެކު ހާޓްއެޓޭކް ޖެހުމުގެ ރިސްކް ވަރަށް ބޮޑުތަން ދަށްވެގެންދެއެވެ.

2 ދުވަސް ފަހުން

ދުންފަތަކީ އިންސާނާގެ ހަށިގަނޑުގައި ހުންނަ ނާރުތަށް ބައްދާ ލޭ ހިނގުމަށް ހުރަސްއަޅާ ކަމެކެވެ. އެހެނަސް ދުންފަތުގެ ބޭނުން ހުއްޓާލާތާ ދެ ދުވަސް ތެރޭގައި ނާރުތަކުން ލޭ ދައުރުވާލެއް އަވަސްވެ މީހާގެ ހިއްސުތަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރަން ފަށައެވެ.

3 ދުވަސް ފަހުން

ނިކޮޓިންއަކީ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ހުންނަން ޖެހޭ މާއްދާއަކަށް ވިޔަސް ދުންފަތުގެ ބޭނުންކުރާ މީހުންގެ ހަށިގަނޑުގައި މި މާއްދާ ހުންނަނީ ހުންނަން ޖެހޭ މިންވަރަށް ވުރެ މާ މަތީގައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ ތިން ދުވަސް ތެރޭ ހަށިގަނޑުގައި ހުންނަ ނިކޮޓިންގެ މިންވަރު ދަށްވާން ފަށައެވެ.

1 މަސް ފަހުން

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ އެއްމަސް ދުވަހުގެ ތެރޭގައި ފުއްޕާމޭ އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރަން ފަށައެވެ. ފުއްޕާމޭގެ މަސައްކަތް ރަނގަޅުވުމުގެ ސަބަބުން ކުރިން ދުންފަތުގެ އިސްތިއުމާލު ކުރި މީހުން ކެއްސާ މިންވަރު ދަށްވެ ނޭވާލާ ނިސްބަތް އަވަސް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބުންވަރު އިތުރުވެ ކުޅިވަރު ކުޅުމުގައި ފަސޭހަ ވެގެންދެއެވެ.

9 މަސް ފަހުން

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ ނުވަމަސް ތެރޭ ފުއްޕާމެޔަށް ލިބުނު ގެއްލުން ވަރަށް ބޮޑުތަން ރަނގަޅުވެގެންދެއެވެ. އެގޮތުން ފުއްޕާމޭގައި ހުންނަ "ސީލިއާ" އަށް ލިބިފައި ހުރި ގެއްލުން ރަނގަޅުވުމުގެ ސަބަބުން އިންފެކްޝަންތަކާ މީހާ ވަރަށް ބޮޑުތަނުން ދުރުކޮށްދެއެވެ.

1 އަހަރު ފަހުން

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ އެއް އަހަރުގެ ތެރޭގައި ކޮރޯނަރީ ހިތުގެ ބަލިތަށް ޖެހެމުގެ ރިސްކް ވަރަށް ބޯޑަށް ދައްވެގެންދެއެވެ. ކޮރޯނަރީ ހިތުގެ ބަލިތަކަކީ ނާރުތަށް ބެދުމުގެ ސަބަބުން ދިމާވާ ބަލިތަކެކެވެ.

5 އަހަރު ފަހުން

ސިގަރޭޓުގައި ހިމެނޭ ގިނަ މާއްދާތަކަކީ ލޭ ދައުރުކުރާ ނާރުތަށް ބްލޮކް ކުރާ އެއްޗެކެވެ. އަދި ބްލަޑް ކްލޮޓް ވުމަށްވެސް މި މާއްދާތަށް މަގުފަހިކޮށްދެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާތާ ފަސް އަހަރުގެ ތެރޭގައި ލޭ ދައުރުކުރާ ނާރުތަށް ފުޅާވެ ބްލަޑް ކްލޮޓް ވުމުގެ ނިސްބަތް ވަރަށް ބޮޑަށް މަދުވެގެންދެއެވެ. އަދި ސްޓްރޯކް ޖެހުމުގެ ރިސްކުވެސް ވަރަށް ބޮޑުތަން ދަށްވެގެންދެއެވެ.

10 އަހަރު ފަހުން

ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާތާ 10 އަހަރުގެ ތެރޭގައި ފުއްޕާމެޔަށް ކެންސަރު ޖެހުމުގެ ރިސްކް ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދެއެވެ. ހަމައެހެންމެ އަނގައިގެ ކެންސަރާ ކަރުގެ ކެންސަރުގެ އިތުރުން ޕެންކްރިއެޓިކް ކެންސަރު ޖެހުމުގެ ރިސްކް ވަރަށް ބޮޑުތަން ކުޑަވެގެންދެއެވެ.

20 އަހަރު ފަހުން

ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާތާ 20 އަހަރުގެ ތެރޭގައި ދުންފަތުގެ ސަބަބުން ޖެހޭ ބައްޔެއްގައި މަރުވުމުގެ ރިސްކް ދުންފަތުގެ އިސްތިއުމާލް ކުރާ މީހެއް މިފަދަ ބައްޔެއްގައި މަރުވުމުގެ ރިސްކާ އެއްވަރުވެގެންދެއެވެ. އަދި ތަފާތު ވައްތަރުގެ ކެންސަރު ޖެހުމުގެ ރިސްކްވެސް ހަމަ ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހަކަށް ކެންސަރު ޖެހުމުގެ ރިސްކާ އެއްވަރުވެގެންދެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ޒާތުގައި ހަށިގަނޑަށް ތަފާތު އެކިއެކި ނޭދެވޭ އަސަރުތަށް ކުރާ ކަމަކަށްވާއިރު އެކަން ހުއްޓާލުމާއެކު އޭގެ އަސަރުތައް ފިލައިގެން ނުދާނެއެވެ. އެހެން ނަމަވެސް ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލުމަށްފަހު ވޭތުވާ ކޮންމެ ގަޑިއަކާ ދުވަހަކާ މަހަކާ އަހަރަކީ ވެސް އެމީހެއްގެ ސިއްހަތު ކުރިން ހުރި ވަރަށް އިޔާދަވުމަށް ދެވޭ ވަގުތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް