21 ސެޕްޓެންބަރ 2017 | ބުރާސްފަތި | އުތުރަ 1

3 ވަނަ އައްޑޫސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މި މަހު ފަށާނެ

  • މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 11 އިން 15 އަށް
  • އައްޑޫސިޓީ ކިޑްސް ސްވިމިންގ ފެސްޓިވަލް ކުރިޔަށް ދާނީ މި މަހުގެ 8 އަކުން 9 އަކަށް ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުގަ

| | | @Saaif80 | |



ފެތުމުގެ މުބާރާތެއްގެ ތެރެއިން ބައެއް ފެތުންތެރިން -- ފޮޓޯ:މުހައްމަދު ޝަރުހާން

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ 3 ވަނަ އައްޑޫސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މި މަހު ފަށާނެއެވެ.

ސްވިމިންގ  އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 11 އިން 15 އަށެވެ. މި މުބާރާތް ކުރިޔަށްދާނީ ހިތަދޫ ސްވިމިންގ ޓްރެކްގައެވެ. މި މުބާރާތް އެކިއެކި އުމުރުފުރާތަކަށާ ކެޓަގަރީތަކަށް ވަނީ ބަހާލެވިފައެވެ. އަދި އަންހެން ފިރިހެން ދެ ޖިންސްގެ ކެޓަގަރީތަށް މުބާރާތުގައި ހިމެނިފައިވެއެވެ.

އެގޮތުން މުބާރާތް ބަހާލެވިފައިވާ އުމުރުފުރާތަކުގެ ތެރޭގައި 12 އަހަރުން ދަށާ 14 އަހަރުން ދަށާ 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށް ހިމެނެއެވެ. ހަމައެހެންމެ ވަރަށް ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުޅުވާލެވިގެން ބާއްވާ އިވެންޓެއް ވެސް އޮންނާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މުބާރާތުގައި ފެތުންތެރިން ބައިވެރިވާނެ ބައެއް އިވެންޓުތަކުގެ ތެރޭގައި ފްރީސްޓައިލާ ބަޓަރފްލައި ސްޓްރޯކާ ބްރެސްޓް ސްޓްރޯކާ ބެކްސްޓްރޯކް ހިމެނެވެ. މި ސްޓްރޯކުތަކުގެ 25 މީޓަރާ 50 މީޓަރާ 100 މީޓަރުގެ އިވެންޓުތަށް ބޭއްވޭނެއެވެ. އަދި ޓީމު އިވެންޓްތަކުގެ އިތުރުން އިންޑިވިޖުއަލް މިޑް ރިލޭވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުވެސް ބޭއްވުނު އައްޑޫސިޓީ ކިޑްސް ސްވިމިންގ ފެސްޓިވަލްވެސް މިއަހަރު  ވެސް ކުރިޔަށްދާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. މި ފެސްޓިވަލް ކުރިޔަށް ދާނީ މި މަހުގެ 8 އަކުން 9 އަކަށް ހިތަދޫ ސްވިމިންގ ޓްރެކް ސަރަހައްދުގައެވެ.

މި ފެސްޓިވަލްގައި 6 އަހަރުން ދަށާ 8 އަހަރުން ދަށާ 10 އަހަރުން ދަށް ހިމެނޭ ގޮތަށް ޖުމްލަ 6 އިވެންޓްގައި ފެތުންތެރިން ވާދަކުރާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ހަމަވެފައިވާއިރު މިއީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ހުޅުވާލެވިގެން އައްޑޫސިޓީގައި ބޭއްވޭ މުބާރާތެކެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ