22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ވިހޭތާ 3 މަސްފަހުން އަމާލް ކްލޫނީ ރެޑް ކާޕެޓައް

  • އަމާލް ވިހާފައިވަނީ މިއަހަރުގެ ޖޫންމަހުގެ 6 ވަނަ ދުވަހުގައި

| | | thahavahyd | |އަމާލް ކްލޫނީ އާއި ޖޯޖް ކްލޫނީ -- ފޮޓޯ:ގެޓީ އިމޭޖާސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނޭ އަމާލް ކްލޫނީ ރެޑް ކާޕެޓުން ދައްކާލައިފިއެވެ.

އަމާލް ކްލޫނީ ވިހެއިތާ 3 މަސް ދުވަސް ފަހުން ރެޑް ކާޕެޓުން ފެނިގެން ދިޔައީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީއާއި އެކީ ވެނިސް ފިލްމު ފެސްޓިވަލުންނެވެ.

އަމާލް ވިހެއިތާ 3 މަސްވެފައިވާއިރު އޭނާގެ ހަށިގަނޑުން ވިހެއިކަމުގެ އެއްވެސް އަސަރެއް ނުފެންނަ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ރެޑްކާޕެޓުން އަމާލް ފެނިގެންދިޔައިރު އޭނާ ލައިގެން ހުރީ ދަނބު ކުލައިގެ  ގައުންއެކެވެ.

އަމާލް ވިހާފައިވަނީ މިއަހަރުގެ ޖޫންމަހުގެ 6 ވަނަ ދުވަހުގައެވެ.

ޖޯޖްއާއި އަމާލްގެ ކުދިންގެ ނަމަކީ އެލާއާއި އެލްގްޒޭންޑަރކަން ވެސް ރޮޒެންފީލްޑް ހާމަކޮށްފައިވެއެވެ. އެދެމީހުން ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އިޓަލީގެ ވެނިސްގައެވެ.

މިފަހަރުގެ ވެނިސް ފިލްމު ފެސްޓިވަލް ކުރިއަށްދާނީ އޮގަސްޓު 30 އިން ސެޕްޓެމްބަރު 9 އަކާއި ހަމައަށެވެ. މިފަހަރުގެ ވެނިސް ފިލްމު ފެސްޓިވަލަކީ 74 ވަނަ ފިލްމު ފެސްޓިވަލެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ