19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

  • ފުލުހުންނަށް އެ ލިޔުމުގެ ސައްހަ ކަމާމެދު ބަހެއް ބުނަން ދަތިކަމަކަށްވި
  • ކުރިން މަޝްވަރާއަށް ގޮވާލީ ރައީސް ނަޝީދު ޖަލަށް ލުމަށްފަހު
  • މިފަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ޖަލަށް ލުމަށްފަހު
މުހައްމަދު ފަޒީން | phaxyn

| 2 ސެޕްޓެންބަރ 2017 | ހޮނިހިރު 12:53 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ -- -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތު ކުލަ ގަދަކޮށް ފާހަގަ ކުރުމާއި ރާއްޖޭގައި އޭރުއޮތް ހަމަނުޖެހުންތައް ނައްތާލުމަށް ސަރުކާރުން ނިންމީ އިދިކޮޅު ސިޔާސީ ފަރާތްތަކާއެކު މަޝްވަރާ ކޮށްގެން ހައްލެއް ގެނައުމަށެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާކޮށް، 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމާއި ގުޅިގެން ރާއްޖޭގައި ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާދިޔަ އެވެ. އެންމެ ބޮޑު ސަބަބަކަށްވީ ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާމެދު ރައްޔިތުންނާއި ބައިނަލް އަގްވާތީ ޖަމްއިއްޔާ ޖަމާއަތްތަކުން ޝައްކު އުފެއްދުމެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ޝަރީއަތް ހިންގާފައިވާ ކަމަށް ބުނެ އދ. އާއި ދުނިޔޭ ގައުމުގެ ތަކުގެ ލީޑަރުން ވެސް ވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާފަ އެވެ.

ރާއްޖޭގެ ހަމަޖެހުމަށާއި ދުނިޔޭގެ ގައުމުތަކާއި މޫނު ކެނޑޭ ހިސާބަށް ކަންތައްތައް ދިއުމުންނާއި 50 ވަނަ މިނިވަން ދުވަސް އަންނާނީ ސަރުކާރުގެ މޫނުމަތި ރީތި ކުރުމުމުގެ ގޮތުން އިދިކޮޅު އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް ނިންމި އެވެ. މީގެއިތުރުން ކަންކަން އޮމާންކުރުމުގެ ބޭނުމުގައި ޖަލުގައި ހުންނެވި ރައީސް ނަޝީދު ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރި އެވެ. އެވަރުން ވެސް ނުނިމެ އެވެ. ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ ރައީސް ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލު ކުރިކަމުގެ ލިޔުން ހަވާލު ކުރުމެވެ. އަދި މިނިވަން ކަމަށް 50 އަހަރު ފުރޭއިރު، ރައީސް ނަޝީދު ހުންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމުގެ އަޑުތައް ވެސް އިވެންފެށި އެވެ.

މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތު ނިމުމާއެކު މަންޒަރު ބަދަލުވެ، މަޝްވަރާތަކުގައި ސަރުކާރުން ދެއްކި ވާހަކަތައް ވެސް އެކޮޅު ކޮޅުން ޖެހި ނުދައްކާ ވާހަކަތަކަކަށް ވެއްޖެ އެވެ. ގޭބަންދު ކުރުމަށް ކުރިން ދިން ކަމަށް ބުނާ ލިޔުން ވެސް ނުދޭ ލިޔުމަށް ވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އެ ލިޔުމުގައި ވަނީ "ފޭކް ތަތްގަނޑެއް" ކަމަށް ސަރުކާރުންނާއި ކަރެކްޝަނުން ބުނެފި އެވެ. ނަމަވެސް އެއީ "ފޭކް ތަންގަނޑެއް" ނޫންކަން އެ ލިޔުން ބޭރަށް ފޮނުވައިގެން ހެދި ޓެސްޓްތަކުން އެނގިފައިވާ ކަމަށް އެންޑީޕީން ބުނެއެވެ.

ނަމަވެސް ކަރެކްޝަނުން އެއީ "ފޭކް" ލިޔުމެއް ކަމަށްބުނެ ފުލުހުންނަށް އެމައްސަލަ ތަހުގީގު ކުރުމަށް ހުށަހެޅި އެވެ. އެއީ 2015 ވަނަ އަހަރު ފަހު ކޮޅު އެވެ. މިއަދާ ހަމައަށް ވެސް އެލިޔުމުގެ ޝައްހަކަން ފުލުހުންނަށް ކަށަވަރުވާގޮތެއް ނުވި އެވެ. ރައީސް ނަޝީދު ގޭބަންދަށް ބަދަލު ކުރުމަށާއި މިނިވަން ކުރުމަށް އޭރު ބާރު އަޅުއްވަމުންގެންދެވި އޭރުގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވަނީ އެއީ ސައްހަ ލިޔުމެއް ކަމަށެވެ.

އޭރު ސަރުކާރާއެކު އެމްޑީޕީން ކުރިއަށް ގެންދިޔަ މަޝްވަރާތަކާއި ގުޅިގެން އެމްޑީޕީން ބުނެފައިވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ސަރުކާރުން އެއްބަސްވެފައިވަނީ، އެމަނިކުފާނު ދެ ދުވަހަށް ފުރަތަމަ ގެއަށް ބަދަލުކުރުމަށާއި، އެއަށް ފަހު 8 ހަފްތާއަށް ގޭބަންދުގެ މުއްދަތު އިތުރު ކުރުމަށާއި، އެއަށް ފަހު ދާއިމީކޮށް ގެއަށް ބަދަލު ކުރުމަށާއި އަދި 26 ޖުލައި 2015 ދުވަހު އެއްކޮށް މިނިވަން ކުރުމަށެވެ.

އެ މަޝްވަރާތަކުގެ އަލީގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން 19 ޖުލައި 2015 ދުވަހު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިއެވެ. އެގޮތުން 19 ޖުލައި 2015 ދުވަހު ރައީސް ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަން އެމަނިކުފާނަށް އަންގާ ލިޔުން އެރޭ 8:30 އާއި 9:00 އާ ދެމެދު ޙަވާލުކުރުމަށް މޯލްޑިވްސް ކްރެކްޝަނަލް ސަރވިސްގެ ފަރާތުން ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅަށް ދާނެކަމަށް ވެސް އެމްޑީޕީގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިޙުއަށް ސަރުކާރުން މަޢުލޫމާތުދީފައި ވެއެވެ.

ނަމަވެސް 19 ޖުލައި 2015 ދުވަހު ސަރުކާރުން ރައީސް ނަޝީދުއާ ހަވާލުކުރި ލިޔުން ތަންފީޒުކުރަން ފެށުމަށް ފަހު އެލިޔުމަށް އަމަލުކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމިކަން ރައީސް ނަޝީދަށް އެނގިވަޑައިގަތީ 23 އޯގަސްޓް 2015 ދުވަހުގެ ރޭ އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިއުމަށް މޯލްޑިވްސް ކްރެކްޝަނަލް ސަރިވިސްގެ މުވައްޒަފުން ދިއުމުންނެވެ. 23 އޯގަސްޓް 2015 ދުވަހުގެ ރޭ ރައީސް ނަޝީދު ޖަލަށް ގެންދިޔައިރު، 19 ޖުލައި 2015 ދުވަހު ސަރުކާރުން އެމަނިކުފާނު ދާއިމީކޮށް ގޭބަންދަށް ބަދަލުކޮށް، އެދުވަހު ދިން ލިޔުން ސަރުކާރުގެ ފަރާތުން ތަންފީޒުކުރަން ފެށިތާ ފަސް ދުވަސް ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން "ފޭކް" ލިޔުމެއް ކަމަށް ބުނާ ލިޔުން ފުލުހުން ތަހުގީގުކޮށްކޮށް ތިއްބައި އަނެއްކާވެސް ސަރުކާރުން މިވަނީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާ ކުރުމަށް ގޮވާލައްވާފަ އެވެ. މިފަހަރު މަޝްވަރާއަށް މިގޮވާލީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރިތާ ހަފްތާއެއް ވެސް ނުވަނީ ހެވެ. ދެންވާގޮތެއްވެސް އެނގިދާނެތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް