19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ހައްޖު 1438

ބަލި މަޑު ކަމެއް ނުވަތަ ފިތިބާރު ވުމުގެ ކަމެއް ދިމާވިޔަސް ހައްލު ކުރަން ތައްޔާރު: ސައުދީ ސަރުކާރު

  • ހޯމަ ދުވަހު ހާމަ ކުރި ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް 1.735 މިލިއަން މީހުން ބޭރު ގައުމުތަކުން ހައްޖު ވުމަށް ސައުދީއަށް ވަނީ އައިސްފައި
ރާއްޖެ އެމްވީ | raajje.mv

| 29 އޯގަސްޓު 2017 | އަންގާރަ 20:38 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި


ހައްޖުގެ މިއަހަރުގެ އަޅުކަމުގެ ތެރެއިން -- އާކައިވް

ހައްޖުގެ އަޅުކަމުގެ ތެރޭގައި ބަލި މަޑު ކަމެއް ނުވަތަ ފިތިބާރު ވުމުގެ ހާދިސާއެއް ފަދަ ކަމެއް ދިމާ ވިޔަސް ހައްލު ކުރަން ތައްޔާރަށް ތިބި ކަމަށް ސައުދީ އަރަބިއްޔާގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.

ސައުދީ އަރަބިއްޔާއިން ހޯމަ ދުވަހު ހާމަ ކުރި ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް 1.735 މިލިއަން މީހުން ބޭރު ގައުމުތަކުން ހައްޖު ވުމަށް ސައުދީއަށް ވަނީ އައިސްފައެވެ.

މުސްލިމުންގެ އެންމެ ބޮޑު ދުނިޔޭގެ އެއްވުމުގެ ގޮތުގައި ބެލޭ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިބާރު ވުމާއި، އެކްސިޑެންޓްތަކާއި، އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ފާއިތުވެ ދިޔަ އަހަރުތަކުގައި ހިނގާފައިވާއިރު އެފަދަ ބައެއް ހާދިސާތައް މެނޭޖް ކުރުމުގައި ސައުދީ ގެ ކަމާބެހޭ ފަރާތްތަކުގެ ގާބިލްކަން ކުޑަކަމަށް މީގެ ކުރިން އަޑުތައް ފެތުރިގެން ގޮސްފައިވެއެވެ.

މުސްލިމުންގެ އެންމެ މުގައްދަސް ދެ ބިނާ ބެލެހެއްޓުމުގެ ބެލެނިވެރިޔާގެ ނަން ސައުދީ އަރަބިއްޔާއަށް ލިބިފައި އޮންނަ އިރު، މާޒީގައި ހައްޖުގެ ދުވަސްވަރު ހިނގާފައިވާ ބައެއް އެކްސިޑެންޓްތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާހެދި ސައުދީ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

2015 ވަނަ އަހަރު ހައްޖުގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާ އަކާ ގުޅިގެން އީރާނުން ވަނީ ސައުދީ އަރަބިއްޔާ އިން ހައްޖުގެ ސަލާމަތީ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހި ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެ ހާދިސާގައި އީރާނުގެ 400 ށް ވުރެ ގިނަ ހައްޖާޖީން މަރުވިއެވެ. މަރުވި ޖުމްލަ މީހުންގެ އަދަދަދަކީ 800 ކަމަށް ސައުދީ އަރަބިއްޔާ އިން ބުނި ނަމަވެސް، ހާދިސާގައި މަރުވި މީހުން ނިސްބަތްވާ ގައުމުތަކުން ވަކިވަކިން ހާމަކުރި އަދަދުތައް އެއްކޮލުމުން ހާދިސާގައި މަރުވި މީހުންގެ ޖުމްލަ 2000 ށް އަރާނެ ކަމަށް ވަނީ ބެލިފައެވެ.

ސައުދީގެ ހެލްތް މިނިސްޓްރީގެ ފަރާތުން ހައްޖުގެ ކަންކަމާ ބެހޭ ގޮތުން ހަރަކާތްތެރިވާ އޮފިޝަލް ހުސެއިން ޣަނަމް ރޮއިޓާސްއަށް ހާމަ ކުރެއްވި ގޮތުގައި، ނުރައްކާތެރި ހާދިސާ އެއް ހިނގައިފިނަމަ އެކަން މެނޭޖް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އޮތީ ފުރިހަމަ އަށް ތައްޔާރު ވެގެން ކަމަށެވެ.

މިގޮތުން އޮފިޝަލް ހާމަ ކުރެއްވި ގޮތުގައި އެމްބިއުލާންސް ފްލީޓެއް އޮތީ ތައްޔާރަށެވެ. އަދި އެއިން ކޮންމެ އުޅަނދެއްގައި އައި.ސީ.ޔޫ ޔުނިޓެއް ހުރިހާ ސާމާނާއެކު ބެހެއްޓިފައި ހުންނާނެއެވެ.

ސިއްހީ އޮފިޝަލުންގެ ގޮތުގައި 30،000 މީހުން ހަރަކާތެރިވާނެ ކަމަށާއި، ހޮސްޕިޓަލުތަކުގައި 5000 އެނދު ތައްޔާރަށް ހުންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ސައުދީ ރެޑްކްރެސެންޓުންގެ ޑިރެކްޓަރ މުހައްމަދު ބިން އަބްދުﷲ އަލް ގާސިމް ވިދާޅުވީ، ރެޑްކްރެސެންޓްގެ ފަރާތުން 350 އެމްބިއުލާންސް އާއެކު ހެލްތް މިނިސްޓްރީއަށް އެހީތެރިވެދޭން ތައްޔާރަށް ތިބި ކަމަށެވެ. މީގެ އިތުރުން ސިއްޙީ ޚިދުމަތުގައި ބޭނުން ކުރަން 4 ހެލިކޮޕްޓަރ ހަރަކާތްތެރިވާނެ ކަމަށެވެ. ސައުދީ ރެޑްކްރެސެންޓުގެ ފަރާތުންވެސް ވަނީ ތަމްރީންތައް ބާއްވާ ހައްޖު މޫސުމަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

2015 ވަނަ އަހަރުގެ ހިތާމާވެރި ހާދިސާ އާ ގުޅިގެން ހުސްވި އަހަރު އީރާނުން މީހުން ހައްޖަށް ނުފޮނުވާ ތިބުމަށްފަހު މިއަހަރު 90،000 މީހުން އީރާނުން ހައްޖަށް ދާނެއެވެ.

ނުރައްކާތެރި ބަލިތަކުގެ ރިސްކަކަކީވެސް ހައްޖު މޫސުމުގައި ހައްޖުވެރިންގެ ސަލާމަތާ ރައްކާތެރި ކަމަށް ފިޔަވަޅު އެޅުމުގައި ވިސްނަންޖެހޭ މުހިންމު ކަމެކެވެ.

ފާއިތުވި ފަސްއަހަރަށް ބަލާއިރު ސައުދީ އަރަބިއްޔާގައި އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވާ ބައްޔަކީ މިޑްލްއީސްޓް ރެސްޕިރޭޓަރީ ސިންޑްރޯން (މާސް) ރޯގާއެވެ. ހެލްތް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ، މިފަދަ ރޯގާއެއް ފެތުރިދާނެ ކަމަށް ފުރިހަމަ އަށް ތައްޔާރަށް ތިބި ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ ޖުލައި އާއި އޮގަސްޓް ކުރީ ކޮޅާ ދެމެދު ސައުދީން 26 މީހުންނަށް މާސް ރޯގާ ޖެހި، ބަލީގައި ހަ މީހުން މަރުވެފައިވާ ކަމަށެވެ.

ހައްޖުގެ ދުވަސްތައް ފެށިގެން އަންނަ އިރު އަވައްޓެރި ޔަމަނުގައި ހަލުއި ކަމާއެކު ކޮލެރާ އަންނަނީ ފެތުރެމުންނެވެ. ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުގައި ޔަމަނުގެ ބައި މިލިއަން މީހުންނަށް ކޮލެރާބަލި ވަނީ ޖެހިފައެވެ. އެޕްރީލް މަހު ބަލި ފެތުރެން ފެށި ފަހުން ބަލީގައި 1975 މީހުން ވަނީ މަރުވެފައެވެ.

ސައުދީ އަރަބިއްޔާ އިން ބުނެފައިވަނީ، ސިއްހީ ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ކިބައިން ކޮލެރާ ބަލީގެ އަލާމާތްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހޮސްޕިޓަލްތަކަށް އިރުޝާދު ދެވިފައިވާ ކަމަށެވެ. އަނެއް ކޮޅުން ޔަމަނުން ހައްޖަށް އައި މީހުންވެސް ވަނީ އެހެން ހައްޖުވެރިންނެކޭ އެއް ގޮތައް ހެލްތް ސްކްރީން ކުރެވިފައި ކަމަށްވެސް ސައުދީގެ ހެލްތް މިނިސްޓްރީގެ އޮފިޝަލް ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް