20 ފެބުރުއަރީ 2018 | އަންގާރަ | ހިޔަވިހާ 7

ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމުގެ ކަންކަން ހަމަޖެހޭނެ: އަޒްލީން

  • މި ބައްދަލުވުން ކުރިއަށްދިޔައީ 09:30 ހާއިރު
  • ހޯމް މިނިސްޓަރ ގާސިމާއި ބައްސަލުކުރެއްވީ އައިޖީއެމްއެޗުގައި
  • ކަރެކްޝަނުން ގާސިމާ މެދު އަމަލުކުރައްވަނީ ވަރަށް އޯގާތެރިކޮށް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 28 އޯގަސްޓު 2017 | ހޯމަ 23:49 | |މިނިސްޓަރ އަޒްލީން ގާސިމްއާ ބައްދަލުކުރެއްވުމަށްފަހު ބޭރަށް ނުކުންނަވަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް  ރާޖެއިން ބޭރަށް ފުރާވަޑައިގެންނެވޭނެ ގޮތް   ކުރިއަށް އޮތް ދެތިން ދުވަހު ތެރޭގައި ހަމަޖެހޭނެ ކަަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އަޒްލީން ވިދާޅުވީ، ގާސިމާއި ބައްދަލުކުރެއްވީ، ސީދާ ރައީސްގެ އެދިލެއްވުމަށް ކަމަށެވެ.  ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމުގެ މަސައްކަތް ކަރެކްޝަނަލް ސަރވިސަސް އިން ކުރައްވަމުންދާ ކަމަށާއި ކަރެކްޝަނުން ގާސިމާއި މެދު ކަންކަން ކުރައްވަމުން ދަނީ ވަރަށް އޯގާތެރިކޮށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓަރު އަޒްލީނަށް ގުޅުމަށް ކުރެއްވި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ގާސިމާ ބައްދަލުކުރައްވާފައިވާ އިރު މި ބައްދަލުވުމުގައި ސްރީލަންކާއަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ބައްދަލުވުން ހިނގި ވަގުތު ގާސިމްގެ އަރިހުގައި އާއިލާގެ ބޭފުޅުންވެސް ތިއްބެވި އެވެ

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމް ޣައިރު ހާޒިރުގައި ކޮށްފައިވާ އިރު އެ ހުކުމްގައި ބުނެފައި ވަނީ ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބުތަންފީޒުކުރުމަށާ، ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ގޮތަށް ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓްތައްހެދުމާއި، ލިބެން ޖެހޭ ފަރުވާ ގާސިމަށް ލިބުމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަން 222

6 މަސް ކުރިން

ތިއޮތީ ހަތަރެސްކަން ހަމަވެފަ. ވެރިކަން ވެއްޓޭނެކަން ޔަގީންވުމުން މިމީހުން ފޮނުވައިގެން ޑީލްހަދައިގެން ގާސިމް އަނބުރާލެވެތޯ ކުރިކަމެއްކަން ޔަގީން. 3 ދުވަސްތެރޭ ފުރުވޭނެކަމަށް ބުނުމުން ޑީލް ހަމަޖެހުނީކަމަށް ގަބޫލުވެވޭ

0
0